Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނޭމާ

ވޯލްޑް ކަޕަށް ނޭމާ ފިޓުވާނެ ކަމުގެ ޔަގީންކަން ދީފި

ނޭމާއަށް އަނިޔާވީ ފްރެންޗް ލީގުގައި މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 21 މާރިޗު 2018 | ބުދަ 16:39
ނޭމާ ބްރެޒިލްގެ ޖާޒީގައި

ނޭމާ ބްރެޒިލްގެ ޖާޒީގައި

އަންނަ ޖޫން މަހު ރަޝިއާގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ބްރެޒިލްގެ ފޯވާޑް ނޭމާ ފިޓުވާނެ ކަމުގެ ޔަގީންކަން އެ ޓީމުގެ ޑޮކްޓަރު ދީފިއެވެ.

ނޭމާއަށް އަނިޔާވީ ފްރެންޗް ލީގުގައި މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އޭނާއަށް މި މެޗުގައި އަނިޔާވި ނަމަވެސް ޕީއެސްޖީއިން އެ މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރިއެވެ. ނޭމާގެ ފަޔާއި ކުޑަހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާވަނީ ތިން މަހަށް ކުޅުމާއި ދުރަށް ދާންޖެހިފައެވެ. އޭނާ މިވަގުތު ހުރީ އެ އަނިޔާއަށް ފަރުވާ ހޯދުމަށް އަމިއްލަ ގައުމުކަމަށްވާ ބްރެޒިލްގައެވެ.

ބްރެޒިލްގެ ގައުމީ ޓީމުގެ ޑޮކްޓަރު ރޮޑްރިގޯ ލަސްމަރ ބުނެފައިވަނީ އަނިޔާ ސީރިއަސްކަން ނޭމާއަށް އެނގުމާއެކު އޭނާ ވަރަށް ދެރަވި ކަމަށާއި ސާޖަރީ އެއް ފުރިހަމަކުރަން ޖެހޭކަން އޭނާއަށް އެނގުމާއެކު އޭނާ ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ ކަމަށެވެ. އޭނާ ބުނީ ވޯލްޑް ކަޕް ބޯމަތިވެފައި އޮއްވާ އެފަދަ ބޮޑު އަނިޔާއެއް ކުރިމަތިވުމާއެކު ވަރަށް ބިރު ގަންނަން ޖެހުނު ކަމަށާއި އޭނާއަކީ ނަފްސާނީ ގޮތުން ވަރުގަދަ ކުޅުންތެރިޔެއްކަން އެނގިގެންދިޔަ ކަމަށެވެ.

ރޮޑްރިގޯ ބުނީ ނޭމާ ބޭނުންވަނީ ވީހާވެސް އަވަހަށް ކުޅުމުގެ ތެރެއަށް އެނބުރި އަންނަން ކަމަށާއި ސާޖަރީއަށް ފަހު ޓާގެޓް ކަނޑައެޅީ ހަ ހަފްތާތެރޭ އެނބުރި ކުޅުމުގެ ތެރެއަށް އައުމަށް ކަމަށެވެ. އޭނާ ބުނީ އެޔަށް ފަހު އިތުރު ބެލުންތައް ބެލުމަށް ފަހު އޭނާ އެނބުރި އަންނާނެ ދުވަހެއް ޔަގީންވެގެންދާނެ ކަމަށެވެ. އޭނާ ބުނީ ސާޖަރީއަށް ފަހު ކަންކަން ކުރިޔަށްދާ ގޮތް ވަރަށް ރަނގަޅަށް ބަލަންޖެހޭ ކަމަށާއި އެހެން ނޫނީ އަނެއްކާ ވެސް އަނިޔާ ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ބްރެޒިލްގެ ގައުމީ ޓީމުން އަންނަނީ ޕީއެސްޖީގެ ޑޮކްޓަރުންނާއެކު ނޭމާގެ ރިކަވަރީގެ ކަންކަން ވަރަށް ގާތުން މޮނީޓަރ ކުރަމުންނެވެ. ބައެއް މީޑިއާތަކުން ވަނީ ނޭމާގެ އިންޖަރީއާ ގުޅިގެން ޕީއެސްޖީ އަދި ބްރެޒިލްގެ ގައުމީ ޓީމުގެ މެނޭޖްމަންޓާއި ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް ރޮޑްރިގޯ ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ.

އޭނާ ބުނީ ނޭމާގެ އަނިޔާގެ ކުރިން ޕީއެސްޖީއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެއްވެސް އިރެއްގައި ޕީއެސްޖީގެ މެޑިކަލް ޑިޕާޓްމެންޓާއި މައްސަލަ ޖެހިފައިނުވާ ކަމަށެވެ. ހަމައެހެންމެ ޕީއެސްޖީގެ މެޑިކަލް ޑިޕާޓްމެންޓްގައި ހަރަކާތްތެރިވާ މީހުން ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެމީހުންނާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށް ވެސް ރޮޑްރިގޯ ބުނެފައިވެއެވެ. އޭނާ ބުނީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ނޭމާގެ ރިކަވަރީގެ ކަންކަން ކުރިޔަށް ގެންދަނީ ދެ މެޑިކަލް ޓީމުގެ ބެލުމުގެ ދަށުން ކަމަށެވެ.

މިއަހަރުގެ ވޯލްޑް ކަޕް ވެސް ނޭމާއަށް ގެއްލޭނެ ކަމުގެ ބިރު އޮތް ނަމަވެސް މިހާރު އެ ބިރު ވަނީ ނެތިގެން ގޮސްފައެވެ. އަމިއްލަ ގައުމުގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާގައި ކޮލޮމްބިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ނޭމާއަށް އަނިޔާވެ އޭނާއަށް މުބާރާތް ނިމިގެންދިޔައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 އެޕްރީލު
އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި
20251 އަހަރު ކުރިން
ރާއްޖެ

އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު
20242 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް
20215 އަހަރު ކުރިން
ދުނިޔެ

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟
20197 އަހަރު ކުރިން
ރިޕޯޓު

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު