Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިއޮނެލް މެސީ

މިއީ ވޯލްޑް ކަޕް ކާމިޔާބުކުރަން ލިބޭ އެންމެ ފަހު ފުރުސަތު: މެސީ

19 މާރިޗު 2018 | ހޯމަ 10:31

އާޖެންޓީނާގެ ގައުމީ ޓީމު ވަނީ ޖެހިޖެހިގެން ބައިނަލްއަގްވާމީ ބޮޑު ތިން މުބާރާތެއްގެ ފައިނަލްއިން ބަލިވެފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 19 މާރިޗު 2018 | ހޯމަ 10:31
މެސީ އާޖެންޓީނާގެ ގައުމީ ޓީމުގެ ޖާޒީގައި

މެސީ އާޖެންޓީނާގެ ގައުމީ ޓީމުގެ ޖާޒީގައި

މިއަހަރުގެ ޖޫން މަހު ރަޝިއާގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަކީ އެ މުބާރާތް ކާމިޔާބުކުރަން ލިބޭ އެންމެ ފަހު ފުރުސަތުކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.

ބާސެލޯނާއާއެކު ގިނަ ކާމިޔާބުތަކެއް މެސީ ހޯދި ނަމަވެސް ގައުމީ ޓީމާއެކު އޭނާއަށް ކާމިޔާބު ނުހޯދޭތީ ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑު ކިޔަމުންނެވެ. މެސީގެ ކެޕްޓަން ކަމުގެ ދަށުން އާޖެންޓީނާގެ ގައުމީ ޓީމު ވަނީ ޖެހިޖެހިގެން ބައިނަލްއަގްވާމީ ބޮޑު ތިން މުބާރާތެއްގެ ފައިނަލްއިން ބަލިވެފައެވެ. އެގޮތުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްއިން ޖަރުމަނު އަތުން އާޖެންޓީނާ ބަލިވިއިރު 2015 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފައިނަލްއިން އާޖެންޓީނާ ބަލިވީ ޗިލީ އަތުންނެވެ.

އާޖެންޓީނާގެ ޓީވީ ޗެނަލަކާއި ވާހަކަ ދައްކަމުން މެސީ ބުނީ ގައުމީ ޓީމާއެކު ކުޅުނު ފައިނަލްތަކުން ބަލިވުމުން ވަރަށް ގިނަ ފަހަރު ރޮވުނު ކަމަށާއި ގައުމީ ޓީމާއެކު ބައިނަލްއަގްވާމީ މުބާރާތެއް ކާމިޔާބުކުރުމުގެ ހުވަފެން ހަގީގަތަކަށް ހެދިފައިނުވުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. އޭނާ ބުނީ ތިން ފައިނަލްއިން ބަލިވުމަކީ ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމެއް ކަމަށާއި ތިން ފައިނަލްއަށް ދެވުނު ނަމަވެސް ތައްޓެއް އަތުނުޖެހުމަކީ ބޮޑު ލަދެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

އާޖެންޓީނާގެ ގައުމީ ޓީމުގައި ހިމެނޭ މުހިންމު ގިނަ ކުޅުންތެރިންނަކީ މިހާރު އުމުރުން 30 އަހަރަށްވުރެ ދޮށިވެފައިވާ ކުޅުންތެރިންނެވެ. މިއީ އޭގެތެރެއިން ގިނަ ކުޅުންތެރިންގެ އެންމެފަހު ވޯލްޑް ކަޕް ކަމަށް އެ ކުޅުންތެރިން ވަނީ ބުނެފައެވެ. މެސީ ބުނީ އަބަދުވެސް ކުޅެނީ ނަތީޖާ ނެރުމަށް ކަމަށާއި މިފަހަރުގެ މުބާރާތް ކާމިޔާބު ނުކުރެވިއްޖެނަމަ އިތުރު ފުރުސަތެއް ލިބޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. މެސީ ބުނީ އަބަދުވެސް ހުވަފެން ދެކެނީ ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅެ އެ މުބާރާތުގެ ތަށި އުފުލާލަން ކަމަށެވެ. އޭނާ ބުނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ލިބުނު ނަތީޖާއަށްވުރެ އެއް ފިޔަވަޅު އިތުރަށް ކުރިޔަށްޖެހެން ބޭނުންވާ ކަމަށާއި މިފަހަރު ރަޝިއާއަށް ދާނީ ތަށި އުފުލާލުމަށް ކަމަށެވެ.

ރަޝިއާގައި އޮންނަ ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައި ކޮށްދިނުމުގައިވެސް މެސީ ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ. އެގޮތުން އެ ޓީމު ކޮލިފައިންގައި ކުޅުނު އެންމެ މުހިންމު އަދި އެންމެ ފަހު މެޗުގައި އޭނާ ހެޓްރިކެއް ހެދިއެވެ.

އާޖެންޓީނާގެ ގައުމީ ޓީމު ހިމެނިފައި ވަނީ މިއަހަރުގެ މުބާރާތުގައި ގްރޫޕް ޑީގައެވެ. އެ ޓީމުގެ އިތުރުން މި ގްރޫޕްގައި ހިމެނިފައިވަނީ އައިސްލޭންޑާއި ކްރޮއޭޝިއާގެ އިތުރުން ނައިޖީރިއާއެވެ. ދެކުނު އެފްރިކާގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ފައިނަލްގައި ޖަރުމަނު އަތުން ބަލިވި އާޖެންޓީނާއިން ވަނީ 1978 ވަނަ އަހަރާއި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށި އުފުލާލާފައެވެ.

ދެހާސް ފަސްވަނަ އަހަރުން ފެށިގެން އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅެމުން އަންނަ މެސީ ވަނީ އެ ޓީމަށް 123 މެޗު ކުޅެދީ 61 ލަނޑު ޖަހައިދީފައެވެ. އޭނާއަކީ އެ ގައުމުގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށްވާއިރު ގައުމީ ޓީމާއެކު އޭނާއަށް ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބަކީ 2008 ވަނަ އަހަރު ޗައިނާގެ ބެއިޖިންގައި ބޭއްވި އޮލިމްޕިކް ގޭމްސްގެ ރަން މެޑަލް ހޯދުމެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް