Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބުފޮން ރިޓަޔާކުރުން

ގައުމީ ޓީމުން ނެގީ ބްރޭކެއް، 60 އަހަރުވިޔަސް ކުޅޭނަން: ބުފޮން

28 ނޮވެމްބަރު 2017 | އަންގާރަ 09:36

ބުފޮން ގައުމީ ޓީމަށް ކުޅުނު ހުއްޓާލީ 20 އަހަރަށް ފަހު

ލީވާން އަލީ
ލީވާން އަލީ | 28 ނޮވެމްބަރު 2017 | އަންގާރަ 09:36
އިޓަލީގެ ގައުމީ ޓީމުން ދާދި ފަހުން ރިޓަޔާކުރި ޔުއެވަންޓަސްގެ ކީޕަރު ބުފޮން

އިޓަލީގެ ގައުމީ ޓީމުން ދާދި ފަހުން ރިޓަޔާކުރި ޔުއެވަންޓަސްގެ ކީޕަރު ބުފޮން

ގައުމީ ޓީމުން ނެގީ ބްރޭކެއް ކަމަށާއި، އުމުރުން 60 އަހަރު ވިޔަސް ޓީމަށް ނަގައިފިއްޔާ ކުޅޭނެ ކަމަށް އިޓަލީގެ ގައުމީ ޓީމުން ދާދި ފަހުން ރިޓަޔާކުރި ޔުއެވަންޓަސްގެ ކީޕަރު ބުފޮން ބުނެފިއެވެ.

އިޓަލީގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުފޮން ބުނީ އިޓަލީ އަދި ޔުވެންޓަސް އަށް އޭނާ ކުޅެނީ "ސޯލްޖާ" އެއްގެ ގޮތުގައި ކަމަށާއި، އުމުރުން 60 އަހަރުވިޔަސް އިޓަލީ ގައުމީ ޓީމުން ގޮވާލާ ގޮވާލުމަށް އިޖާބަދޭނެ ކަމަށެވެ.

ނިމިގެންދިޔަ ވޯލްޑްކަޕް ކޮލިފައިންގެ ޕްލޭއޮފްގައި އިޓަލީ އަތުން ސްވިޑެން ވަނީ ބަލިވެފައެވެ. ދެ ލެގު ކުޅުނުއިރު، ފުރަތަމަ ލެގު އިޓަލީގައި ނިމުނީ 0-0 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. އެހެން ނަމަވެސް ދެވަނަ ލެގުގައި ސްވިޑެން ވަނީ އަމިއްލަ ދަނޑުގައި 0-1 ގެ ނަތީޖާއިން މޮޅުވެ، އިޓަލީ ކަޓުވާލުމަށް ފަހު ސްވިޑެން ވަނީ ވޯލްޑްކަޕުން ޖާގަ ހޯދާފައެވެ.

އިޓަލީގެ ކޯޗު ވެންޗޫރާއާ ބެހޭގޮތުން ބުފޮން ބުނީ ކޯޗެއްގެ ގޮތުގައި ކުރެވޭނެ ހުރިހާ ކަމެއް ވެންޗޫރާ ކުރި ކަމަށާއި، ދިމާވި ހަމައެކަނި މައްސަލައަކީ ދެ މެޗުންވެސް ލަނޑެއް ކާމިޔާބުނުކުރެވުން ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު އިޓަލީގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމު އަދި އިޓަލީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބުފޮން ބުނީ އެފަދަ އެވޯޑެއް އޭނާ އަށް ލިބޭނެ ކަމަށް ދުވަހަކު ވެސް އުންމީދު ނުކުރާ ކަމަށާއި، މީގެކުރިން އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު އޭނާ އަށް ނުލިބޭ ކަމަށެވެ.

އިޓަލީ ގައުމީ ޓީމަށް 20 އަހަރަށް ފަހު ކުޅުން ހުއްޓާލި މިހާރު އުމުރުން 39 އަހަރުގެ ބުފޮން ވަނީ އެޓީމަށް 175 މެޗު ކުޅެދީފައެވެ. އޭނާ ވަނީ އިޓަލީ ޓީމާއެކު 2006 ވަނަ އަހަރު ވޯލްޑްކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ޕާމާ އިން 1995 ވަނަ އަހަރު ކެރިޔަރު ފެށި ބުފޮން ޔުވެންޓަސް އަށް ބަދަލުވީ 2001 ވަނަ އަހަރެވެ. އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް 637 މެޗު ކުޅެދީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

އެގޮތުން އޭނާ ވަނީ ޔުވެންޓަސްއާއެކު 10 ލީގު ތަށި، ހަތަރު ކޮޕާ އިޓަލިއާ، ފަސް އިޓާލިއަން ސުޕާކަޕް ކާމިޔާބު ކޮށްފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް