Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވަގު ކެޔޮޅު

ވަގު ކެޔޮޅު

ކެޔޮޅުމީހާ ބޭނުން ގޮތަށް ހުރިހާ ކަމެއް ފުރިހަމަ ކޮށްދިނިން

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 13 މާރިޗު 2018 | އަންގާރަ 18:08
މަސް ދޯންޏެއް

މަސް ދޯންޏެއް

އަޅުގަނޑަކީ މުއްސަނދި މީހަކީމެއް ނޫނެވެ. މާކަ ބައިވަރު ފައިސާތަކެއް ވެސް ގެންގުޅެނީކީ ވެސް ނޫނެވެ. އެކަމަކު މައިންބަފައިންގެ ތަރިކައިން ލިބުނު މުދާކޮޅަކުން ލާރި ކޮޅެއް ހޯދައިގެން މަސްދޯންޏެއް ބަނދެފީމެވެ. އޮޑި ބާލާ އެއަށް ވާވެލާވެލި ވެސް ހަމަކޮށްފީމެވެ. ދެން މަސައްކަތް ފެށީ އެޔަށް ކެޔޮޅެއް ހޯދާށެވެ. މީސްމީހުން ކައިރީގައި ބުނެގެން އުޅެނިކޮށް ބަޔަކު މާ މޮޅު ކެޔޮޅެއް ދައްކައިފިއެވެ. އެމީހުން ބުނާ ގޮތުން އެއީ އެކަމުގެ މާހިރެކެވެ. ކޮންމެއަކަސް މި ލިބުނު މޮޅު ކެޔޮޅުމީހާއާ އޮޑި ހަވާލު ކޮށްފީމެވެ. އެޔަށް ފަޅުވެރިން ހޯދީ ކެޔޮޅުގެ ލަފާގެ މަތިންނެވެ. ކެޔޮޅުމީހާ ބޭނުން ގޮތަށް ހުރިހާ ކަމެއް ފުރިހަމަ ކޮށްދީފީމެވެ. ސާމާނަކަސް މީހުންނަކަސް އޮޑިޔަށް އަރުވައިދީ އަޅުގަނޑުގެ ވާޖިބު އަދާކޮށްފީމެވެ. ކެޔޮޅުމީހަ ގާތު އަޅުގަނޑު އެދުނީ އެއްމެ ކަމަކުއެވެ. އޮޑި ރަނގަޅަށް ބަލަހައްޓައި ދިނުމަށެވެ. އޮޑިން ފައިދާ ނެރެދިނުމަށެވެ. ފަޅުވެރިންނާ ގުޅިގެން އިޙްލާސްތެރިކަމާ އެކު މަސައްކަތް ކޮށްދިނުމަށެވެ. ކޮންމެއަކަސް ކެޔޮޅުމީހާ އޮޑިޔާއިގެން ފުރައިފިއެވެ. ފުރަތަމަ ދަތުރު ނުނިމެނީސް ކެޔޮޅުގެ އެހީތެރި މީހާއާ މައްސަލަ ޖެހިއްޖެއެވެ. ކެޔޮޅުގެ އެދުމުގެ މަތިން އެމީހާ އޮޑިން ބާލާ، އާމީހަކު އަރުވަދީފީމެވެ. މިފަހަރުވެސް ކެޔޮޅުގެ ލަފާގެ މަތިންނެވެ.

އޮޑި ދަތުރަކަށް ފަހު ދަތުރެއް ކުރަމުން ދެއެވެ. ކޮންމެ ދަތުރެއްގައިވެސް އެތައްބަޔަކު އޮޑިން ބަދަލު ކުރަންޖެހެއެވެ. ކެޔޮޅުމީހާ ގަޔާ ނުވާތީއެވެ. އޮޑިން ބާލާ މީހުން ބުނާ ގޮތުން މަސްވެރިކަން ވެސް ރަނގަޅެވެ. މަސް ވެސް ބާނައެވެ. އެކަމަކު އަޅުގަނޑަކަށް ފައިދާއެއް ނުވެއެވެ. ލާރިޔެއް ނުލިބޭތާނގައި މަސް ބައެއް ވެސް ނުލިބެއެވެ. މިކަމާ ކެޔޮޅުމީހާއާ ސުވާލުކުރުމުން ބުނަނީ މަސްވެރިކަން ދަށީ ކަމުގައެވެ. ޚަރަދު ބޮޑީ ކަމުގައެވެ. ފައިދާ ނުވަނީ ކަމުގައެވެ. ފަހުން ރަނގަޅުވާނޭ ކިޔައިގެން ކޮންމެ ފަހަރަކު ވެސް ކެޔޮޅުމީހާ އަޅުގަނޑުގެ ބޯ ކާލައެވެ. ބައެއް ދަތުރުތައް ނިންމާފައި އައުމުން ލާރިއެއް ނުލިބޭހޭ އެހުމުން ދައްކަނީ އޮޑީގެ ކޮންމެ ވެސް މައްސަލައެކެވެ. ބައެއް ފަހަރު އިންޖީނު ގޯސްކުރެވެ. ބައެއް ފަހަރު ހުންގާނު ވެސް ގޯހެވެ. އެންވަތާއި އޮޑީގެ ވާވެލާވެލި ވެސް ގޯހެވެ. މިއިން ކޮންމެ ފަހަރަކު އެކަމަށް ބަދަލު ކޮށްދެވޭތޯ އަޅުގަނޑުގެ ވަރުން އަޅުގަނޑު މަސައްކަތް ކޮށްދެމެވެ. ފައިދާއެއް ނުލިބި ހަރަދު ކޮށްކޮށް އަތްމަތި ހުސްވާން ކައިރިވެއްޖެއެވެ. އޮޑީގެ ތަންތަން ބަދަލު ކޮށްކޮށް އޮޑި ބަނތްއިރު ހުރި ސިފަ ބަދަލުވާން ކައިރިވެއްޖެއެވެ. އޭރު މީހުން އަޅުގަނޑުގެ ގާތުގައި ކެޔޮޅުމީހާގެ ވާހަކަ ދައްކަން ފަށައިފިއެވެ. އޮޑިން އޭނާ ވައްކަން ކުރާ ވާހަކައެވެ. އޮޑީގައި ހުންނަ ބައެއް ސާމަނު އަޅުގަނޑަށް ނޭނގި ވިއްކާ ވާހަކައެވެ. އެކަމާ ސުވާލު ކުރުމުން ވެސް މޮޅު ވާހަކަ ދައްކައިގެން އޭނާ އަޅުގަނޑަށް އޮޅުވާލައެވެ.

ކޮންމެއަކަސް މިހެން އުޅެނިކޮށް އޮޑި ފަރަށް އަރައިފި ކަމުގެ ޚަބަރު އަޅުގަނޑަށް ލިބިއްޖެއެވެ. ކެޔޮޅު އަޅުގަނޑަކަށް ޖަވާބުދާރީއެއްނުވެއެވެ. ފަޅުވެރިންގެ ފަރާތުން އަޅުގަނޑަށް އެންގުނު ގޮތުން އޮޑި ފަރަށް އެރިވަގުތު ކެޔޮޅުމީހާ އިނނީ ހުންގާނު ދޫކޮށްފައި ތާސް ކުޅޭށެވެ. އޭރު އޮޑީގެ ދެތިން މަޑުލެއް ނެއްޓި އޮޑި ދިޔަވާން ވެސް ފަށައިފިއެވެ. ކެޔޮޅުމީހާ ދެކެ އައިރުޅުން ވަގުތުން އޮޑިން ފައިބަން އޭނާއަށް އަންގައިފީމެވެ. ނަމަވެސް އޭނާ އަޅުގަނޑު ގާތުގާ ބުނީ އޮޑިން ނުފައިބާނެ ކަމަށެވެ. މިހާރު އެއީ އޭނާގެ އޮޑިއެއް ކަމަށެވެ.

ކޮންމެއަކަސް އަޅުގަނޑަށް ލިބުނީ ބޮޑު ޝޮކެކެވެ. ކަން ހިންގި ގޮތް އަޅުގަނޑަށް ރޭކާލީ ވަގުތު ފާއިތުވީ ފަހުންނެވެ. އޭރު އަޅުގަނޑުގެ އޮޑީގެ ރަޖިސްޓްރީ ގާޒިއަކަށް ރިޝްވަތުދީގެން އޭނާގެ ނަން މައްޗަށް އޮތީ ބަދަލުކޮށްފައެވެ. އޮޑިން ލިބުނުހާ ފައިސާއެއް ވަގަށް ނަގައިގެން މި އަށްވުރެ ބޮޑު އޮޑިއެއް ވެސް އޭނާ ބަނދެފިއެވެ.

ކޮންމެއަކަސް ބަޔަކު ދެއްކި ވާހަކައަކަށް ހެއްލިގެން ބަލާ ނުލައި ކެޔޮޅެއް ކަމަށް ހިތާ އަޅުގަނޑަށް އޮޑިއަށް އެރުވުނީ ބޮޑު ވަގެކެވެ. ކަނޑައެޅިގެން ހުރި މުރަނގަ ގަސްދޮށު މާލިމީއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަލީމް ގާޒީގެ މަގާމުން ދުރުކުރަންވީ ވަގުތު ނާދޭތަ؟

ހަލީމް ގާޒީގެ މަގާމުން ދުރުކުރަންވީ ވަގުތު ނާދޭތަ؟

14 މެއި 2018
މަޖުބޫރަކުން ބަނދެލި ވަގުތު ވެސް، ސަލާމަތް ވާނެ ކަމުގެ ވާހަކަ!

މަޖުބޫރަކުން ބަނދެލި ވަގުތު ވެސް، ސަލާމަތް ވާނެ ކަމުގެ ވާހަކަ!

13 މާރިޗު 2018
ރައްޔިތުންގެ މަޖިލީހުން އެދުނު ގާނޫނީ ލަފަޔަށް، ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރު!

ރައްޔިތުންގެ މަޖިލީހުން އެދުނު ގާނޫނީ ލަފަޔަށް، ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރު!

22 ފެބުރުއަރީ 2018
ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

08 ފެބުރުއަރީ 2018
ބާރު އޮތަސް ހިތުހުރި ގޮތެއް ނެހެދޭނެ ވަގުތު އަންނާނެއެވެ.

ބާރު އޮތަސް ހިތުހުރި ގޮތެއް ނެހެދޭނެ ވަގުތު އަންނާނެއެވެ.

28 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު