Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނައިމާ މުހައްމަދު

މީހުން ބުނޭ ކީއްކުރަން ކުރާ ކަމެއް ހޭ ތިއީ، ކޯއްޗެއް ލިބޭތީހޭ ތި އުޅެނީ

ރައީސް ނަޝީދަށްޓަކައި ޖަލަށް ދާން ނައީމައްތަ ހުރީ ތައްޔާރަށް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 8 މާރިޗު 2018 | ބުރާސްފަތި 14:01
އެމްޑީޕީ އެކްޓިވިސްޓް ނައީމާ މުހައްމަދު (ނައީމާއްތަ)

އެމްޑީޕީ އެކްޓިވިސްޓް ނައީމާ މުހައްމަދު (ނައީމާއްތަ)

އިދިކޮޅު ފަރާތްތަކުން ހަރަކާތެއް ހިންގާ ނަމަ އެންމެ ކުރީ ސަފުގައި އޭނާ ހުންނާނެއެވެ. ވަރުގަދަ ފަހުލަވާނެއްގެ ގޮތުގައެވެ. އިސްލާހަށް ކުރާ މަސައްކަތުގައި ވަރު ބަލި ކަމެއް ނެތި އެމްޑީޕީގެ ހަރަކާތްތަކުގައި އޭނާ އުޅޭތާ ހަތް އަހަރު ވެއްޖެއެވެ. މިއީ ލ. ގަމު އަވާލީ ދޭއް، ނައިމާ މުހައްމަދެވެ. މިދައްކަނީ "ރީނދޫ ސުކާފެއް" އަޅައިއިގެން އެމްޑީޕީ މުޒާހަރާތަކުން ފެންނަ "ނައީމާއްތަ" ގެ ވާހަކައެވެ.

އަންހެނުންގެ ހައްގުތަކާއި އަންހެނުންގެ ކެރިފޯރުންތެރިކަން ފާހަގަކުރާ ދުވަހެއްގައި ނައީމާއްތާގެ ބަހެއް ހޯދައިނުލައިފި ނަމަ އެކަން ވާނީ ވަރަށް އަބުއި ކަމަކަށެވެ. އެކުވެރި ނައީމާއްތަ އަށް ފެނުމާ އެކު ފުރަތަމަ ވެސް ދައުވަތުދިނީ އެކުގައި ދުފާލުމަށެވެ. "ކޮއްކޯ ދުފާލަން ވީއެއްނުން" ނައީމާއްތަ ބުންޏެއެވެ. ހިތްވަރު ގަދަ އުމުރުން 60 އަހަރުގެ ނައީމާއްތަގެ ދައުވަތު ގަބޫލުކޮށް ދުފުމުގައި އަހަރެން ބައިވެރިވީމެވެ.

ނައީމާއްތަގެ ވާހަކަ ފެށީ ލ. އަތޮޅުގައި އޭނާ ހޭދަ ކުރި ދުވަސްތަކުގެ ވާހަކައިންނެވެ. ނުވަ ކުދިން އޭނާ ބަލާ ބޮޑު ކުރި ވާހަކައެވެ. އޭރު ވެސް ނައީމާއްތައަކީ ކެރިގެން ކަންކަމާ ކުރިމަތަލާން ކެރޭ އަންހެންނަކަށް ވާހަކަ ދައްކާލުމުން އެނގިގެންދިޔައެވެ. މިއީ ދެބަސްވެވެން ނެތް ހަގީގަތައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހުން ފެށިގެން މާލޭގައި ކުރާ މުޒާހަރާތަކަށް ނަޒަރު ހިންގާލުމުން އެކަން ހާމަވާނެއެވެ. މިދައްކަނީ ރީނދު ސްކާފެއް އަޅައިގެން ހުންނަ ނައީމާއްތަގެ "ހިތްވަރުގަދަ" ވާހަކައެވެ. ހައްގު ހޯދަން މަގުމައްޗަށް ނުކުތުމުން ދިމާވާ "ގޮންޖެހުންތަކުގެ" ވާހަކައެވެ.

"ނުވަ ދަރިން ބަލާ ބޮޑުކުރީ ބައްޕައަކާ ނުލައި، އެކުދިންގެ ބައްޕަ ހަރަދެއް ނުކުރޭ. އަޅުގަނޑު އަބަދުވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަން. މަސް ކައްކާ ހިއްކާ، އަޅުގަނޑު އެކަނި މަސް ވެސް ކަނޑަން، އާންމްދަނީ ހޯދުމަށް ގިނަ މަސައްކަތްތަކެއް އޭރު ވެސް ކުރިން،" ރަށުގައި ދިރިއުޅުނު ދުވަސްތަކުގެ ވާހަކަ ދައްކަމުން ނައީމާއްތަ ބުންޏެއެވެ.

ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމުން ކަނޑު ހުރަސްކޮށް ވެރިކަން ކުރާ މާލެ އަށް އައީ "އަނިޔާވެރިކަމާ ދެކޮޅަށް" ކުރާ މަސައްކަތުގައި ބައިވެރިވުމަށެވެ. އޭނާ ދެކޭ ގޮތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިހާރު ކުރާ މަސައްކަތަކީ ގައުމީ މަސައްކަތެކެވެ.

އެމްޑީޕީ އެކްޓިވިސްޓް ނައީމާ މުހައްމަދު (ނައީމާއްތަ)

"ފެބްރުއަރީ 6 ވަނަ ދުވަހު ދުންފިނި ހަރުގެ ތަޅާލި ހަބަރު ލިބިގެން އެރޭގެ ފަތިހު ފްލައިޓުން މާލެ އައީ. ދެން އައިސް ޓީވީ ބަލަން އިންދާ އެކަންތައް ނިމިގެން ދިޔައީ ( އީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔައީ). ދެން ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު މަގުމައްޗަށް ނުކުތީ. އެ ނުކުތް ގޮތަށް އަތުންފައިން ދެވަނަ މަސައްކަތެއް ނުރަން. މިހާރު މިވީ ހަތް އަހަރު. މި ގޮތަށް ޕާޓީއަށްޓަކައި ޕާޓީގެ ހަރަކާތްތަކުގައި މުޒާހަރާތަކުގައި ހަރަކާތްތެރިވާ ތަން،" ރައީސް ނަޝީދަށްޓަކައި "ޖަލުގައި އޮންނަން ތައްޔާރަށް" ހުންނަ ނައީމާއްތަ ބުންޏެއެވެ.

ކޮންމެއަކަސް ހަތް އަހަރު ދުވަހު ހިތްވަރަށް ކުޑަ ވެސް ބަދަލެއް ނާދެއެވެ. ނައީމާއްތަ ގޮވާ ގޮވެލި ފަތި މިހާރު ވެސް ވަރުބަލި ކަމެއް ނެތި އެ ދަނީ ގޮވަމުންނެވެ. މުޒާހާރާތަކުގެ ތެރެއިން 14 ފަހަރު ފުލުހުން ނައީމާއްތަ ހައްޔަރުކުރި އިރުވެސް، އެއްވެސް ފުލުހަކާ ދިމާއަށް ބަދުބަހެއް ބުނެފައި ނޯންނާނެ ކަމުގެ ޔަގީންކަން ނައީމާއްތަ ދެނީ ފަހުރުވެރިކަމާ އެކުގައެވެ. އެހެންނަވެސް ބައެއް ފުލުހުން ކަންކަންކުރަނީ "އަނިޔާވެރިކޮށް" އެކި ފަހަރުމަތިން އަނިޔާ ލިބިފައިވާ ކަމަށް ނައީމާއްތަ ބުންޏެއެވެ.

"އެސްއޯ މީހެއް ނައީމާއްތަ ގައިގައި ޖެހިއަސް ނުޖަހާނަން. ނުޖަހަން. ހަޑި އެއްޗެއް ބުންޏަސް ނުބުނާނަން. އެއީ ނައިމާއްތަ އަބަދު ވެސް ކަންކުރާ ގޮތް. ދެ ފަހަރު މަތިން ފުލުހުން އަނިޔާކުރި. އަނިޔާކުރީ ނަމަކަށް ނޫން،" ނައިމާއްތަ ބުންޏެއެވެ.

އެމްޑީޕީ އެކްޓިވިސްޓް ނައީމާ މުހައްމަދު (ނައީމާއްތަ)

އެހެން ނަމަވެސް އެމުރުން ދުވަސްވީ އަންހެނަކު ހަތް އަހަރު ދުވަހު ވަރުބަލިކަމެއް ނެތި، ޖަހާ ޕެޕާސްޕްރޭއަކަށް، ކަރުނަ ގޭހަކަށް ނުބަލައި ހައްގުތަށް ކަށަވަރުކުރުމަށް ބެރިކޭޑް ފަހަތުގައި ސާބިތުކަމާ އެކު ހުންނާތީ ބައެއް މީހުންގެ ފާނޑުކިޔުންތަކާ އަމާޒުވާ ކަމަށް ނައީމާއްތަ ބުންޏެއެވެ. އަންހެނަކަށްވީމައެވެ. އުމުރުން ދުވަސްވެފައި ހުރުމުންނެވެ.

"މީހުން ބުނޭ، ދެން ކީއްކުރަން އުޅޭ ގޮތެއްހޭ ތިއީ. ނައީމާއްތަ ދެން ރަށަށް ދާށޭ. ތިއީ (މުޒާހަރާތަކުގައި ބައިވެރިވުން) ހަޑިކަމެއް ނޫންހޭ. ތިކަންތައް ނުކުރާށޭ ދެން. ތިހެން ތިއުޅެނީ އެމީހުންގެ ފުށުން (އެމްޑީޕީގެ ފަރާތުން) ކޯއްޗެއް ލިބޭތީހޭ. ކޮންކަމެއް ވާތީހޭ. އެކަމަކު ވެސް ނައީމާއްތަ ބުނަން މިއީ ނައީމާއްތަގެ އަމިއްލަ ކަމަކޭ. މިއީ މީހަކާ ބެހޭ ކަމެއް ނޫނޭ. ދެން ހިތްވަރު ލިބެނީ އާއިލާ އާއި ރައްޔިތުންގެ ފަރާތުން،" ނާއީމާއްތަ ވަރަށް އަސަރާ އެކު ބުންޏެއެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހު އުމުރުން 60 އަހަރުގެ ނައީމާއްތަ ދޭ މެސެޖެކީ، ކަންކަމާ ކެރިގެން ކުރިމަލާ މީހަކަށް ކާމިޔާބު ވާނެ ކަމެވެ. އުންމީދު ގެއްލުވާލުމަކީ މޮޔަ ހިޔާލެއް ކަމަށެވެ. ނައީމާއްތަ މިއަދު ވެސް ހުރީ ހަމަ އެގޮތުގައެވެ. ކާމިޔާބު ނުލިބެނީސް ގެއަށް ވަންނަ ގޮތަކަށް ނޫނެވެ. ނައިމާއްތަ ނިންމާލުމުން ކިޔާލީ ނައިފަރު ދޮންހޮއްކޮގެ "ދިޔަވަތް ރަނަގަޅު އޮނޑި، ރިޔަލަށް ކެރަންޏާ" ލަވައެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

20 ޖުލައި 2017
42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

17 ޖުލައި 2017
ނަޒާހަތްތެރިކަމެއް އޭސީސީއަކު ނެތް!

ނަޒާހަތްތެރިކަމެއް އޭސީސީއަކު ނެތް!

24 ޖޫން 2017
ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

05 ޖޫން 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު