Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: ބާސާގެ ލީޑް 11 ޕޮއިންޓަށް ފުޅާކޮށްފި

19 މާރިޗު 2018 | ހޯމަ 07:25

ބިލްބާއޯ އަތުން ބާސާ މޮޅުވީ 2-0 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 19 މާރިޗު 2018 | ހޯމަ 07:25
ބާސާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ބާސާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ސްޕެނިޝް ލަލީގާގެ އެންމެ ކުރީގައި ބާސެލޯނާއަށް ލިބިފައިވާ ލީޑް އެ ޓީމުން 11 ޕޮއިންޓަށް ފުޅާކޮށްފިއެވެ.

ބާސާގެ ލީޑް އެ ޓީމުން އިތުރަށް ފުޅާކުރީ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން އެތުލެޓިކް ބިލްބާއޯ ބަލިކޮށްގެންނެވެ. ބިލްބާއޯ އިން މި މެޗާ ކުރިމަތިލިއިރު މި އަހަރުގެ މިހާތަނަށް ރަށުން ބޭރުގައި ކުޅުނު އެއްވެސް މެޗަކުން އެ ޓީމު މޮޅުވެފައެއް ނުވެއެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް މި މެޗުގައި ފެނިގެން ގޮސްފައެއް ނުވެއެވެ. އޭނާއަށް މި މެޗުގައި ކުޅެވިފައި ނުވަނީ ފަސް ރީނދޫ ކާޑު ހަމަވެ ސަސްޕެންޑުވުމާ ގުޅިގެންނެވެ.

ފުރަތަމަ ހާފު ފެށިގެން ބާސާ އިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗުގެ އަށް ވަނަ މިނެޓުގައެވެ. ޖޯޑީ އަލްބާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސުއަރޭޒްގެ ބަދަލުގައި މި މެޗުގައި ކުޅުނު ފޯވާޑް ޕަކޯ އަލްކޭސާއެވެ. މި ލަނޑަށް ފަހު ވެސް ބާސާ އިން ވަނީ ފުލުފުލުގައި ހަމަލާ އުފައްދާފައެވެ. އެގޮތުން ފިލިޕޭ ކުޓީނިއޯ ފޮނުވާލި ހަމަލާއެއް ބިލްބާއޯގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައިވެއެވެ. ބާސާގެ ދެވަނަ ލަނޑު ޑެމްބެލޭގެ އެހީތެރިކަމާ އެކު މެޗުގެ 30 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ މެސީއެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ބާސާއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެހެން ނަމަވެސް މި ހާފުގައި ބިލްބާއޯގެ ކުޅުންތެރިން ވެސް ވަނީ ބާސާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަދުރިޒްއަށް ވަނީ ނަތީޖާގެ ފަރަގު ކުޑަކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗުން މޮޅުވުމާ އެކު ބާސާއިން ވަނީ މިހާތަނަށް ބަލިނުވެ 36 މެޗު ހަމަކޮށްފައެވެ. މި ސީޒަނުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައިނުވާއިރު ޔޫރަޕުގެ ގަދަ ފަސް ލީގުގައި އެ ޓީމުގެ ރެކޯޑާ ގާތްކުރާ ޓީމެއް ވެސް ނެތެވެ.

ކުޅުނު 29 މެޗުން ލިބުނު 75 ޕޮއިންޓާ އެކު ބާސާ އޮތްއިރު ބިލްބާއޯ އޮތީ 35 ޕޮއިންޓާ އެކު 13 ވަނައިގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

20 މާރިޗު 2017

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

20 މާރިޗު 2017
ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި
13 މާރިޗު 2017

ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް

13 މާރިޗު 2017
ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް
05 މާރިޗު 2017

ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި

05 މާރިޗު 2017
ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި
02 މާރިޗު 2017

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017
ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް
23 ފެބުރުއަރީ 2017

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް
19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް