Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖިއަންލުއީޖީ ބުފޮން

80 އަހަރު ވިޔަސް ޔުވެންޓަސްއާ އިޓަލީއަށް ކުޅޭނަން: ބުފޮން

23 ޑިސެމްބަރު 2017 | ހޮނިހިރު 11:53

ބުފޮން ބުނީ ކުޅުން ހުއްޓާލާނެ ދުވަހެއް ހޯދުމަށް އެކި މީހުން ސުވާލު ކުރަމުން އަންނަ ކަމަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 23 ޑިސެމްބަރު 2017 | ހޮނިހިރު 11:53
ޖިއަންލުއީޖީ ބުފޮން - އޭނާ ވަނީ އިޓަލީގެ ގައުމީ ޓީމަށް 175 މެޗު ކުޅެދީފައި

ޖިއަންލުއީޖީ ބުފޮން - އޭނާ ވަނީ އިޓަލީގެ ގައުމީ ޓީމަށް 175 މެޗު ކުޅެދީފައި

އުމުރުން 80 އަހަރުގައި ވެސް ޔުވެންޓަސްއާއި އިޓަލީއަށް ކުޅެން ޖެހިއްޖެނަމަ އެކަމަށް އިޖާބަދޭނެ ކަމަށް އެ ދެ ޓީމުގެ ވެސް އެއް ނަމްބަރު ކީޕަރު ޖިއަންލުއީޖީ ބުފޮން ބުނެފިއެވެ.

ޕްރޮފެޝަނަލް ލެވެލްގައި 22 ސީޒަން ކުޅުމަށް ފަހު ބުފޮން ވަނީ މި ސީޒަނަށް ފަހު ކުޅުން ހުއްޓާލާނެ ކަމުގެ އިޝާރާތެއް ދީފައެވެ. އޭނާ ބުނީ ކުޅުން ހުއްޓާލާނެ ކަމުގެ 99.9 އިންސައްތަ ގެރެންޓީ އެބައޮތް ކަމަށް ބުނެފައެވެ.

ޖަރުމަނުގެ ނޫހަކާއި ވާހަކަ ދައްކަމުން ބުފޮން ބުނީ ކުޅުން ހުއްޓާލާނެ ދުވަހެއް ހޯދުމަށް އެކި މީހުން ސުވާލު ކުރަމުން އަންނަ ކަމަށާއި އެ ސުވާލުތަކަށް ޖަވާބުދޭނެ ގޮތެއް ނޭނގޭ ކަމަށެވެ. ސުވާލަކީ އޭނާ ހުއްޓާލާނެތޯ ނޫން ކަމަށާއި ސުވާލު ވާން ޖެހޭނީ ހުއްޓާލާނީ ކޮން ދުވަހަކުންތޯ ކަމަށް ބުފޮން ބުނެފައިވެއެވެ.

ހަމައެހެންމެ އޭނާ ބުނީ ކްލަބާއި ގައުމަކީ އޭނާ އެންމެ އިސްކަންދޭ ޓީމުތައް ކަމަށާއި ގައުމީ ޓީމާއި ޔުވެންޓަސްއަށް ކުޅޭއިރު އިހްސާސް ވަނީ ސިފައިންގެ މީހަކު ގައުމަށް ހިދުމަތްކުރުމުގެ އިހްސާސް ކަމަށެވެ. ކޮންމެވެސް ދުވަހަކުން ހުރިހާ ކަމެއް ވެސް ނިމުމަކަށް އަންނާނެ ކަމަށާއި އެހެން ނަމަވެސް ޔުވެންޓަސްއާއި އިޓަލީގެ ގޯލު ބަލަހައްޓާނެ ކީޕަރެއް ނެތިއްޖެ ހާލަތެއްގައި ގޮވާލާ ގޮވާލުމަށް 80 އަހަރު ވިޔަސް އިޖާބަ ދޭނެ ކަމަށް ބުފޮން ބުނެފައިވެއެވެ.

ބުފޮން ބުނީ އޭނާ އުއްމީދުކުރީ ޖެހިޖެހިގެން ހަ ވޯލްޑް ކަޕްގައި ކުޅެން ކަމަށާއި އެ ހުވަފެން ހަގީގަތަކަށް ނުވުމުން ވަރަށް ދެރަވާ ކަމަށެވެ. އިޓަލީއަށް ވޯލްޑް ކަޕްގެ ފުރުސަތު ގެއްލުނީ ޕްލޭއޮފްގައި 1-0 ގެ އެގްރިގޭޓް ނަތީޖާއަކުން ސްވިޑެން އަތުން ބަލިވުމާއި ގުޅިގެންނެވެ. އޭނާ ބުނީ މި ނާކިމާޔާބީއާ ކުރިމަތިލާން ޖެހުނު ސްކޮޑުގައި ހިމެނުމުން މީހުންގެ ކުރިމައްޗަށް ނުކުންނަން ލަދުގަތް ކަމަށެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕް ވެގެން ދާނީ 1958 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އިޓަލީއާ ނުލައި ވޯލްޑް ކަޕް ކުޅޭ ފަހަރަށެވެ.

މީގެކުރިން ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ބުފޮން ބުނީ ސްވިޑެން އަތްދަށުވެ ވޯލްޑް ކަޕުން ފުރުސަތު ގެއްލުމާއެކު ރައްޔިތުންގެ ފަރާތުން ލިބެމުން ދިޔަ ސަޕޯޓް އިތުރުވެގެން ދިޔަ ކަމަށެވެ. އޭނާގެ ސަޕޯޓަރުންނަށް އޭނާއަކީ ތެދުވެރިކަމާއެކު މަސައްކަތް ކުރާ މީހެއްކަން ފެނިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އިޓަލީ ގައުމީ ޓީމަށް 20 އަހަރަށް ފަހު ކުޅުން ހުއްޓާލި ކަމަށް ބުނި މިހާރު އުމުރުން 39 އަހަރުގެ ބުފޮން ވަނީ އެޓީމަށް 175 މެޗު ކުޅެދީފައެވެ. އޭނާ ވަނީ އިޓަލީ ޓީމާއެކު 2006 ވަނަ އަހަރު ވޯލްޑްކަޕް ވެސް ކާމިޔާބު ކޮށްފައެވެ.

ޕާމާ އިން 1995 ވަނަ އަހަރު ކެރިޔަރު ފެށި ބުފޮން ޔުވެންޓަސް އަށް ބަދަލުވީ 2001 ވަނަ އަހަރެވެ. އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް 637 މެޗު ކުޅެދީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ ޔުވެންޓަސްއާއެކު 10 ލީގު ތަށި، ހަތަރު ކޮޕާ އިޓަލިއާ، ފަސް އިޓާލިއަން ސުޕާކަޕް ކާމިޔާބު ކޮށްފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
25 ޖެނުއަރީ 2017

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް