Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ކަންބޮޑުވުން

ޖަލުގައި އަނިޔާ އާންމުވެއްޖެ، އެކަން ކުރަނީ ސިސްޓަމެޓިކްކޮށް: އެމްޑީޕީ

19 މާރިޗު 2018 | ހޯމަ 12:42

ފުލުހުންގެ ދެ އޮފިސަރެއްގެ މައްސަލަ އެންއައިސީއަށް ވަނީ ހުށަހަޅާފައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 19 މާރިޗު 2018 | ހޯމަ 12:42
އެޗްއާރްސީއެމުން ނުކުމެވަޑައިގެން، ހަސަން ލަތީފު މީޑިއާއަށް މައުލޫމާތު ދެއްވަނީ

އެޗްއާރްސީއެމުން ނުކުމެވަޑައިގެން، ހަސަން ލަތީފު މީޑިއާއަށް މައުލޫމާތު ދެއްވަނީ

ޖަލުތަކުގައި އަނިޔާ ކުރުމުގެ ސަގާފަތް އަނެއްކާވެސް އާންމުވެއްޖެ ކަމަށާއި އެކަން ކުރަނީ ސިސްޓަމެޓިކްކޮށް ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި މުޒާހަރާތަކުން ހައްޔަރު ކުރާ މީހުންނާއި އެކި ތުހުމަތުތަކުގައި ހައްޔަރުކޮށްފައިވާ މީހުންނާމެދު ފުލުހުން އަމަލު ކުރަނީ އިންސާނިއްޔަތާ ހިލާފަށެވެ. އެކަމުގައި ޝާމިލުވާ ފުލުހުންނާމެދު ފިޔަވަޅު އެޅުމަށް އެމްޑީޕީން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ވެސް މައްސަލަ ހުށަހަޅާފައެވެ.

Advertisement - newsAdvertisement

އެގޮތުން ދޫނިދޫ ރިމާންޑު ސެންޓަރުގެ އިންޖާޖަކަށް ހުންނެވި އަބްދުﷲ އަބްދުއްރަހީމާއި މޯލްޑިވްސް ކަސްޓޯޑިއަލް ސާވިސްގައި އިސްކޮށް ހުންނެވި ނާފިޒުގެ މައްސަލަ އެންއައިސީއަށް އެމްޑީޕީން ވަނީ ހުށަހަޅުއްވާފައެވެ.

ޖަލުތަކުގައި ކުރަމުންދާ އަނިޔާތަކުގެ ޝަކުވާ އެޗްއާރްސީއެމަށް ހުށަހެޅުއްވުމަށް ފަހު، އެ ކޮމިޝަނުން ނުކުމެވަޑައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ދޫނިދޫ ރިމާންޑު ސެންޓަރުގެ އިންޖާޖަކަށް ހުންނެވި އަބްދުﷲ އަބްދުއްރަހީމާއި މޯލްޑިވްސް ކަސްޓޯޑިއަލް ސާވިސްގައި އިސްކޮށް ހުންނެވި ނާފިޒަކީ އިންސާނުންނާ މުއާމަލާތްކޮށްގެން، މަސައްކަތް ކުރާ އެއްވެސް ތަނެއްގައި ބައިތިއްބަން ހެޔޮވާވަރުގެ މީހުން ނޫން ކަމަށެވެ.

"އެމްޑީޕީ ސަރުކާރުގައި އެނގިވަޑައިގަންނަވާނެ، ޖަލުތަކުގައި އަނިޔާ ކުރުމުގެ ސަގާފަތް، ޒަމާންތަކެއް ވަންދެން އޮތް ސަގާފަތް ވާނެ ނައްތާލާފައި. އެހެން ނަމަވެސް އަނެއްކާވެސް އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ އެ ސަގާފަތް އާލާކުރަމުންދާތަން،" ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ މީހުން ބަންދުކޮށްފައިވާ ގޮޅިތަކުން ލިބެނީ ސާފު ފެން ނޫން ކަމަށާއި ފަރުވާ ބޭނުންވާ މީހުންނަށް ދެނީ ކޮން ބޭހެއްކަން ނޭނގޭ ކަމަށެވެ. ހަސަން ލަތީފު ފާހަގަ ކުރެއްވި ގޮތުގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާމެދު ފުލުހުން ވަނީ އިހުމާލުވެފައެވެ.

އޭނާ ވިދާޅުވީ ބަންދުގައި ތިބޭ މީހުންނާމެދު އިހުމާލުވަމުންދާ ފުލުހުންގެ އަމަލުތައް އިސްލާހު ނުކުރާނަމަ، ފިޔަވަޅު އަޅަންޖެހޭނެ ކަމަށާއި މުއައްސަސާތަކުން އެކަން ނުކުރެވޭނަމަ، އެ މުއައްސާތަކުގެ އިސް ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށެވެ. އަނިޔާވެރިވާ ފުލުހުންނާމެދު މުއައްސަސާތަކަށް ފިޔަވަޅު ނާޅާނަމަ، ގުޅިފައިވާ ޕާޓީތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބުމާއެކު އެ ކޮމިޝަންތަކުގެ މެމްބަރުން މަގާމުތަކުން ދުރުކުރާނެ ކަމުގެ އިންޒާރު ވެސް ހަސަން ލަތީފު ވަނީ ދެއްވާފައެވެ.

"އިރާދަ ކުރެއްވިއްޔާ އެބޭފުޅުންނަށް އެކަން ނުކުރެވޭ ކަމުގައި ވަނީވިއްޔާ، އަޅުގަނޑުމެންގެ މެޖޯރިޓީއެއް [މަޖިލީހުގައި] އޮންނައިރެއްގައި އެ ބޭފުޅުންނަކަށް އެތަނުގައި ނުތިއްބެވޭނެ. ރައްޔިތުންނަށް އަނިޔާ ކުރުމުގައި ބައިވެރިވާ ކަމަށް އަޅުގަނޑުމެން ދެކޭނީ، ފިޔަވަޅު ނާޅުއްވާ ކަމުގައި ވާނަމަ،" ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ހަސަން ލަތީފު ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ވިދާޅުވީ ބަންދުކޮށްފައި ތިބި މީހުންނަށް ފުލުހުން އަނިޔާ ކުރަމުންދަނީ ސިސްޓަމެޓިކްކޮށް ކަމަށާއި އެކަން ހުއްޓުވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. ބަންދުކޮށްފައި ތިބޭ މީހުންނާމެދު ފުލުހުން އަމަލު ކުރަނީ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނޫންކަން ފާހަގަ ކުރައްވައި ނިޔާޒު ވިދާޅުވީ ފުލުހުން އަމަލު ކުރަނީ މަތިން އަންނަ އޯޑަރަށް ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ ސިސްޓަމެޓިކްކޮށް ޓޯޗާ ކުރަމުން އެ ދަނީ. އެ މަސައްކަތް މިހާރުން މިހާރަށް ދިވެހި ދައުލަތުން އެބަޖެހޭ ހުއްޓާލަން. އަޅުގަނޑުމެން އެކަމުގައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން. އަޅުގަނޑުމެން މިކަމުގައި ފަހަތަކަށް ނުޖެހޭނަން،" ނިޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ނައިބު މާލީ އަހުމަދު އަބްދުﷲ ވިދާޅުވީ ރައްޔިތުންނަށް ލިބޭ އަނިޔާތަކާ ދެކޮޅަށް ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށާއި މުއައްސަސާތައް ޒިންމާދާރު ކުރުމަށް ކުރަން ޖެހުނު މަސައްކަތްތައް ކުރާނެ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތްތައް ފަސްޖެހުމެއް ނެތި ބާރަށް ކުރިއަށް ގެންދާނެ ކަމަށް ވެސް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

"އެތާ އެތިބަ [ޖަލުތައް ބެލެހެއްޓުމާ ހަވާލުވެ ތިބި] މީހުންނަކީ މާދަމާ އެބޭފުޅުންނާ ގާނޫނު އަރާ ހަމަކުރާނެ ބޭފުޅުން. އެބޭފުޅުން އެދޭ ލާއިންސާނީ އަމަލުތަކުގެ ޒިންމާ އެބޭފުޅުން ނަންގަވަންޖެހޭނެ. މި ދިވެހިރާއްޖޭގެ އެތައް ރައްޔިތުންނަކަށް އެތައް ގޯނާއެއް އެތައް ޖެއްސުމެއްކޮށް، ގޯނާ ކުރުމުގެ ފުރުސަތެއް އެ ބޭފުޅުންނަކަށް ނެތް،" އިހަވަންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް