Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރު ކުންފުނިތައް

ސަރުކާރު ކުންފުނިތަކަށް ދީފައި ހުރި ލޯނުތަކުން ނުދައްކާ ފައިސާ 500 މިލިއަން ރުފިޔާއަށް އަރާ

28 މާރިޗު 2018 | ބުދަ 07:16

މިފްކޯ އިން 250 މިލިއަން ރުފިޔާ ސަރުކާރުން ދައްކަންޖެހޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 28 މާރިޗު 2018 | ބުދަ 07:16
އެމްޓީސީސީ އާއި ސްޓެލްކޯ އާއި މިފްކޯ އިން 500 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ

އެމްޓީސީސީ އާއި ސްޓެލްކޯ އާއި މިފްކޯ އިން 500 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ

ފިނޭންސް މިނިސްޓްރީން ސަރުކާރު ކުންފުނިތަކަށް ދީފައިވާ ލޯންތަކުގެ ތެރެއިން ދައުލަތަށް ނުލިބި 500 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ހުރިކަން ފަޅާއަރައިފި އެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން 2013 ވަނަ އަހަރުގެ ޕަބްލިކް ޑެޓް ނުވަތަ ދައުލަތުގެ ދަރަންޏާއި ގުޅޭ ގޮތުން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު މާލީ މުއާމަލާތްތައް ހިންގުމުގައި ފާހަގަކުރެވުނު ކަންކަން ވަނީ ހިމަނާފަ އެވެ.

Advertisement - newsAdvertisement

އެގޮތުން ފިނޭންސް މިނިސްޓްރީން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ތަފާތު އެކި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ގިނަ އަދަދަކަށް ލޯން ދޫކޮށްފައިވާ ކަން ވަނީ ފާހަގަކޮށްފަ އެވެ. މިގޮތަށް ދޫކުރާ ލޯންތަކަކީ ކާމިޔާބު މުއާމަލާތްތަކަށް ބެލެވޭނީ އެފައިސާ ފިނޭންސް މިނިސްޓްރީއިން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ލިބި ކޭޝް ފްލޯ އާއި ސަރުކާރުގެ ބަޖެޓަށް އަސަރު ނުކުރާ ކަމުގައިވާނަމަ ކަމަށް އޮޑިޓް އޮފީހުން ބުނެ އެވެ.

އެހެން ދޫކޮށްފައިވާ ލޯންތަކުގެ ތެރެއިން ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ފައިސާ ނުދައްކާ ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް އޮޑިޓް އޮފީހުން ހާމަކުރެ އެވެ. މިގޮތަށް ފައިސާ ނުދެއްކުމުގެ ސަބަބުން ސަރުކާރުގެ ބަޖެޓުން މި ލޯންތަކަށް ފައިސާ ދައްކަން ޖެހުނުކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެ އެވެ.

އޮޑިޓް އޮފީހުން ބުނީ 2013 ވަނަ އަހަރު ނިމުނު އިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައްކަން ޖެހޭ 589 މިލިއަން ރުފިޔާ ނުދައްކާ ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. މިގޮތަށް ފައިސާ ނުދައްކައިވަނީ ލޯން ނަގައިގެން އިންވެސްޓް ކުރާ ކަންކަމުން ފައިދާ ނުވުމުން ކަމަށް އެ އިދާރާއިން ބުނެ އެވެ.

ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ލޯންތަކުގެ ތެރެއިން ފައިސާ ނުދައްކާ ހުރި ކުންފުނިތަކުގެ ތެރޭގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހިމެނެ އެވެ.

އެގޮތުން މިފްކޯ އިން 1992 ވަނަ އަހަރާއި 2000 ވަނަ އަހަރާއި 2007 ވަނަ އަހަރާއި 2008 ވަނަ އަހަރު ނެގި ލޯނެއް ވެސް ހިމެނެ އެވެ. ސްޓެލްކޯ އިން ނަގާފައިވާ ލޯންތަކުގެ ތެރެއިން 1988 ވަނަ އަހަރުން 1998 ވަނަ އަހަރާއި ހަމައަށް ނަގާފައިވާ ލޯންތަކުން ފައިސާ ނުދައްކާ ހުރިކަން ވަނީ ހާމަވެފަ އެވެ.

މީގެ އިތުރުން އެމްޓީސީސީން 2008 ވަނަ އަހަރާއި 2012 ވަނަ އަހަރު ނަގާފައިވާ ލޯންތައްވެސް ހިމެނެ އެވެ.

މިފްކޯ އިން ނަގާފައިވާ ލޯންތަކުގެ ތެރެއިން ގާތްގަނޑަކަށް 250 މިލިއަން ރުފިޔާ ސަރުކާރަށް ދައްކަންޖެހި ނުދައްކާ ހުރި އިރު، 312 މިލިއަން ރުފިޔާ ސްޓެލްކޯ އިން ދައުލަތައް ދައްކަންޖެހި ނުދައްކާވާކަން ވަނީ ފާހަގަކުރެވިފަ އެވެ. މީގެ އިތުރުން އެމްޓީސީސީން ގާތްގަނޑަކަށް 22.9 މިލިއަން ރުފިޔާ ސަރުކާރަށް ދައްކަންޖެހިފައިވެ އެވެ.

ގިނަ އަދަދެއްގެ ފައިސާ ސަރުކާރުން ނެގުމަށް ފަހު އަނބުރާ ނުދެއްކައި އޮތުމާގުޅޭ ގޮތުން އޮޑިޓް އޮފީހުން ބުނީ ފިނޭންސް މިނިސްޓްރީން ޕްރޮޖެކްޓްތައް ހިންގުމަށް ފައިސާ ދޭ އިރު އެ ޕްރޮޖެކްޓްތަކަކީ ފައިސާ އަނބުރާ ލިބޭނެ ފަދަ އިންވެސްޓްމެންޓްތަކެއްތޯ ކުރިއާލާ ބަލާ އެ ޕްރޮޖެކްޓްތައް މޮނީޓަރ ކުރެވެން ޖެހޭނެ ކަމަށެވެ. އަދި ފައިސާ ނުދައްކާ ކަމުގައިވާ ނަމަ، އެފައިސާއެއް ހޯދުމަށް އަންގާ، ފައިސާ ހޯދުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށް އޮޑިޓް އޮފީހުން ބުނެ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް