Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދޮގު ވާހަކަ ފެތުރުން

މީހުންގެ މައްޗަށް ދޮގު ދަޢުވާ ކުރުންވެސް ދޮގު ވާހަކަ ފެތުރުމުގެ ތެރޭގައި ހިމެނޭ: ޑރ. އިޔާޒް

ހަދަ ހަދައިގެން ހެކި ބަސް ދިނުންވެސް ދޮގު ވާހަކަ ފެތުރުމުގެ ތެރޭގައި ހިމެނޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 މާރިޗު 2018 | ހޮނިހިރު 02:57
ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒު

ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒު

މީހުންގެ މައްޗަށް ދޮގު ދައުވާ ކުރުންވެސް ދޮގު ވާހަކަ ފެތުރުމުގެ ތެރޭގައި ހިމޭނެ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ ޑރ. އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީސް މީހުންގެ މައްޗަށް ދޮގު ދައުވާކޮށް، ހަދަ ހަދައިގެން ހެކި ބަސް ދިނުންވެސް ދޮގު ވާހަކަ ފެތުރުމުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

Advertisement - newsAdvertisement

ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު އިސްލާމިކް މިނިސްޓްރީން ހުކުރު ދުވަހު ނެރެނު ހުކުރު ހުތުބާގެ މައުޟޫއަކީ "ދޮގު ޚަބަރު ފެތުރުމުގެ ނުބައިކަން" އެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ ދޮގު ޚަބަރު ފެތުރުމާ ދުރުހެލިވުމަކީ މުޖުތަމައުގެ ކޮންމެ ފަރުދެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށާއި އެ އަމަލަކީ އިސްލާމްދީން އެކަމާ ދުރުހެލިވުމަށް އަންގާފައިވާ ނުބައި އަހްލާޤީ އަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އިސްލާމްދީން ގޮވާލަނީ ޚަބަރެއް އިވިއްޖެނަމަ އެކަމުގެ ހަޤީޤަތް ބެލުމަށް ކަމަށެވެ.

މީގެ އިތުރުން ހުކުރު ހުތުބާގައި ބުނެފައިވަނީ ސޯޝަލް މީޑިއާ އާއި ރޭޑިއޯ، ޓީވީ ފަދަ ވަސީލަތްތަކުން މީހުންގެ ލޮލުގައި އަޅައިގަންނާނެ ފަދަ ގޮތްގޮތަށް ޚަބަރުތައް ލިޔެ ފަތުރާ ކަމަށެވެ. އަދި އެފަދަ ޚަބަރެއް، އެ ޚަބަރު ފެތުރުމުގެ ކުރިން އޭގެ ތެދު ދޮގު ބަލަން ޖެހޭނެ ކަމަށްވެސް ހުތުބާގައިވެއެވެ.

ދޮގު ޚަބަރު ފެތުރުމާއި ދޮގު ވާހަކަތައް ފެތުރުމުގެ ނުބައިކަން މީހުން މެރުމަށްވުރެ ބޮޑުކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު