Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އާރތު އަވަރ

އާރތު އަވަރ: ހަމައެކަނި ބޮކި ނިއްވާލަައިގެން ފަރުޖެެއްސޭކަށް ނެތް!

ބޮކި ނިއްވާލުމުގެ އިތުރަށް ދުނިޔެއަށްޓަކައި ކުރެވިދާނެ އެހެން ގިނަ ކަންކަން އެބަހުރި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 24 މާރިޗު 2018 | ހޮނިހިރު 12:11
2017 ވަނަ އަހަރުގެ އާރތު އަވަރގައި އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ ބޮކިތައް ނިވާލާފައި

2017 ވަނަ އަހަރުގެ އާރތު އަވަރގައި އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ ބޮކިތައް ނިވާލާފައި

އާރތު އަވަރއަކީ އދ. ގެ ޖަމިއްޔާއެއް ކަމަށްވާ ވޯލްޑް ވައިޑް ފަންޑް ފޮރ ނޭޗަރ (ޑަބްލިޔު ޑަބްލިޔު އެފް)އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރެއްގެ މާޗް މަހުގެ ފަހުކޮޅު، "ދުނިޔެއަށްޓަކައި އެއް ގަޑިއިރަށް" ކޮންމެހެން ބޭނުންކުރަން ޖެހޭ ބޮކިތައް ފިޔަވައި އެހެން ދިއްލުންތައް ނިވާލައިގެން ފާހަގަކުރާ އެއް ގަޑިއިރުގެ ވަގުތުކޮޅެކެވެ.

އޮސްޓްރޭލިއާގެ ސިޑްނީގައި 2007 ވަނަ އަހަރު ބޭއްވި ބޮކި ނިއްވާލުމުގެ ޙަރަކާތަކުން ފެށި މި ހަރަކާތް، މިއަހަރު ފާހަގަކުރުމަށް ހަމަޖެހިފައި ވަނީ 24 މާޗް ވަނަ ދުވަހުގެރޭ ކޮންމެ ޤައުމެއްގައި ވެސް އެޤައުމެއްގެ ގަޑިން ރޭގަނޑު 8:30 އިން ފެށިގެން 9:30 އަށެވެ. އޮސްޓްރޭލިއާގައި 2007 ވަނަ އަހަރު މާޗް މަހު މިހަރަކާތް ފެށުމުން، ހަމަ އެ އަހަރުގެ އޮކްޓޯބަރު މަހު އެމެރިކާގެ ސަންފްރެންސިސްކޯގައި ބޮކިތައް ނިވާލައިގެން 'ލައިޓްސް އައުޓް' އިވެންޓެއް ބޭއްވިއެވެ.

މި ދެޙަރަކާތުގެ ކާމިޔާބީއަށް ފަހު ޖެހިގެން އައި އަހަރު 35 ޤައުމެއްގައި އާރތު އަވަރ ފާހަގަކުރިއެވެ. އަދި އެ އަށް ފަހު ކޮންމެ އަހަރަކު މި ޙަރަކާތް ފާހަގަކުރާ ގައުމުތައް އިތުރުވެ، މިއީ މިހާރު ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އިވެންޓެކެވެ.

ދުނިޔޭގެ ހުރިހާ ބައްރެއްގައި މިހާރު އާރތު އަވަރ ފާހަގަކުރާއިރު، މިއީ މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކަށް އާއްމުން ހޭލުންތެރިކުރުމަށް ބާއްވާ ރަމްޒީ ޙަރަކާތެކެވެ. ކޮންމެ އަހަރަކު އާރތު އަވަރ ފާހަގަކުރާއިރު، ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި ކަރަންޓް ބޭނުންކުރާ މިންވަރު ފާހަގަކޮށްލެވޭ މިންވަރަކަށް އެ އެއްގަޑިއިރު މަދުވާކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް މިއީ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި ވަރަށް ކުޑަ މިންވަރެއްކަން ތަޖުރިބާކާރުން ފާހަގަކުރެއެވެ. އެގޮތުން އާރތު އަވަރ ފާހަގަކޮށްގެން އޮސްޓްރޭލިއާގައި ސަލާމަތްކުރެވޭ ހަކަތައިން، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭ މިންވަރަކީ، އަހަރަކު 6 ކާރު މަގުތަކުން ނެގުމުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަވުމާއި އެއް މިންވަރެއް ކަމަށް އޮސްޓްރޭލިއާގެ ނޫސްވެރިއަކު ފާހަގަކުރިއެވެ.

އާރތު އަވަރ ފާހަގަކޮށްލަން، ބޮކިތައް ނިވާލުމަށް ފަހު ފޮޓޯއެއް ނަގައި ސޯޝަލް މީޑިއާއަށް ލުމުން އަދި ނިމުނީކީ ނޫނެވެ. މިއަހަރު 187 ޤައުމެއްގައި އާރތު އަވަރ ރަސްމީކޮށް ފާހަގަކުރާއިރު، ޑަބްލިޔު ޑަބްލިޔު އެފްއިން ދޭން ބޭނުންވާ މެސެޖަކީ ވެސް އެއީއެވެ. އެއް ގަޑިއިރަށް ކަރަންޓް ބޭނުންކުރުން މަދުކުރުމުން، ތިމާވެށި ހިމާޔަތްކުރުމަށް އެދެވޭ އެއްބާރުލުން ކޮންމެ ދުވަހަކު މަދުވެގެން އެއްގަޑިއިރު ދޭ ނަމަ، މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށް އެދެވުނީ ކިހާ ބޮޑު އެހީތެރިކަމެއްތޯއެވެ؟ އަދި ދުވާލަކު ދެގަޑިއިރު ނުވަތަ ތިން ގަޑިއިރު ދީފި ނަމަ ވާނީ ކިހިނެއްތޯއެވެ؟ މިއީ ވިސްނާލަން ޖެހޭ ކަންކަމެވެ.

ޑަބްލިޔު ޑަބްލިޔު އެފް އިން މިއަހަރަށް ގިނަ ކަންތައްތަކެއް ރާވާފައިވެއެވެ. އެގޮތުން ގަލަޕަގޯސް އައިލެންޑްސްގައި ޕްލާސްޓިކް ކޮތަޅު އެއްކޮށް މަނާކުރުމަށް ބާރު އެޅުމާއި، ކަޒަކިސްތާނުގައި 17 މިލިއަން ގަސް އިންދުމާއި، ރަޝިޔާގައި ކަނޑާއި ޖަންގަލިތައް ހިމާޔަތްކުރުމަށް ޤާނޫނުތަކެއް ހެދުމަށް ބާރު އެޅުން ހިމެނެއެވެ.

ވަކިވަކި ފަރުދުންނަށް އާރތު އަވަރ ފާހަގަކުރުމަށް ބޮކިތައް ނިވާލުމުގެ އިތުރުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި އާރތު އަވަރގައި އިންޖީނުލީ އުޅަނދު ނުދުއްވުމާއި، އެވަގުތުކޮޅުގައި ކުރާ އެއްވެސް ވިޔަފާރިއެއްގައި ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރުމާއި، އަދި ތިމާވެއްޓާ މެދު މީހުން ހޭލުންތެރިކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ.

ބައެއް ފަރާތްތަކުން މިއަހަރުގެ އާރތު އަވަރ ފާހަގަކުރުމުގެ ބަދަލުގައި ފާހަގަކުރަނީ އާރތު އިވްނިންއެކެވެ. މާނައަކީ މުޅިރޭ އެއްކޮށް ދުނިޔެއަށްޓަކައި ހުރިހާ ބޮއްކެއް ނިވާލުމެވެ.

މިއަހަރުގެ އާރތު އަވަރ ނިންމާލުމަށް ފަހު ދުނިޔެ މަތިން ހަނދާން ނައްތާނުލައްވާށެވެ. ތިމާވެއްޓަށް ދެވޭ ގެއްލުންތަކުގެ މަތިން ހަނދާން ނައްތާނުލައްވާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގައި އޮތީ އާއްމު މެމްބަރުންގެ ބާރު، ޕީޕީއެމްގައި ހަމައެކަނި ރައީސް ޔާމީން ބާރު!

އެމްޑީޕީގައި އޮތީ އާއްމު މެމްބަރުންގެ ބާރު، ޕީޕީއެމްގައި ހަމައެކަނި ރައީސް ޔާމީން ބާރު!

23 މެއި 2018
ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

22 މާރިޗު 2018
ހޯކިންގ، ހަމައެކަނި ސައިންސްވެރިއެއް ނޫން ފަލަސްތީނު ރައްޔިތުންގެ އެކުވެރިއެއް ވެސްމެ

ހޯކިންގ، ހަމައެކަނި ސައިންސްވެރިއެއް ނޫން ފަލަސްތީނު ރައްޔިތުންގެ އެކުވެރިއެއް ވެސްމެ

14 މާރިޗު 2018
ފުލުހުންނަށް އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެނީ ހަމައެކަނި ރައީސް ޔާމީން ޙިމާޔަތްކުރާކަށް ނޫން!

ފުލުހުންނަށް އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެނީ ހަމައެކަނި ރައީސް ޔާމީން ޙިމާޔަތްކުރާކަށް ނޫން!

28 ޑިސެމްބަރު 2017
ރިޔާސީ އިންތިހާބަށް ބާކީ އެއް އަހަރު، ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީން!

ރިޔާސީ އިންތިހާބަށް ބާކީ އެއް އަހަރު، ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީން!

02 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު