Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުން

މުޒާހަރާއަށް ފުރުސަތެއް ނުދޭނަން، ބައިވެރި ނުވުން އެދެން: ޕޮލިސް

15 މާރިޗު 2018 | ބުރާސްފަތި 15:54

ޚަރަދުކުރާ ފަރާތްތައް ހޯދާ އެމީހުންނަށް އަޅަންޖެހޭ ފިޔަވަޅު އަޅާނަން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 15 މާރިޗު 2018 | ބުރާސްފަތި 15:54
ޝިފާން ބަޔާން އިއްވަނީ

ޝިފާން ބަޔާން އިއްވަނީ

އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު މުޒާހަރާއަށް ފުރުސަތެއް ނުދޭނެ ކަމަށާއި ރައްޔިތުން އެމުޒާހަރާގައި ބައިވެރި ނުވުމަށް އަނެއްކާ ވެސް ފުލުހުން ގޮވާލައިފިއެވެ.

އިސްކަންދަރު ކޮއްޓަށް ނޫސްވެރިން ގެންގޮސްގެން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ސަރުކާރު ނިމުމަކަށް ގެނެސް ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް 14 ވަނަ ދުވަހުގެ ރޭ ވެސް ޢާއްމުންނަށާއި ވިޔަފާރިވެރިންނަށް އަދި ދަތުރުފަތުރު ކުރާ ފަރާތްތަކަށް ދަތިވާ ގޮތަށް އިދިކޮޅު ފަރާތްތަކުން ހިންގި އަމަލުތަކުގެ ސަބަބުން ފުލުހުންނަށް ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޝިފާން ވިދާޅުވީ ފުލުހުންނަށް ހަމަލާ ދިނުމަށްޓަކައި 150 މިރުސްފެން ޕެކެޓް ތައްޔާރުކޮށް ގެންގުޅެނިކޮށް އަތުލައިގެންފައިވާ ކަމަށެވެ.

ޝިފާން ވިދާޅުވީ 16 ވަނަ ދުވަހު ވެސް ސަރުކާރު ހުއްޓުވާ ސަރުކާރު ވައްޓާލުމަށް ރާވާ ހިންގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ސޯޝަލް މީޑިޔާ އާއި އެހެނިހެން ކަންކަން ބޭނުންކޮށްގެން މީހުން އެއްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެފަދަ ކަންކަން ރާވައި ހިންގާ ފަރާތްތަކާއި އެކަމަށް ޚަރަދުކުރާ ފަރާތްތައް ހޯދައި އެމީހުންނަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމުގެ ފުރުސަތެއް ދިވެހި ފުލުހުންނެއް ނުދޭނަން." ޝިފާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން ކުރާ މަސައްކަތާ އެކު ފުލުހުންގެ ތެރޭގައި ބައިބައިވުން އުފައްދަން ވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށާއި ފުލުހުންގެ ނަމުގައި، ސަރުކާރަށް އިންޒާރުދީ ވީޑިއޯތަކާއި ތަފާތު ވާހަކަތައް ފެތުރި ނަމަވެސް ފުލުހުންނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އަދި އެފަދަ އެއްވެސް ދަންތޫރައެއްގައި ފުލުހުން މިއަދަކު ނުޖެހޭނެ ކަމަށާއި ފުލުހުންގެ ސަފުތައް އެއަށް ވުރެން މާ ބަދަހި ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

"ތަފާތު ވީޑިއޯތަކާއި ތަފާތު ވާހަކަތައް ހަދައިގެން މިދައްކާ ދެއްކުމަކީ ހަމަގައިމު ވެސް އެއްވެސް އޮއްޓަރެއް ހުރިކަމެއް ނޫން. ދިވެހި ފުލުހުންގެ ސަފުތަކަކީ މިއަދު އެއަށް ވުރެ ބަދަހި ސަފުތަކެއް" ޝިފާން ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުން 16 ވަނަ ދުވަހު ބޮޑު އެއްވުމެއް ބާއްވަން ނިންމާފައި ވާކަމަށް ބުނުމާ އެކު ފުލުހުން މިގޮތަށް ފާޅުގައި އިންޒާރުދިން މިއީ ދެވަނަ ފަހަރެވެ. ފުލުހުން މިގޮތަށް އިންޒާރުދެމުންދާއިރު ފުލުހުންނަށް ޣައިރު ޤާނޫނީ އަމުރު ކުރާ ކަމަށާއި އެގޮތައް އެކަން ހުއްޓާނުލައި ކުރިއަށް ގެންދާ ނަމަ ނުތިބޭނެ ކަމަށް ފުލުހުންގެ ޔުނީފޯމެއް ލައިގެން ތިބި ބަޔަކު ވަނީ އިންޒާރު ދީފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
07 ފެބުރުއަރީ 2017

ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް

07 ފެބުރުއަރީ 2017
ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް
06 ފެބުރުއަރީ 2017

އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ

06 ފެބުރުއަރީ 2017
އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް