Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ޕީއެސްޖީ އިން ބޮޑު ބަދަލުތަކެއް ފެނިގެންދާނެ: ޑިމަރިއާ

މި ސީޒަން ކާމިޔާބު ސީޒަނަކަށް ހެދުމަށް ޕީއެސްޖީއިން ވަނީ 400 މިލިއަން ޔޫރޯ ހޭދަކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 24 މާރިޗު 2018 | ހޮނިހިރު 12:40
ޕީއެސްޖީގެ ޖާޒީގައި ޑިމަރިއާ

ޕީއެސްޖީގެ ޖާޒީގައި ޑިމަރިއާ

މި ސީޒަނަށް ފަހު ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ބޮޑު ބަދަލުތަކެއް ފެނިގެންދާނެ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ވިންގަރ އެންހެލް ޑިމަރިއާ ބުނެފިއެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގު ހޯދުމަށް ޕީއެސްޖީ އިން ވަނީ ބޮޑު ހަރަދުތަކެއް ކޮށްފައެވެ. އެގޮތުން އެ ޓީމުން ވަނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި 400 މިލިއަން ޔޫރޯއަށް ވުރެ ބޮޑު އަދަދެއް ހަރަދުކޮށް މޮޅު ކުޅުންތެރިން އެ ޓީމަށް ގެނެސްފައެވެ. އެގޮތުން ބާސެލޯނާއަށް ކުޅުނު ބްރެޒިލްގެ ފޯވާޑް ނޭމާ އަދި މޮނާކޯއަށް ކުޅުނު ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ އެ ޓީމަށް ގެނެސްފައިވަނީ ބޮޑު އަދަދަކަށެވެ. އެހެން ނަމަވެސް ރެއާލް މެޑްރިޑް އަތުން 5-2 ގެ އެގްރިގޭޓް ނަތީޖާއަކުން އެ ޓީމު ވަނީ ބަލިވެ ޗެމްޕިއަންސް ލީގުން ކަޓާފައެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޑިމަރިއާ ބުނީ ޗެމްޕިއަންސް ލީގުން ކަޓާނެ ކަމަށް ހީނުކުރާ ކަމަށާއި ކެޓުން ވެގެންދިޔައީ ބޮޑު ޝޮކަކަށް ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިން ހޯދުމަށް 400 މިލިއަން ޔޫރޯ ހޭދަކުރުމާ ގުޅިގެން ކްލަބުން ވެސް ވަރަށް ބޮޑު އުއްމީދުތަކެއް ކުރި ކަމަށާއި ނޭމާ ހުރުމާ އެކު އެ އުއްމީދުތައް ބޮޑުވެގެން ދިޔަ ކަމަށެވެ. އޭނާ ބުނީ ކުއާޓާއިން ޖާގަ ނުލިބި ޗެމްޕިއަންސް ލީގުން ކެޓުމާއެކު މެނޭޖްމަންޓްގެ ބޮޑު ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށާއި އެކަމާ ގުޅިގެން ޓީމުން ބޮޑު ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އޭނާ ބުނީ ސަޕޯޓަރުންގެ ޝަކުވާ ހުންނާނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެއީ އާ ކުޅުންތެރިންނާ އެކު ވެސް އެންމެ ބޭނުންވާ ހިސާބަށް ނުދެވުމާ ގުޅިގެން ކަމަށެވެ. އޭނާ ބުނީ ބަލިވި ނަމަވެސް ހިތްވަރު ދެރަކޮށްގެން ނުވާނެ ކަމަށާއި އަބަދުވެސް ދާން ޖެހޭނީ ކުރިޔަށް ކަމަށެވެ. މިވަގުތު ވެސް ތިން މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެ ތިން މުބާރާތް ވެސް ކާމިޔާބުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. އޭނާ ބުނީ އެކަން ކުރެވިއްޖެ ނަމަ ސީޒަން ކާމިޔާބު ކަމުގެ ހެއްކަކަށް ވެގެންދާނެ ކަމަށެވެ.

ފްރެންޗް ލީގުގެ އެއްވަނައިގައި އެ ޓީމު އޮތީ 17 ޕޮއިންޓްގެ ލީޑަކާ އެކުއެވެ. މި ސީޒަނުގެ މިހާތަނަށް އެ ޓީމު ކުޅުނު 47 މެޗުގެ ތެރެއިން 40 މެޗު ކާމިޔާބުކޮށްފައިވާއިރު ބަލިވެފައި ވަނީ އެންމެ ފަސް މެޗުންނެވެ. ބާކީ ދެ މެޗު ނިމިފައި ވަނީ އެއްވަރުވެގެންނެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު