ޤާނޫނީ ވަކީލު ހިސާން ކްރިމިނަލް ކޯޓަށް ހާޒިރުކުރަނީ
19 މާރިޗު 2018 | ހޯމަ 11:17ހާޒިރުވާން އަންގާފައިވަނީ މިއަދު ހަވީރު 4:30 އަށް

އަޒުމޫން އަހުމަދު | 19 މާރިޗު 2018 | ހޯމަ 11:17

ގާނޫނީ ވަކީލު ހިސާން ހުސައިން
ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ގާނޫނީ ވަކީލު ހިސާން ހުސައިންއަށް އަންގައިފިއެވެ.
މިއަދުގެ ހަވީރު 4:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުވާން ހިސާންއަށް އަންގާފައިވަނީ އެ ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.
އެއީ ކޮން މައްސަލައެއްތޯ ސާފުކުރުމަށް ރާއްޖެއެމްވީއިން ކުރި މަސައްކަތް ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ.
ހިސާން އަކީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލެކެވެ. މީގެ އިތުރުން، ސިޔާސީ އިސް ފަރާތްތަކުގެ މައްޗަށް ހިންގާ ޝަރީއަތްތަކާއި ތަހުގީގުތަކުގައި ހިސާން ގެންދަވަނީ ވަކީލެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ.






