Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާޖިއޯ އަގުއޭރޯ

ސިޓީ ދޫކޮށްލަން އަގުއޭރޯ ނިންމައިފި

26 މާރިޗު 2018 | ހޯމަ 06:49

ސިޓީއާއެކު އަގުއޭރޯ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2020 ވަނަ އަހަރުގެ ނިޔަލަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 26 މާރިޗު 2018 | ހޯމަ 06:49
ސާޖިއޯ އަގުއޭރޯ

ސާޖިއޯ އަގުއޭރޯ

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އެ ޓީމު ދޫކޮށްލުމަށް ނިންމައިފިއެވެ.

އުމުރުން 29 އަހަރުގެ އާޖެންޓީނާގެ ބައިނަލްއަގްވާމީ ފޯވާޑް ސިޓީ ދޫކޮށްލަން ނިންމާފައިވަނީ އޭނާ ތަމްރީނުވި ޓީމު ކަމަށްވާ އާޖެންޓީނާގެ ލީގުގައި ކުޅެމުން އަންނަ އިންޑެޕެންޑިއެންޓޭއަށެވެ. އޭނާގެ ކެރިއަރު 1997 ވަނަ އަހަރު އެ ކްލަބްއިން ފެށިއިރު އޭނާ ވަނީ އެ ކްލަބްގައި ނުވަ އަހަރު ހޭދަކޮށްފައެވެ. އެ ކްލަބްގައި ނުވަ އަހަރު ހޭދަކުރުމަށް ފަހު އޭނާ ބަދަލުވީ ސްޕެއިންގެ އެޓްލެޓިކޯ މެޑްރިޑްއަށެވެ.

ސިޓީއަށް އަގުއޭރޯ ބަދަލުވީ 2011 ވަނަ އަހަރު ކަމަށްވާއިރު އޭނާވަނީ އެ ޓީމާއެކު ދެ ޕްރިމިއާ ލީގު ތަށި ކާމިޔާބު ކޮށްފައެވެ. މި ސީޒަނުގެ ޕްރިމިއާ ލީގުގެ ތަށި ވެސް އެ ޓީމުން ޔަގީންކޮށްފައިވާއިރު އަގުއޭރޯ ވަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މިހާރު ކުޅެމުންދާ ބައިނަލްއަގްވާމީ އެއްވެސް މެޗެއްގައި އަގުއޭރޯއަށް އާޖެންޓީނާގެ ސްކޮޑުން ފުރުސަތު ދީފައެއް ނުވެއެވެ. އޭނާއަށް ފުރުސަތު ދީފައިނުވަނީ ކަކުލަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ.

ފޮކްސް ސްޕޯޓްސްއާ ވާހަކަ ދައްކަމުން އަގުއޭރޯ ބުނީ ސިޓީއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް 2020 ވަނަ އަހަރު ހަމަވުމާއެކު އޭނާ އެންމެ ކުޑައިރު ކުޅުނު ޓީމު ކަމަށްވާ އިންޑެޕެންޑިއެންޓޭއަށް އެނބުރި ދިޔުމަށް ނިންމާފައިވާ ކަމަށެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގައި ސިޓީ އޮތީ ތާވަލުގެ ކުރީގައި 16 ޕޮއިންޓްގެ ލީޑަކާއެކުއެވެ. އަގުއޭރޯ ވަނީ ޕްރިމިއާ ލީގުގައި ސިޓީއަށް 21 ލަނޑު ޖަހައިދީފައެވެ. ހަމައެހެންމެ އިނގިރޭސި ލީގު ކަޕް ސިޓީއިން ކާމިޔާބުކޮށްފައިވާއިރު ސިޓީއިން ވަނީ އަގުއޭރޯގެ މޮޅު ކުޅުމާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ. މި ސީޒަނުގެ މިހާތަނަށް އަގުއޭރޯ ވަނީ ސިޓީއަށް 30 ލަނޑު ޖަހައިދީފައެވެ.

ސިޓީގައި ހޭދަކުރި ހަތް ސީޒަނުގައި އަގުއޭރޯ ވަނީ އެ ޓީމަށް 289 މެޗު ކުޅެދީ 199 ލަނޑު ޖަހައިދީފައެވެ. ސިޓީއާއެކު ހަ ތައްޓެއް އަގުއޭރޯ ކާމިޔާބުކޮށްފައިވާއިރު އޭނާވަނީ 2014 ވަނަ އަހަރުގެ ރަން ބޫޓު ވެސް ހޯދާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް