Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން

ފުލުހުންނާ ގުޅޭ 36 މައްސަލައެއް އެންއައިސީއަށް ހުށަހަޅައިފި

27 މާރިޗު 2018 | އަންގާރަ 08:55

އެންއައިސީއަށް މިއަދު ހުށަހެޅީ އަނިޔާ ލިބުނު 36 މީހެއްގެ މައްސަލަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 27 މާރިޗު 2018 | އަންގާރަ 08:55
އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް އާއި ނާއިބު ރައީސް މުހައްމަދު ޝިފާޒު އަދި ޖެނެރަލް ސެކްރެޓަރީ އަނަސް އަބްދުއްސައްތާރު އެންއައިސީ އަށް ވަޑައިގެން

އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް އާއި ނާއިބު ރައީސް މުހައްމަދު ޝިފާޒު އަދި ޖެނެރަލް ސެކްރެޓަރީ އަނަސް އަބްދުއްސައްތާރު އެންއައިސީ އަށް ވަޑައިގެން

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމަރު ތަންފީޒު ކުރުމަށް ގޮވާލައި ދިވެހި ގިނަ އަދަދެއްގެ ރައްޔިތުން އިހުތިޖާޖު ކުރަމުން ދަނިކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އިހުތިޖާޖު ކުރަމުންދިޔަ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ހައްޔަރުކޮށް، ފުލުހުންގެ އަމަލު ކޮށްފައިވާ ގޮތުގެ މައްސަލަތަކެއް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް ވިދާޅުވީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާރަ ދުވަހު ހުށަހަޅާފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ބުނެ، ފުލުހުން ހައްޔަރުކޮށް، އަނިޔާ ލިބުނު މީހުންގެ ތެރެއިން 36 މީހެއްގެ މައްސަލަ ކަމަށެވެ. އަދި މީގެ އިތުރުން ވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް، ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނެ އެމްޑީޕީއަށް މައްސަލަތަކެއް ހިއްސާކޮށްފައިވާ ކަމަށާއި އެމައްސަލަތައް ވެސް ދިރާސާކުރުމަށް ފަހު އެންއައިސީއަށް ހުށަހަޅާނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް އާއި ނާއިބު ރައީސް މުހައްމަދު ޝިފާޒު އަދި ޖެނެރަލް ސެކްރެޓަރީ އަނަސް އަބްދުއްސައްތާރު އެންއައިސީ އަށް ވަޑައިގެން އަނިޔާ ލިބިފައިވާ ފަރާތްތަކާއެކު މައްސަލަތައް ހުށަހަޅުއްވަނީ

"ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަމަށް ގޮވާލާ އިހުތިޖާޖު ކުރަމުންދަނިކޮށް ފުލުހުންގެ މުއައްސަސާއިން ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންގެ ވަނީ ހައްޔަރުކޮށްފަ.، ގާނޫނާ ހިލާފަށް އަދި ބައެއް މީހުން ހައްޔަރު ކޮށްފައިވަނީ ވަރަށް ބޮޑަށް އަނިޔާ ލިބޭ ގޮތަށް،" ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ ފުލުހުން އާންމު ރައްޔިތުން ހައްޔަރު ކުރުމާއި ފުލުހުން އަނިޔާ ކުރުމާއި ގުޅިގެން އެ ފަރާތްތަކުން އެމައްސަލަތައް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅަން ބޭނުންވާ ކަމަށާއި އެ މައުލޫމާތުތައް އެމްޑީޕީއާ ހިއްސާކުރަމުން ދާތީ އެ ފަރާތްތަކާއެކު އެ މައްސަލަތައް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ކުއްލި ނުރައްކަލުގެ ހާލަތުގައި 300 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރެވުނު. އޭގެ ތެރެއިން ގިނަ ފަރާތްތަކަކީ މިމައްސަލަތައް ހުށަހަޅަން ބޭނުންވި ފަރާތްތައް. އަނިޔާ ލިބުނު ފަރާތްތަކާއެކު މިއަދު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މިހުށަހެޅީ 36 މީހެއްގެ މައްސަލަ. އެހެން ނަަމަވެސް އަޅުގަނޑުމެންގެ އަތުގައި ޕްރޮސެސް ކުރުމުގެ ތެރޭގައި އެބަހުރި ބައެއް ފޯމްތައް،" ހަސަން ލަތީފް ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް އާއި ނާއިބު ރައީސް މުހައްމަދު ޝިފާޒު އަދި ޖެނެރަލް ސެކްރެޓަރީ އަނަސް އަބްދުއްސައްތާރު އެންއައިސީ އަށް ވަޑައިގެން އަނިޔާ ލިބިފައިވާ ފަރާތްތަކާއެކު މައްސަލަތައް ހުށަހަޅުއްވަނީ

މީގެއިތުރުން ހަސަން ލަތީފް ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން ހިންގާ ޣައިރު ގާނޫނީ އަމަލުތަކާއި ގުޅޭ ވަކިވަކި ފުލުހުންގެ މައްސަލަތައް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

"ފުލުހުންގެ މުއައްސަސާއިން އެހިންގާ ޣައިރު ގާނޫނީ އަމަލުތައް ތަންފީޒު ކުރުމަށް ގްރައުންޑްގައި އަމަލީ ގޮތުން މަސައްކަތްކުރާ ފުލުހުން އެބަތިބި. ކަނޑައެޅިގެން ގާނޫނާ ހިލާފަށް އަމަލު ކުރާ ފުލުހުން، އެފަރާތްތައް އަޅުގަނޑުމެންނަށް ފާހަގަވާ މިންވަރަކުން އެ ވަކިވަކި ފުލުހުންގެ މައްސަލަތައްވެސް މިދަނީ ހުށަހަޅަމުން،" ހަސަން ލަތީފް ވިދާޅުވި އެވެ.

ފުލުހުންގެ މުއައްސަސާއިން ކުރާ ޣައިރު ގާނޫނީ އަމުރުތައް ތަންފީޒު ނުކުރާނެ ކަމަށް ބުނާ ފުލުހުން އިރާދަ ކުރެއްވިއްޔާ ފެނިގެންދާނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

"މިކަމަކީ އެއްދުވަހަކުން ދެ ދުވަހަކުން ނިންމަން ފެށި މަސައްކަތެއް ނޫން. އަޅުގަނޑުމެންނާ ދޭތެރޭގައި ގާނޫނާ ހިލާފަށް އަމަލުކުރާ މީސްމީހުންގެ މައްސަލަތައް ހުށަހަޅަން އެއީ މި ޕާޓީން ވެސް ބޭނުންވާ ކަމެއް. އަދި ހަމައެހެންމެ، ރައްޔިތުންގެ ބޭނުންވާ ކަމެއް. އެކަން މިފެށީ،" ހަސަން ލަތީފް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް