Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސުޕްރީމް ކޯޓު

ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ބާއްވަން އުޅުނު އަޑުއެހުން އަނެއްކާވެސް ކެންސަލް

މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ ހޯމަ ދުވަހުގެ ހެނދުނަށް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 11 މާރިޗު 2018 | އާދީއްތަ 18:09
ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު: މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ބާއްވަން އުޅުނު އަޑުއެހުން ވަނީ ކެންސަލްކޮށްފި

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު: މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ބާއްވަން އުޅުނު އަޑުއެހުން ވަނީ ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން ބާތިލްކުރުމަށް ބަންޑާރަނައިބު ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ތާވަލު ކުރުމަށްފަހު އަނެއްކާވެސް ކެންސަލްކޮށްފި އެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށެވެ.

Advertisement - newsAdvertisement

މީގެ ކުރިން ފެބްރުއަރީ 27 ވަނަ ދުވަހަށް ވެސް އަޑުއެހުމެއް ތާވަލުކުރި އެވެ. އެހެންނަމަވެސް، ފަހުން ވަނީ އެ އަޑުއެހުން ވެސް ކެންސަލްކޮށްފައެވެ. އެ ފަހަރު އަޑުއެހުން ކެންސަލްކުރީ މައްސަލަ ހުށަހެޅުއްވި ބަންޑާރަނައިބު އޮފީހުން އެދިގެންނެވެ.

ބަންޑާރަނައިބު ހުށަހަޅުއްވާއި ވަނީ މި މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާފައިވާ ނިންމުމުގެ ތިން ބައެއް ބާތިލްކޮށްދިނުމަށެވެ. އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ހުށަހަޅުއްވާފައި އޮތީ ފްލޯކްރޮސް ކުރުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު އަމުރު ބާތިލް ކޮށްފައިވާތީ އެ އަމުރު އަލުން ނެރުމަށެވެ. އަދި 12 މެމްބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފެދިފައިވަނިކޮށް އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި ހުރިހާ މެމްބަރުން ހިމަނައިގެން މަޖިލީހުގެ ޖަލްސާތައް ފެށުމަށް ނެރުނު އަމުރު ބާތިލް ކަމަށް ކަނޑައަޅަން ވެސް ބަންޑާރަނައިބު ވަނީއެދިވަޑައިގެންފައެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ދިވެހި ރާއްޖޭގެ އެއްވެސް ކޯޓަކަށް އެއްވެސް ފަނޑިޔާރަކު ނުވަތަ އިސް ފަނޑިޔާރަކު ވިޔަސް އައްޔަން ކުރުމާ ބެހޭ ގޮތުން އެއްވެސް ކަމެއް އެހެން ފަރާތަކުން ނުކުރުމަށް ކަނޑައަޅާފައިވާ ބައި އުނިކުރުމަށް ވެސް ބަންޑާރަނައިބުގެ އޮފީހުން ހުށަހަޅާފައިވެއެވެ.

އެ މައްސަލަ ހުށަހެޅުއްވައި ބަންޑަރާނައިބު ވިދާޅުވެފައި ވަނީ މި މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވާ އެ ބައިތައް އުނިކުރަން ހުށަހަޅުއްވީ އަދުލު އިންސާފު ގާއިމު ކުރުމަށްޓަކައި ގާނޫނު އަސާސީގެ ހަ ވަނަ ބާބުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފު ބައިތަކެއް ކަމަށް ފެންނާތީ ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅުއްވީ ގާނޫނު އަސާސީގެ 33 ވަނަ މާއްދާގެ (ނ) ދަށުން ގާނޫނީ ވެރިކަން ހިމާޔަތްކޮށް ނަގަހައްޓައި، ހިމާޔަތްކޮށް، ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތަށާއި ރައްޔިތުންގެ މަންފާ އާއި އާންމު މައްސޫލިއްޔަތު ދިފާއު ކުރުމަށް ބަންޑާރަނައިބުގެ މައްސޫލިއްޔަތެއް ކަމުގައި ވާތީ ކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.

މައްސަލަ ތާވަލުކޮށްފައިވާ އިރު ރާއްޖޭގައި ކުއްލި ހާލަތުގެ ނުރައްކާ އިއުލާނުކޮށް ސުޕްރީމް ކޯޓުގެ ފުރާޅުން އެ ކޯޓަށް ވަދެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ފަހުން 1 ނޮވެމްބަރުގެ އަމުރުގައި ސޮއިކުރައްވާފައިވާ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުން ވަނީ އެ ހުކުމުގެ ބައެއް ބައިތައް އެހެން އަމުރުތަކެއް ނެރެ ބާތިލްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު