Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: ރޮނާލްޑޯގެ ހަތަރު ލަނޑާ އެކު ރެއާލްއަށް ބޮޑު މޮޅެއް

19 މާރިޗު 2018 | ހޯމަ 10:19

ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މޮޅުވީ 6-3 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 19 މާރިޗު 2018 | ހޯމަ 10:19
ކްރިސްޓިއާނޯ ރޮނާލްޑޯ މި މެޗުގައި ހަތަރު ލަނޑު ޖެހި

ކްރިސްޓިއާނޯ ރޮނާލްޑޯ މި މެޗުގައި ހަތަރު ލަނޑު ޖެހި

ސްޕެނިޝް ލަލީގާގައި ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ހަތަރު ލަނޑާ އެކު ރެއާލް މެޑްރިޑް އިން ބޮޑު މޮޅެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މޮޅުވީ 6-3 ގެ ނަތީޖާއަކުންނެވެ. ސީޒަނުގެ ކުރީކޮޅު މި ދެ ޓީމު ޖިރޯނާގެ ދަނޑުގައި ކުޅުނު މެޗު 2-1 އިން ކާމިޔާބުކުރީ ޖިރޯނާއެވެ. އެ މެޗުގެ ހަނދާންތައް ފޮހެލައި ބަދަލުހިފުމަށް ނުކުތް ރެއާލްގެ ޓީމުން ވަނީ ފަސް ބަދަލެއް ފެނިގެން ގޮސްފައެވެ. އެގޮތުން ޒުވާން ކުޅުންތެރިން ކަމަށްވާ ނާޗޯ ފަނާންޑޭޒްއާ ލޫކަސް ވަސްކުއޭޒް އަދި މަޓެއޯ ކޮވަސިޗްގެ އިތުރުން މާކޯ އަސެންސިއޯ ވަނީ އެ ޓީމުގެ ފުރަތަމަ އެގާރައިން ފެނިގެން ގޮސްފައެވެ. ހަމައެހެންމެ ކަރިމް ބެންޒެމާއަށް ވެސް ޒިދާން ވަނީ ފުރުސަތުދީފައެވެ.

ފުރަތަމަ ހާފު ފެށިގެން ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 11 ވަނަ މިނެޓުގައެވެ. ޓޯނީ ކްރޫސް ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ލީޑު ނަގައިދިނީ ރޮނާލްޑޯއެވެ. މި ލަނޑަށްފަހު ޖިރޯނާއިން ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 29 ވަނަ މިނެޓުގައި ކްރިސްޓިއަން ސްޓުއާނީ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި ހާފުގައި ދެ ޓީމަށް ވެސް ނަތީޖާ ބަދަލުކުރުމަށް އިތުރު ފުރުސަތުތައް ލިބިގެންދިޔައިރު އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއްނުވެއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ވަނީ ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގެ 47 ވަނަ މިނެޓުގައި ރޮނާލްޑޯ ރެއާލްއަށް އަލުން އަނބުރާ ލީޑު ނަގައިދިންއިރު 59 ވަނަ މިނެޓުގައި ލޫކަސް ވަސްކުއޭޒް ވަނީ ރެއާލްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. ރޮނާލްޑޯ ވަނީ މެޗުގެ 64 ވަނަ މިނެޓުގައި ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އެހެން ނަމަވެސް ސްޓުއާނީ ވަނީ މެޗުގެ 67 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ޖިރޯނާއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

ރެއާލްގެ ފަސްވަނަ ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ގެރެތު ބޭލް ޖަހައިދިންއިރު 88 ވަނަ މިނެޓުގައި ޖުއާންޕޭ ވަނީ ލަނޑެއް ޖަހާ އަނެއްކާ ވެސް ޖިރޯނާއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ރޮނާލްޑޯގެ ހަތަރު ވަނަ ލަނޑު އޭނާ ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ.

މި މެޗުގައި ރޮނާލްޑޯ ޖެހި ހަތަރު ލަނޑާއެކު އޭނާ ވަނީ މިއަހަރުގެ ތެރޭގައި 18 ލަނޑު ޖަހާފައެވެ. މި އަދަދާއި އެއްވަރަކަށް ޔޫރަޕުގެ ގަދަ ފަސް ލީގުގައި ކުޅޭ އެހެން އެއްވެސް ކުޅުންތެރިޔަކަށް ލަނޑު ޖެހިފައެއްނުވެއެވެ. ހަމައެހެންމެ މިއީ ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 50 ވަނަ ހެޓްރިކެވެ.

ސްޕެނިޝް ލަލީގާގައި ކުޅުނު 29 މެޗުން ލިބުނު 60 ޕޮއިންޓާއެކު ރެއާލް މެޑްރިޑަށް ތިންވަނަ ލިބޭއިރު ޖިރޯނާ އޮތީ 43 ޕޮއިންޓާއެކު ހަތްވަނައިގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް