Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްއަށް ޗެނަލް13 ގެ ނިއުސްހެޑް އަމްޖަދު އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފި

14 މާރިޗު 2018 | ބުދަ 11:54

އެމައްސަލަ މަޖިލީހަށް ހުށަހެޅީ މިއަދު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 މާރިޗު 2018 | ބުދަ 11:54
ޗެނަލް13 ގެ ނިއުސްހެޑްގެ މަގާމުގައި ހުންނެވި އަމްޖަދު ވަހީދު

ޗެނަލް13 ގެ ނިއުސްހެޑްގެ މަގާމުގައި ހުންނެވި އަމްޖަދު ވަހީދު

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގައި ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް އައްޔަން ކުރުމަށްޓަކައި ސަރުކާރު ޕްރޮމޯޓްކުރާ ޗެނަލް 13ގެ ނޫސްވެރިޔާ އަމްޖަދު ވަހީދަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް ފާސްކޮށްފިއެވެ.

އަމްޖަދު އައްޔަން ކުރުމަށް ފެންނަ ކަމަށް މަޖިލީހުން ބުދަ ދުވަހު ހަވީރު 14:30 ގައި ބޭއްވި ޖަލްސާގައި ފާސްކޮށްފައި ވަނީ 36 މެމްބަރުންގެ އިއްތިފާގުންނެވެ. މި ވޯޓުގައި ޕީޕީއެމްގެ ހަތަރު މެންބަރަކު ބައިވެރިވަޑައެއް ނުގަންނަވައެވެ. އަމްޖަދަށް ރުހުން ދިނުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ރުހުން ދިނުމަށް ފާސްކޮށްފައި ވަނީ 76.6 މާސްކް ދެއްވައިގެންނެވެ. ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ފުރުސަތު ހުޅުވާލީ އެކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު އަސްލަމްގެ ފަސް އަހަރުގެ ދައުރު މިމަހުގެ 13 އަށް ހަމަވެފައިވާތީއެވެ. ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޔާމީން މަޖިލީހަށް ފޮނުއްވި ފަސް ނަމުގެ ތެރޭގައި އަމްޖަދުގެ އިތުރުން ބްރޯޑްކޮމްގެ މެމްބަރު ކަމުގެ ދައުރު ހަމަވެފައިވާ އަސްލަމްގެ ނަން ވެސް ހިމެނެއެވެ. ދެން ހިމެނެނީ، ހ. ޕްރިޓީވިލާ މުހައްމަދު ޝަމީމްއާއި، ރ. އިނގުރައިދޫ ކީސްވިލާ މުހައްމަދު ސައުޒަމްގެ އިތުރުން ނ.މަނަދޫ، އޮޓާގޯ މަޖުދު ރަޝީދުގެ ނަމެވެ.

Advertisement - newsAdvertisement

ބްރޯޑްކޮމްގައި ތިއްބަވަނީ ހަތް މެމްބަރުންނެވެ. މެމްބަރުކަމުގެ ދައުރު ހަމަވެގެން ވަކިވެފައިވާ އެކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަސްލަމް ފިޔަވާ ދެން އެކޮމިޝަންގައި ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި، ކޮމިޝަންގެ މެންބަރުން ކަމަށްވާ ޒީނާ ޒާހިރާއި ހަސަން ނަބާހު އާއި ސަރާހަތު އިއްޒަތާއި ފާތިމަތު ޒައިނާގެ އިތުރުން އިސްމާއިލް ޞަފްވާންއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަކީ ގާނޫނަކުން އުފެދިފައިވާ މިނިވަން މުސްތަގިއްލު ކޮމިޝަނެކެވެ. އެ ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ ބްރޯޑްކާސްޓަރުން ރެގިއުލޭޓްކޮށް ބްރޯޑްކާސްޓަރުންގެ ތަަރައްގީއަށް މަސައްކަތް ކުރުމެވެ.

ނަމަވެސް ރައީސް ޔާމީންގެ މިސަރުކާރުގައި އެކޮމިޝަން ވެފައި ވަނީ ރައްޔިތުންގެ އެންމެ ބޮޑު ފާޑުކިޔުން އަމާޒުވި އެއް ކޮމިޝަނެވެ. ބްރޯޑްކޮމްއަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ އެ ކޮމިޝަނުން ކުރާ ހަމައެކަނި މަސައްކަތަކީ މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް އިނދަޖައްސާލުން ކަމަށެވެ.

ބްރޯޑްކޮމް އިން ވަނީ ރާއްޖޭގެ ރައްޔިތުންގެ އެންމެ މަގްބޫލް ޓީވީ ޗެނަލް ރާއްޖެޓީވީ ތިން ފަހަރެއްގެ މަތިން 1.7 ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ. އޭގެ އިތުރުން ދާދި ފަހުން ވީޓީވީ އާއި ވީއެފްއެމް ޖުމްލަ 400،000ރ. އިން ޖޫރިމަނާކޮށްފައި ވެއެވެ.

ބްރޯޑްކޮމްގެ ބައެއް މެމްބަރުންނަކީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީގެ އޮފީހުގައި މީގެ ކުރިން މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. އަދި ކޮމިޝަންގެ މެމްބަރު ކަމުގައި ވެސް ރައީސް ޔާމީންގެ އިވެންޓެއްގައި، އެ އިވެންޓްގެ އިންތިޒާމުގެ ކަންކަމުގައި އެ ކޮމިޝަނުގެ މެމްބަރެއް ހަރަކާތްތެރިވެފައިވާ މަންޒަރު ޓީވީތަކުން ފެނިގެން ގޮސްފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

09 ޖޫން 2017

އެލްޖީއޭގެ ބޯޑަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވި ނަންތަކަށް ކޮމެޓީން ރުހުން ދީފި

09 ޖޫން 2017
އެލްޖީއޭގެ ބޯޑަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވި ނަންތަކަށް ކޮމެޓީން ރުހުން ދީފި
09 ޖޫން 2017

ތައިލެންޑްގެ ސަފީރު ކަމަށް ކާނަލް ނަޝީދު އައްޔަންކުރުމަށް ކޮމެޓީން ރުހުން ދީފި

09 ޖޫން 2017
ތައިލެންޑްގެ ސަފީރު ކަމަށް ކާނަލް ނަޝީދު އައްޔަންކުރުމަށް ކޮމެޓީން ރުހުން ދީފި
05 ޖޫން 2017

އެލްޖީއޭ ބޯޑަށް މެމްބަރުން އައްޔަން ކުރެއްވުމަށް ތިން ނަމެއް މަޖިލީހަށް ހުށަހަޅައިފި

05 ޖޫން 2017
އެލްޖީއޭ ބޯޑަށް މެމްބަރުން އައްޔަން ކުރެއްވުމަށް ތިން ނަމެއް މަޖިލީހަށް ހުށަހަޅައިފި
23 މެއި 2017

ޓްރޭޑް ޔޫނިއަނުން ދެ ނައިބު ރައީސުންނާއި، މަޖިލިސް ރެޕެއް އައްޔަންކޮށްފި

23 މެއި 2017
ޓްރޭޑް ޔޫނިއަނުން ދެ ނައިބު ރައީސުންނާއި، މަޖިލިސް ރެޕެއް އައްޔަންކޮށްފި
17 މެއި 2017

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރަކަށް ފައިސަލް އައްޔަން ކުރައްވައިފި

17 މެއި 2017
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރަކަށް ފައިސަލް އައްޔަން ކުރައްވައިފި
27 އެޕްރީލު 2017

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި

27 އެޕްރީލު 2017
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި
19 މާރިޗު 2017

ފުލުހުންގެ އިންޓެލިޖެންސް ވެރިއެއް އައްޔަން ނުކުރާތާ ދޮޅު އަހަރު!

19 މާރިޗު 2017
ފުލުހުންގެ އިންޓެލިޖެންސް ވެރިއެއް އައްޔަން ނުކުރާތާ ދޮޅު އަހަރު!
02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް