Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މޯލްޑިވްސް ލިވިންގް އެކްސްޕޯ

މޯލްޑިވްސް ލިވިންގް އެކްސްޕޯ ނިންމުމުގެ ރަސްމިއްޔާތު މިރޭ، ހާއްސަ އިނާމުތަކެއް!

މި އެކްސްޕޯ ފަށާފައި ވަނީ މާރޗް 8 ވަނަ ދުވަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 10 މާރިޗު 2018 | ހޮނިހިރު 13:57
ހައިރައިޒް ކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝަމީން ރާއްޖެޓީވީ އަށް އިންޓަވިއު ދެއްވަނީ

ހައިރައިޒް ކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝަމީން ރާއްޖެޓީވީ އަށް އިންޓަވިއު ދެއްވަނީ

ހައިރައިޒް ކުންފުނީގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ މޯލްޑިވްސް ލިވިންގް އެކްސްޕޯ މި އަހަރު ވެސް ވަނީ ބާއްވާފައެވެ. އެގޮތުން މި އެކްސްޕޯ ފަށާފައި ވަނީ މާރޗް 8 ވަނަ ދުވަހު ނެޝެނަލް އާރޓް ގެލަރީގައެވެ. މިއަދަކީ އެކްސްޕޯގެ އެންމެ ފަހު ދުވަހެވެ. އެކްސްޕޯ މިރޭ ދިހައެއް ޖެހުމާ ހަމައަށް ކުރިއަށްދާއިރު އެކްސްޕޯ އަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވަރަށް ހާއްސަ އިނާމުތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝަމީން ވިދާޅުވީ މިފަހަރު އެކްސްޕޯގައި ރާއްޖެ އާއި ރާއްޖޭ އިން ބޭރުގެ 18 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށާއި ޖުމްލަ 20 އެގްޒިބިޓަޒް އެކްސްޕޯގައި ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ފާއިތުވި ހަ އަހަރާ އަޅާ ބަލާއިރު މިފަހަރު ގިނަ އަދަދަކަށް މީހުން އެކްސްޕޯއަށް ޒިޔާރަތްކޮށްފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މޯލްޑިވްސް ލިވިންގް އެކްސްޕޯގައި ގެދޮރާ ބެހޭ މުހިންމު މައުލޫމާތުތަކުގެ އިތުރުން ފަރުނީޗަރުތަކާއި ލިވިންގް ލައިފް ސްޓައިލްގެ އިލެކްޓްރޯނިކްސް ސާމާނުތަކަށް ވެސް ބޭނުންވާ ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް ހައިރައިޒް ކުންފުނިން ބުންޏެވެ.

މޯލްޑިވްސް ލިވިންގް އެކްސްޕޯގެ މި އަހަރުގެ މެއިން ސްޕޮންސަރަކީ ކޮލަމްބޯ ސިޓީ ސެންޓަރެވެ.

ކޮލަންބޯ ސިޓީ ސެންޓަރުގެ ޖެނެރަލް މެނޭޖަރ ނިރުޕާ ޕެއިރިސް ވިދާޅުވީ ސްރީލަންކާގެ ރައްޔިތުންގެ އިތުރުން ދިވެހިން ވެސް ސްރީލަންކާގެ ޕްރޮޕަޓީސްތަކުގައި އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި މި އެކްސްޕޯގައި ބައިވެރިވުމުގެ މައިގަނޑު މަޤްސަދަކީ ކޮލަންބޯ ސިޓީ ސެންޓަރ އިތުރަށް އިޝްތިހާރު ކުރުމުގެ ގޮތުން ކަމަށެވެ.

ކޮރަލް ބޮލިވާޑް ކުންފުނީގެ ފަރާތުން ވެސް ވަނީ މި އެކްސްޕޯގައި ކޯ ސްޕޮންސަރެއްގެ ހައިސިއްޔަތުން ބައިވެރިވެފައެވެ. އެ ކުންފުނީގެ އެސިސްޓަންޓް މެނޭޖަރ ސޭލްސް އެންޑް މާރކެޓިންގް އައިޝަތު ގާހިރު ވިދާޅުވީ މި އެކްސްޕޯގެ ސަބަބުން އެ ކުންފުނި ވަރަށް ގިނަ ބަޔަކަށް އެނގިގެން ހިނގައްޖެ ކަމަށާއި އެކްސްޕޯ އަށް ޒިޔާރަތްކުރާ މީހުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އެ ކުންފުނިން އަންނަނީ ރަސްފަންނު ބީޗް ކައިރީގައި ޓަވަރުތަކެއް ތަރައްގީކުރަމުންނެވެ.

މި އިވެންޓްގެ ކޯ ސްޕޮންސަރުންނަށް އަލް ޓަޔާ, ކޮރަލް ބޮލިވާޑް ހަމަޖައްސާފައިވާއިރު ހޮސްޕިޓަލިޓީ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޗަންޕާ ސެންޓްރަލް ހޮޓެލްއެވެ. އަދި ސެޓަޕް ޕާޓްނާއެއްގެ ގޮތުގައި އަސަރީ ސާރވިސަސް ހަމަޖައްސާފައިވާ އިރު ޕަބްލިކޭޝަން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އައިލެންޑް ޗެފްއެވެ.

މީގެ އިތުރުން ސެކިއުރިޓީ ޕާޓްނާރެއްގެ ގޮތުގައި ދަ ގޭޖް ހަމަޖައްސާފައިވާއިރު ޕްރިންޓް ޕާޓްނަރަކަށް ޕްރިންޓް ލެބް ވަނީ ހަމަޖައްސާފައެވެ. އަދި ޑިޖިޓަލް ކޮމިއުނިކޭޝަން ޕާޓްނަރަކަށް ވަނީ ދިރާގު ހަމަޖައްސާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

04 މެއި 2017
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި

ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު