Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖިއަން ލުއީޖީ ޑޮނަރޫމާ

ޔުވެންޓަސްއަށް އައުމަށް ޑޮނަރޫމާއަށް ބުފޮން ދައުވަތު ދީފި

2 ޖެނުއަރީ 2018 | އަންގާރަ 15:12

އުމުރުން 18 އަހަރުގެ ގޯލްކީޕަރު މިލާން ދޫކޮށްލަން އުޅޭ ކަމަށް އަޑުތައް ވަނީ ފެތުރިފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 2 ޖެނުއަރީ 2018 | އަންގާރަ 15:12
ބުފޮން (ކ) އަދި ޑޮނަރޫމާ (ވ)

ބުފޮން (ކ) އަދި ޑޮނަރޫމާ (ވ)

އޭސީ މިލާން އަށް ކުޅެމުން އަންނަ ޒުވާން ގޯލްކީޕަރު ޖިއަން ލުއީޖީ ޑޮނަރޫމާ އެ ކްލަބު ދޫކޮށް ވާދަވެރި ޔުވެންޓަސް އަށް އައުމަށް އިޓަލީގެ ގޯލްކީޕަރު ޖިއަން ލުއީޖީ ބުފޮން ދައުވަތު ދީފިއެވެ.

އުމުރުން 18 އަހަރުގެ ގޯލްކީޕަރު މިލާން ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެހެންނަމަވެސް އޭނާ ވަނީ މި ސީޒަން ފެށުމުގެ ކުރިން މިލާންއާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފައެވެ. ޑޮނަރޫމާ ހޯދުމަށް ޔުވެންޓަސްގެ އިތުރުން ސްޕެއިންގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އަދި ރެއާލް މެޑްރިޑުންވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މި ސީޒަން ނިންމާލުމަށްފަހު ބުފޮން ރިޓަޔަރ ކުރަން ނިންމާފައިވާއިރު، އޭނާގެ ބަދަލުގައި އިޓަލީގެ ގޯލު ބެލެހެއްޓުމާއި ހަވާލުވާނީ ޑޮނާރޫމާއެވެ. ބުފޮން ވަނީ އޭނާގެ އުމުރަށްވުރެ 21 އަހަރު ޅަ، ޒުވާން ގޯލްކީޕަރު ޑޮނާރޫމާ އަށް ޔުވެންޓަސްއަށް އައުމަށް ދައުވަތު ދީފައެވެ. އެގޮތުން ބުފޮން ބުނެފައިވަނީ ޑޮނަރޫމާ ޔުވެންޓަސްއަށް ބަދަލުވުމަކީ އޭނާގެ ކެރިއަރުގައި ކުރިޔަށް އެޅޭނެ ފިޔަވަޅެއް ކަމަށާއި، އޭނާއާއި މިލާންއާ ދެމެދު އޮތް ގުޅުން ނޭނގޭ ކަމަށެވެ.

ހަމައެހެންމެ އޭނާއަކީ އިޓަލީގެ ގައުމީ ޓީމުގެ މުސްތަގުބަލު ކަމަށާއި ބުފޮން އަދާކުރަމުން އަންނަ ވަޒީފާ އެންމެ ރަނގަޅަށް އަދާކުރެވޭނެ ކުޅުންތެރިޔަކީ ޑޮނަރޫމާ ކަމަށްވެސް ބުފޮން ބުނެފައިވެއެވެ. އަދި އޭނާ މިލާން ދޫކޮށްލަން ބޭނުންވާކަން ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށާއި އެކަން އެންމެ ރަނގަޅަށް އެނގޭނީ ޑޮނަރޫމާއަށް ކަމަށް ބުފޮން ބުނެފައިވެއެވެ.

ދާދިފަހުން ދިން އިންޓަވިއުއްގައި ޑޮނަރޫމާ ބުނެފައިވަނީ އޭނާގެ ކޮންޓްރެކްޓުގައި ބާކީ ހަތަރު އަހަރު އެބައޮތް ކަމަށާއި، އޭނާ މިލާންގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ. އޭނާ މިލާން އަށް 100 މެޗު ކުޅެދީފައިވާއިރު، އޭނާ މިކަމާއި ގުޅިގެން ބުނެފައިވަނީ އެއީ ވަރަށް އުފާވާ ކަމެއް ކަމަށާއި އެއީ އޭނާގެ ޓީމުގެ ކުޅުންތެރިންގެ ސަބަބުން ލިބުނު ކާމިޔާބެއް ކަމަށެވެ. މިލާންގެ ސަޕޯޓަރުން ވަނީ މި ސީޒަނުގެ ކުރީކޮޅު އޭނާ އެ ޓީމު ދޫކޮށްލަން އުޅޭ ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓު ފެތުރުމާއި ގުޅިގެން، އޭނާއާ ދެކޮޅަށް އަޑު އުފުލާފައެވެ.

ޑޮނަރޫމާގެ ޔޫތު ކެރިއަރުގައި އޭނާ ކުޅެފައިވަނީ ނަޕޯލީއަށެވެ. އޭނާ މިލާންއަށް ކުޅެން ފެށީ 2015 ވަނަ އަހަރުއެވެ. އޭނާ އެންމެ ފުރަތަމަ މެޗު ކުޅުނުއިރު އޭނާގެ އުމުރަކީ 16 އަހަރާއި 242 ދުވަހެއެވެ. އޭގެ ފަހުން އޭނާ އަންނަނީ އެ ޓީމުގެ ގޯލު ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ އަދާކުރަމުންނެވެ.

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2017

ގައުމީ ޓީމުން ނެގީ ބްރޭކެއް، 60 އަހަރުވިޔަސް ކުޅޭނަން: ބުފޮން

28 ނޮވެމްބަރު 2017
ގައުމީ ޓީމުން ނެގީ ބްރޭކެއް، 60 އަހަރުވިޔަސް ކުޅޭނަން: ބުފޮން
14 ނޮވެމްބަރު 2017

ފެންކަޅިވެހުރެ ބުފޮން ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނު ކޮށްފި

14 ނޮވެމްބަރު 2017
ފެންކަޅިވެހުރެ ބުފޮން ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނު ކޮށްފި
20 އޮކްޓޯބަރު 2017

ވޯލްޑް ކަޕް ބަލާލުމަށް އައުމަށް ޕޫޓިން ދިން ދައުވަތު ބްލެޓާ ގަބޫލްކޮށްފި

20 އޮކްޓޯބަރު 2017
ވޯލްޑް ކަޕް ބަލާލުމަށް އައުމަށް ޕޫޓިން ދިން ދައުވަތު ބްލެޓާ ގަބޫލްކޮށްފި
03 އޮކްޓޯބަރު 2017

މޮރާޓާގެ އެނބުރި އައުމަށް މަހަކަށްވުރެ ގިނަ ދުވަސް ނަގާނެ

03 އޮކްޓޯބަރު 2017
މޮރާޓާގެ އެނބުރި އައުމަށް މަހަކަށްވުރެ ގިނަ ދުވަސް ނަގާނެ
30 ސެޕްޓެމްބަރު 2017

ޕޮގްބާގެ އެނބުރި އައުމަށް ދިގު މުއްދަތެއް ނަގާނެ: މޮރީނިއޯ

30 ސެޕްޓެމްބަރު 2017
ޕޮގްބާގެ އެނބުރި އައުމަށް ދިގު މުއްދަތެއް ނަގާނެ: މޮރީނިއޯ
28 ސެޕްޓެމްބަރު 2017

ޔުއެފާ ޗެމްޕިއަންސް ލީގު: ހަނި ގޮތަކަށް ބާސާ މޮޅުވިއިރު ޔުވެންޓަސްއަށް ފުރަތަމަ މޮޅު

28 ސެޕްޓެމްބަރު 2017
ޔުއެފާ ޗެމްޕިއަންސް ލީގު: ހަނި ގޮތަކަށް ބާސާ މޮޅުވިއިރު ޔުވެންޓަސްއަށް ފުރަތަމަ މޮޅު
17 އޯގަސްޓު 2017

މަޓުއިޑީ އިޓަލީގެ ޔުވެންޓަސްއަށް.!

17 އޯގަސްޓު 2017
މަޓުއިޑީ އިޓަލީގެ ޔުވެންޓަސްއަށް.!
30 މެއި 2017

ޗެމްޕިއަންސް ލީގު ކާމިޔާބުނުވެ ބުފޮން ކުޅުން ހުޓާލާތަން ބަލަން ބޭނުމެއް ނޫން: ކަސިލަސް

30 މެއި 2017
ޗެމްޕިއަންސް ލީގު ކާމިޔާބުނުވެ ބުފޮން ކުޅުން ހުޓާލާތަން ބަލަން ބޭނުމެއް ނޫން: ކަސިލަސް
27 މެއި 2017

ބުފޮން އަށް "ބެލަންޑިއޯ" އެވޯޑް ހައްގު: އެމްބާޕޭ

27 މެއި 2017
 ބުފޮން އަށް "ބެލަންޑިއޯ" އެވޯޑް ހައްގު: އެމްބާޕޭ
01 މާރިޗު 2017

އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް

01 މާރިޗު 2017
އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް