Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

ޕީޖީ ގްރޫޕް ނުބާއްވައި ސަރުކާރު ކޯލިޝަނުން ތްރީލައިން ވިޕް ނެރެފި

12 މާރިޗު 2018 | ހޯމަ 08:29

ތްރީ ލައިން ވިޕާމެދު ބައެއް މެމްބަރުން ހިތްހަމަ ނުޖެހޭ

| 12 މާރިޗު 2018 | ހޯމަ 08:29
ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެމްބަރުން

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެމްބަރުން

ސަރުކާރު ކޯލިޝަންގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމެއް ނުބާއްވައި، ފަނޑިޔާރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، އެންޓި ޑިފެކްޝަން ބިލް ބަލައިގަތުމަށާއި އެ ބިލް ފާސްކުރުމަށް ތްރީލައިން ވިޕް ނެރެފި އެވެ.

ޕީޕީއެމްގެ ބައެއް މެމްބަރުން ރާއްޖެއެމްވީއަށް ކަށަވަރުކޮށް ދެއްވި ގޮތުގައި މިއަދު މެންދުރު ނިހާނު ތްރީލައިން ވިޕް އިއުލާނުކުރެއްވީ ސަރުކާރު ކޯލިޝަންގެ މަޖިލިސް މެމްބަރުންގެ ވައިބަރ ގްރޫޕްގަ އެވެ. އެކަމާ މެމްބަރުން ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް، ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވި އެވެ.

Advertisement - newsAdvertisement

"މީގެ ކުރިން ބިލް ބަލައިގަތުމަށް ވެސް ނިންމަނީ، އަދި ބިލް ފާސްކުރުމަށް ވެސް ނިންމަނީ ބައްދަލުވުން ބޭއްވުމަށް ފަހު،" ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި މެމްބަރަކު ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާނު ވިދާޅުވީ ބައްދަލުވުން ނުބާއްވައި ތްރީލައިން ވިޕް އިއުލާނުކުރީ، ބިލް ބަލައިގަތުމާ ގުޅޭ ގޮތުން މެމްބަރުންނާއެކު ކުރިން ވެސް ބައްދަލުވުން ބާއްވައި، އަދި މެމްބަރުންގެ ޝުއޫރު އެ ބައްދަލުވުމުގައި ވެސް އަދި މަޖިލީހުގެ ޖަލްސާގައި ވެސް ހާމަކުރައްވާފައިވާތީ ކަމަށެވެ.

ނަމަވެސް ކޮމިޓީގައި މަޝްވަރާކޮށް މެމްބަރުން ހުށަހަޅާ ހިޔާލުތައް ހިމަނައިގެން ބިލް ފާސްކުރަން ވިޕްލައިން ނެރޭނީ، މެމްބަރުންނާ މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.

ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި ސަރުކާރު ކޯލިޝަންގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެކުލަވާލާފައިވާ މި ބިލް ފާސްކުރަން އެ ކޯލިޝަންގެ 90 ޕަސެންޓް މެމްބަރުން ދެކޮޅެވެ.

މި ބިލް ހުށަހެޅުމުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުން އިންތިހާބުކުރާ ބައެއްކަން ކަށަވަރުކުރުމާއެކު ރައްޔިތުންގެ މަޖިލީހަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ތަނެއްކަމަށް ހެދުމަށްޓަކައި ދިވެހިރާއްޖޭގައި ހިންގަމުންދާ މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު އެ އިންތިހާބުވި ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީގެ މެމްބަރުކަމުން ވަކިކޮށްފި ނަމަ ނުވަތަ އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެމްބަރަކަށް ވެއްޖެ ނަމަ އެފަދަ މެމްބަރެއްގެ ގޮނޑި ގެއްލޭނެކަން ކަނޑައެޅުމާއެކު އެފަދައިން ގޮނޑި ގެއްލޭ ހާލަތްތަކުގައި ބައި އިލެކްޝަން ބޭއްވުމާ ގުޅޭ އުސޫލުތަކާއި އިޖުރާއަތްތައް ބަޔާންކުރުމެވެ.

މި ބިލްގައި ގޮނޑި ހުސްވާނެ ހާލަތްކަމުގައި ބަޔާންކޮށްފައިވާ ތިން ހާލަތަކީ ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު އެ އިންތިހާބުވި ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީގެ މެމްބަރުކަމުން ވަކިކުރުން، ނުވަތަ ވަކިވުން، ނުވަތަ ޕާޓީ ބަދަލުކުރުމެވެ.

މި ބިލްގައި ބުނެފައިވާ ގޮތުގައި ވަކި ޕާޓީއަކަށް ނިސްބަތްނުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ވާދަކޮށްގެން މިނިވަން މެމްބަރެއްގެ ގޮތުގައި އިންތިހާބުވި މެމްބަރަކު އެ މެމްބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވުމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެ މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ ވިޕްލައިނާ ހިލާފުވުމާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކުން އެ މެމްބަރާމެދު ސުލޫކީ ފިޔަވަޅެއް އެޅި ނަމަވެސް ގޮނޑި ގެއްލިގެން ނުދެ އެވެ. ނަމަވެސް މި ބިލް އެކުލަވާލާފައިވާ ގޮތުން ގޮނޑި ނުގެއްލޭ ހާލަތެއްގައި ވެސް ޕާޓީގެ ސުލޫކީ ކޮމިޓީން އަޅާ ފިޔަވަޅަކާ ގުޅިގެން، ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި އެކަން އިލެކްޝަންސް ކޮމިޝަނަށް އެނގުމުން ގޮނޑި ގެއްލިގެންދާނެ އެވެ.

ގާނޫނު އަސާސީ 74 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަގާމުން ވަކިކުރާން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ހިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމްކޯޓުންނެވެ. އަދި ގާނޫނުއަސާސީއާއި ގާނޫގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަޑާ ހިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމި ހުންނާނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ބ. ގައި ބަޔާންކޮށްފައިވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް