Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީ

ތިން ނޫސްވެރިން ހައްޔަރުކުރީ ދޮގު ތުހްމަތެއްގައި، ސްޓޭޝަންގެ އަގު ވައްޓާލައި ތަން ބަންދުކުރުމުގެ ނުބައި ނިޔަތުގައި: ރާއްޖެޓީވީ

17 މާރިޗު 2018 | ހޮނިހިރު 08:01

ނޫސްވެރިން ހައްޔަރުކުރީ ވެރިކަންކުރާ ޕާޓީން ރާއްޖެ ޓީވީ ބަންދުކުރުމަށް ތަކުރާރުކޮށް އިންޒާރު ދެމުން ގޮސް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 17 މާރިޗު 2018 | ހޮނިހިރު 08:01
ރާއްޖެ ޓީވީ ކައިރީގައި ފުލުހުން ފޯރިމަރަނީ

ރާއްޖެ ޓީވީ ކައިރީގައި ފުލުހުން ފޯރިމަރަނީ

ރާއްޖެޓީވީގެ ތިން ނޫސްވެރިން ހައްޔަރުކުރީ ދޮގު ތުހްމަތެއްގައި، ސްޓޭޝަންގެ އަގު ވައްޓާލައި ތަން ބަންދުކުރުމުގެ ނުބައި ނިޔަތުގައި ކަމަށް ރާއްޖެޓީވީން ބުނެފިއެވެ.

ރާއްޖެޓީވީން ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނުގައި, ފުލުހުންގެ ޔުނިފޯމުގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރު ދޭ ވީޑިއޯއެއް އުފައްދައި ސޯޝަލް މީޑިއާއަށް އަޕްލޯޑްކުރި ތުހްމަތުގައި ރާއްޖެ ޓީވީގެ ދެ ނޫސްވެރިޔަކު ހައްޔަރުކުރުމާއި، ރާއްޖެ ޓީވީއަކީ ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދޭ ސްޓޭޝަނެއް ކަމަށް ވެރިކަންކުރާ ޕާޓީ ޕީޕީއެމް އިން ބުނެފައި ވާތީ އިންތިހާއަށް ކަންބޮޑުވާކަން ވަނީ ހަމަކޮށްފައެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީން ބުނީ، މިފަދަ ތުހުމަތެއްގައި ރާއްޖެ ޓީވީގެ ދެ ނޫސްވެރިޔަކު ހައްޔަރުކުރީ ވެސް، އަދި ވެރިކަންކުރާ ޕާޓީން ރާއްޖެ ޓީވީ ބަދުނާމުގެ ކުރުމުގެ ވާހަކަ ވެސް ދައްކަމުން ދަނީ، ސްޓޭޝަންގެ އަގު ވައްޓާލުމަށާއި ސްޓޭޝަން ބަންދުކުރުމުގެ ނުބައި ނިޔަތް އޮވެގެން ކަމަށެވެ.

އިންޒާރުގެ ވީޑިއޯގެ މައްސަލައިގައި ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް ހައްޔަރުކޮށްފައި ވާއިރު، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ، ނޫސްވެރިޔާ މުހައްމަދު ފަޒީން ހައްޔަރުކުރީ މާޗް 16، 2018 ވަނަ ދުވަހުގެ ރެއެވެ.

މި ތިން ނޫސްވެރިންގެ މައްޗަށް ކުރަނީ އެއްވެސް އަސްލެއް ނެތް ދޮގު ތުހްމަތުތަކެއް ކަމަށް ރާއްޖެޓީވީން ބުނެއެވެ. ސްޓޭޝަނަކީ ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ހިންގާނެ ސްޓޭޝަނެއް ނޫން ކަމަށާއި، ޓެރަރިޒަމްގެ އަމަލަކަށް އެއްވެސް މިިންވަރެއްގެ ހިތްވަރެއް ދޭނެ ސްޓޭޝަނެއް ނޫން ކަމަށް ރާއްޖެޓީވީން ބުންޏެވެ.

ވީޑިއޯގެ މައްސަލައިގައި ވިސާމާއި އާމިރު ހައްޔަރުކުރީ، ހުކުރު ދުވަހުގެ މެންދުރު ފަހު ބޭއްވި ޕީޕީއެމްގެ ޕްރެސް ކޮންފަރެންސެއްގައި އެ ތުހްމަތުކޮށްފައި ވަނިކޮށެވެ. އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް، ރާއްޖެ ޓީވީގެ ނޫސްވެރިން ހައްޔަރުކުރީ އަދި ރާއްޖެ ޓީވީ ބަދުނާމުކޮށް ބައެއް މީހުން ވާހަކަ ދައްކަމުން ދަނީ، ސްޓޭޝަންގެ މަގުބޫލްކަމާ މެދު، އަދި ރައްޔިތުންގެ އޮންނަ ލޯބި ފެނި ހަސަދަވެރިވެ، ސްޓޭޝަން ބަންދުކުރަން ތަކުރާރުކޮށް މަސައްކަތްކުރާ ބައެއްގެ ރޭވުމުން ކަމަށް ގަބޫލުކުރާ ކަމަށް ސްޓޭޝަނުން ވަނީ ބުނެފައެވެ.

"މީގެ ކުރިން ވެސް ރާއްޖެ ޓީވީއަށް ގެއްލުން ދިނުމުގެ ގޮތުން ނޫސްވެރިން ހައްޔަރުކޮށް، ބޭއިންސާފުން ޖޫރިމަނާކޮށް، ތަނަށް ބޮޑެތި ގެއްލުންތައް ދީފައިވާއިރު، މި ފަހަރު ވެސް ނޫސްވެރިން ހައްޔަރު މިކުރީ ރާއްޖެ ޓީވީގެ ޓީމަށް ބިރު ދައްކައި، މަސައްކަތް ހީނަރު ކުރުމުގެ ބޭނުމުގަ އެވެ،" މި ބަޔާނުގައިވެއެވެ.

ރާއްޖެޓީވީ އަނެއްކާ ވެސް ބަންދުކުރުމަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ، ހުކުރު ދުވަހުގެ ރޭ މެންދަމު ގޮވާލައްވާތީ، އެކަން ވެސް ރާއްޖެޓީވީން ވަނީ ކުށްވެރިކޮށްފައެެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ގާނޫނު އަސާސީން ވެސް ކަށަވަރުކޮށްދީފައިވާއިރު، މިފަދަ އިންޒާރުތައް ދިނުމާއި ބިރު ދެއްކުން ހުއްޓާލުމަށް ވެސް ވަނީ ގޮވާލާފައެވެ.

ރާއްޖެޓީވީން ބުނީ، ހިތަށް އެރި ކޮންމެ ވާހަކައެއް ދެއްކޭނެ ކަމަށް ގަބޫލުކުރާ ބަޔަކު ސްޓޭޝަންގެ އަގު ވައްޓާލަން ވާހަކަ ދައްކައި، ސްޓޭޝަން ބަންދުކުރަން ގޮވާލާފައިވާ މައްސަލަ އާއި، ހަގީގަތެއް ބެލުމެއް ނެތި ބައެއް މީޑިއާތަކުން ރާއްޖެ ޓީވީ ބަދުނާމުވާ ގޮތަށް، ނޫސްވެރިިކަމުގެ ހަމައާއި އުސޫލާ ހިލާފަށް ވިޔަފާރިއަށް ގެއްލުންވާ ގޮތަށް ވާހަކަތައް ގެނެސްދީފައިވާ މައްސަލަ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅުމުގެ ހައްޤު އެސްޓޭޝަނަށް ލިބިގެންވާ ކަމަށެވެ. އަދި އެއްވެސް އަސްލެއް ނެތް ތުހްމަތެއްގައި ހައްޔަރުކޮށްފައިވާ ސްޓޭޝަންގެ ތިން ނޫސްވެރިން ވަގުތުން ވަގުތަށް މިިނިވަންކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރާއްޖެޓީވީން ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް