Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނޭނގުމެއްގެ ތެރޭގައި

މުޅި ދައުލަތް ނޭނގުމެއްގެ ތެރޭގައި

އެމްއެމްޕީއަރްސީގެ ކޮރަޕްޝަން މައްސަލަ ހިނގާދިއައީ ކިހިނެއް؟

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 16 މާރިޗު 2018 | ހުކުރު 13:25
ޖުމްހޫރީ ދުވަހައާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއެކު ދައުލަތުގެ ބައެއް އެހެން ވަޒީރުން - ރާއްޖެއެމްވީ

ޖުމްހޫރީ ދުވަހައާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއެކު ދައުލަތުގެ ބައެއް އެހެން ވަޒީރުން - ރާއްޖެއެމްވީ

އެނގި ހުރެ ވެސް،” ނޭނގެއޭ" ބުނެ އުޅެނީ ސަލާމަތް ވާށެވެ. ކަމުން ރެކެން އެންމެ ގިނައިން ބުނެ އުޅޭ ބަހަކީ އެ ބަހެވެ. ކަންނެތް މީހުންގެ އަނގަމަތީ ބަހަކީ ވެސް އެއީއެވެ. ޒިންމާދާރުކަން ކުޑަ ޖަވާބު ލިބިގެން ގޮސްފައި ވަނީ މި ސަރުކާރުގައޭ ބުނާ މީހުން ވެސް މަދެއް ނޫނެއެވެ. ސަބަބުތައް ބައިވަރެވެ. މިކަހަލަ ދެތިން މައްސަލަ އަށް ބަލާލައިފިނަމަ ހަމަ ގައިމުވެސް އެތައް ބަޔަކަށް މިކަންތައްތައް ފަހުމްވެގެން ދާނެއެވެ. ނޫސްވެރިޔާ ރިޟްވާން ކޮބައިތޯ؟ ނޭނގެއެވެ. އެމްއެމްޕީއަރްސީގެ ކޮރަޕްޝަން މައްސަލަ ހިނގާދިއައީ ކިހިނެއް؟ ނޭނގެއެވެ. ޑރ އަފްރާޝީމްގެ މަރުގެ ތަހުގީގަށް ވީ ކިހިނެއްތޯ؟ ނޭނގެއެވެ. 800 މިލިއަން ޑޮލަރުގެ މައްސަލަ އަށް ވީ ކިހިނެއް؟ ނޭނގެއެވެ. މީޑިއާ ސްޓޭޝަނަކަށް މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށްވާ ރާއްޖެޓީވީ ރޯކޮށްލާ އަނދައި އަޅިއަށް ހަދާލި މައްސަލައިގެ ފަހަތުގައި ތިބީ ކޮން ބައެއް ހެއްޔެވެ؟ ނޭނގެއެވެ. މިހެން ގޮސް އެތައް ކަމެއް މިވަނީ ނޭނގުމެއްގެ ތެރޭގަ އެވެ. ގައުމުގެ ކަންކަން ހިނގާ ނުހިނގާ ގޮތް ބެލުމަށް ހަވާލުކޮށްފައިވާ ހާކިމާއަށް މި ފަދަ ބޮޑެތި ކަންތައްތަކުގައި ޖަވާބުދާރީއެއް ނުވެ އެވެ.

ނޫސްވެރިޔާ ރިޟްވާން ގެއްލުނުތާ ހަތަރު އަހަރު ފުރޭއިރު، އެކަމަށް އެމަނިކުފާނު ޖަވާބުދާރީވީ ގޮތް އަދި ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ފަހުން ހިނގި އެއްވެސް ޖަރީމާއެއް އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވައެވެ. ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ކޮރަޕްޝަން ހިނގައިގެން ދިއަ އިރު އެމަނިކުފާނަށް އެކަންވެސް އެނގިވަޑައިނުގެން އެންމެ މީހެއްގެ ހިސާބުން އެކަން ނިމިއްޖެއެވެ. ހައިރާނެއް ނުވާނެތޯ؟ ރައްޔިތުން އެމަނިކުފާނު ވެރިކަމަށް ގެންނެވީ ނޭނގުމެއްގެ ތެރޭގައި މުޅި ދައުލަތް ފުނޑާލާކަށް ނޫނެވެ.

ގައުމުގެ ކަންކަން ނިޒާމުން ބޭރުވެ ދައުލަތް ފުނޑާލަނީ ކަމަށް ބުނެ އިސްލާހުގެ މަގަށް ރުޖޫއަކުރުމަށް މީގެ 6 އަހަރު ކުރިން ފެނުނު މަންޒަރާ ދެއްކި ވާހަކަތައް މިހާރު ވަނީ ހަނދާނުން ކައްސާލާފައެވެ. ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ ބާރަކީ ޤާނޫނު އަސާސީއޭ ވިދާޅުވީ އެ މަނިކުފާނެ އެވެ. މިއީ 2012 ވަނަ އަހަރު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށް ދެއްކެވި ވާހަކަ އެވެ. ފަހަރުގައި މިވާހަކަތަކަކީ މިހާރު އެމަނިކުފާނު އެހާ ގަޔާވާ ވާހަކަތަކަކަށް ނުވެދާނެއެވެ. އަދުލު އިންސާފު ބާރަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ ވާހަކަ ރައީސް ޔާމީން އޭރު ދެއްވި އެވެ. ވަލިއްޔުލް އަމުރަށް ވިޔަސް، އަދުލު އިންސާފު ހިންގާ ފަރާތަކަށް އެއްވެސް އަމުރެއް ނުކުރެވޭނެކަން ޚުދު އެމަނިކުފާނުވެސް ގަބޫލުކުރައްވައެވެ. ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ތިން ބާރު ވަކިކޮށްފަ އޮންނަ އޮތުމޭ މި ބުނާ ވާހަކައަކީ އަދުލް އިންސާފު ހިންގުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރު ވަކިކޮށްފައިވާ ވާހަކައެވެ.

ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ ބާރަކީ ފުލުހުންނާއި ސިފައިންނެއް ނޫން ކަމަށް އެ މަނިކުފާނު ކުރިން ވިދާޅުވިޔަސް، މިހާރު އެ މަނިކުފާނު ތަރުޖަމާ ތަފާތުވީ ކަމަށް ވެދާނެ އެވެ. ފުލުހުން އަމަލުކުރަންޖެހޭނީ ގާނޫނު އަސާސީއާ ކޯޓް އަމުރާ އެއްގޮތަށް ކަމަށް އޭރު ވިދާޅުވިޔަސް، މިހާރު ދެކެވަޑައިގަންނަވާ ގޮތް މުޅިން ތަފާތެވެ. ކޯޓުން އަމުރެއް ނެރުނަސް އެއީ ސައްހަ އަމުރެއްތޯ ފުލުހުން ބަލަންޖެހެ އެވެ.

މި ދަރަޖައަށް ދައުލަތް ހަރާބުކޮށްލުމުން، މނިވަން ފަނޑިޔާރުގެއެއް، ފުރިހަމަ ގާނޫނު ހަދާ މަޖިލީހެއް ނެތެވެ. ރައްޔިތުންގެ މަޖިލީހުގެ ބަދަލުގައި މިހާރު އެއީ ރައީސް ޔާމީންގެ މަޖިލީހެވެ. އެމަނިކުފާނު ބޭނުންވާހާ ގޮތަކަށް ރަބަރު ސްޓޭމްޕް ޖެހުމަށް އެމަނިކުފާނުގެ މެންބަރުން އެ ތިއްބެވީ ފޫގަޅައިގެންނެވެ. އެއީ ކޮންމެ ގޮތަކަށް ކޮންމެ ނަތީޖާއެއް ނުކުމެދާނެފަދަ ބިލެއް މަޖިލީހަށް ވެއްދިނަމަވެސް، އެ ބިލް އެ އޮތްގޮތަކަށް ފާސްކުރަން ވެސް ރައީސް ޔާމީންގެ މެންބަރުން ތިއްބަވަނީ ކެތްމަދުވެފަ އެވެ. ގާނޫނުތައް ހެޔޮވަރު އެކޮށްލަނީ ހަމަ އެންމެ ބޭފުޅެއްގެ ވެރިކަން ދިފާއުކުރުމަށްޓަކައެވެ. ގާނޫނު ތަންފީޒު ކުރުމުގެ ބާރެއް މި ސަރުކާރުގައި ހަމަ އެއްގޮތަކަށްވެސް ނެތޭ ބުނުމުން ކުށަކަށް ނުވާނެއެވެ. މިއީ ތިޔަ ބޭފުޅާގެ ވެސް އަދި އަޅުގަނޑުގެވެސް ގައުމެވެ. މިހުރިހާ ކަމެއް ދެނެވަޑައިގެން ހުންނަވައި "މަށެ ނޫން"، ނުވަތަ "ނޭނގެއޭ" ބުނެ ވާނެ ގޮތެއް ވުމަށް ދޫކޮށްލަނީ ހެއްޔެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު