Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ފާރިސާއި ނަދީމް އެޗްއާރްސީއެމްގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް ހުށަހަޅުއްވައިފި

12 މާރިޗު 2018 | ހޯމަ 06:32

ނަދީމް ވަނީ އޭނާ ބެއްލެވި ދޫނިދޫ ޑޮކްޓަރުގެ ޝަކުވާތައް ހުށަހަޅާފައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 12 މާރިޗު 2018 | ހޯމަ 06:32
ފާރިސް (ދ) އަދި ނަދީމް: އެޗްއާރްސީއެމްގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް ހުށަހެޅުއްވި

ފާރިސް (ދ) އަދި ނަދީމް: އެޗްއާރްސީއެމްގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް ހުށަހެޅުއްވި

ހައްޔަރު ކޮށްފައިވާ ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް ހުށަހަޅުއްވައިފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ ނަދީމުގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އޭނާގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވަނީ ކަންބޮޑުވުންފާޅުކުރައްވާފަ އެވެ. އަދި ސާފު ބޯ ފެން ނުލިބި، ފާހާނާގެ އިސްކުރުން ފެން ބޯން ޖެހުމުން ޑައިރިއާ ޖެހި، ސިއްހީ މައްސަލަތަކެއް ނަދީމް ތަހަންމަލް ކުރަމުންދާތީ، އެކަމުގެ ކަންބޮޑުވުން ވެސް އޭނާ ވަނީ އެޗްއާރްސީއެމާ ހިއްސާ ކުރައްވާފައެވެ.

Advertisement - newsAdvertisement

ނަދީމްގެ ފަރާތުން އެޗްއާރްސީއެމަށް ހުށަހެޅުއްވި ސިޓީއެއްގައި މަހުފޫޒު ވިދާޅުވެފައި ވަނީ ސާފު ބޯ ފެނާއި ސާފުތާހިރުކަންކުޑަ ކާއެއްޗެހި ބޭނުން ކުރަންޖެހުމުގެ ސަބަބުން ބޭރަށް ހިންގުމުގެ މައްސަލަތަކެއް އޭނާގެ މުވައްކިލަށް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކިތާ ހަފްތާއެއްވެފައިވާ ކަމަށާއި ޑޮކްޓަރު ދެއްވި އެންޓި ބައޮޓިކް ބޭނުން ކުރުމުން ރަނގަޅު ކަމަށް ނުފެންނާތީ އެންމެ ފަހުން ދިން ބޭސް އަޅުގަނޑުގެ މުވައްކިލު ބޭނުންކޮށްފައިނުވާ ކަމަށް އެޗްއާރްސީއެމަށް މަހުފޫޒު ފޮނުއްވެވި ސިޓީގައިވެއެވެ. ޑޮކްޓަރު ދޭ ފަރުވާއާމެދު ސުވާލު އުފައްދައި މަހުފޫޒު ވިދާޅުވެފައި ވަނީ ޑޮކްޓަރުގެ ފަރުވާއާމެދު އެތައް ގައިދީންނެއްގެ ފަރާތުން މީގެ ކުރިން ވެސް އެޗްއާރްސީއެމަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

ނަދީމަށް ބޭރަށް ހިންގުމުގެ މައްސަލަ ކުރިމަތިވެެފައި ވަނީ ސާފު ބޯފެން ނުލިބުމުގެ ސަބަބުން ކަމަށާއި ދޫނިދޫގައި ބަންދު ކުރާ މީހުންނަށް ސާފު ބޯފެން ފޯރުކޮށްދެނީ ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށްވާއިރު، ނަދީމަށް ސާފު ބޯފެން ނުދޭ ސަބަބު ޑޮކްޓަރު ވިދާޅުވެފައި ނުވާ ކަމަށް އޭނާގެ ވަކީލު ވިދާޅުވި އެވެ.

ނަދީމަށް ދޭންޖެހޭ ފަރުވާ ނުދީ ލަސްކުރަމުން ގެންދަނީ ކީއްވެގެންތޯ ބެއްލެވުމަށާއި އެކަމާ ގުޅޭ ފިޔަވަޅުތަކެއް އަޅުއްވައި ދެއްވުމަށް މަހުފޫޒު ހުށަހެޅުއްވި ސިޓީގައި އެދިވަޑައިގެންފައިވެ އެވެ. އަދި ނަދީމް އެދިވަޑައިގެންފައިވާ ގޮތަށް އޭނާއާ ބައްދަލު ކުރެއްވުމަށް، ވެސް މަހުފޫޒު ވަނީ އެޗްއާރްސީއެމަށް ހުށަހަޅުއްވާފައެވެ.

މަހުފޫޒު ވިދާޅުވެފައި ވަނީ ފާރިސް ވެސް އެޗްއާރްސީއެމްގެ ބޭފުޅުންނާ ބައްދަލު ކުރެއްވުމަށް ހުށަހަޅުއްވާފައިވާ ކަމަށާއި އޭނާއާ ވެސް ވީހާވެސް އަވަހަކަށް ބައްދަލު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ

01 ފެބުރުއަރީ 2017
މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ
28 ޖެނުއަރީ 2017

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

28 ޖެނުއަރީ 2017
ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
23 ޖެނުއަރީ 2017

ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!

23 ޖެނުއަރީ 2017
ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް