Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ދެވަނަ ލެގުން ބަލިވި ނަމަވެސް ސިޓީ ކުއާޓާއަށް

ސިޓީ ކުއާޓާއަށް ދަތުރުކުރީ 5-2 ގެ އެގްރިގޭޓް ނަތީޖާއަކުން ބަސެލްގެ މައްޗަށް ކުރި ހޯދައިގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 8 މާރިޗު 2018 | ބުރާސްފަތި 12:29
ސިޓީ އަދި ބަސެލް ބައްދަލުކުރި މެޗުގެ ތެރެއިން

ސިޓީ އަދި ބަސެލް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްވިޓްޒަލޭންޑުގެ އެފްސީ ބަސެލްއާ ދެކޮޅަށް ކުޅުނު ދެވަނަ ލެގުގެ މެޗުން ބަލިވި ނަމަވެސް މެންޗެސްޓާ ސިޓީ އިން ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ސިޓީ ކުއާޓާއަށް ދަތުރުކުރީ 5-2 ގެ އެގްރިގޭޓް ނަތީޖާއަކުން ބަސެލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބަސެލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 4-0 އިން ސިޓީ ކާމިޔާބުކުރިއިރު ސިޓީގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބަސެލްއެވެ. މި މެޗުގައި ސޓީގެ ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިންނަށް ފުރުސަތު ދިފައިނުވާއިރު އެ ކުޅުންތެރިންގެ ބަދަލުގައި ފުރުސަތު ދީފައި ވަނީ ޒުވާން ކުޅުންތެރިންނަށެވެ. އެގޮތުން ފިލް ފޯޑެން އާއި ގެބްރިއެލް ޖީސަސް އަދި ޖޯން ސްޓޯންސް ވަނީ މި މެޗުގައި ފެނިގެން ގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ސިޓީ އިން ވަނީ ބަސެލްގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ވެސް ނެގީ ސިޓީ އިންނެވެ. އެގޮތުން މެޗުގެ އަށް ވަނަ މިނެޓުގައި ބަނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ލީޑު ނަގައިދިނީ ގެބްރިއެލް ޖީސަސްއެވެ. މި ލަނޑަށް ފަހު ވެސް ސިޓީއަށް ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތު ލިބުނުއިރު އެ ޓީމަށް އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 17 ވަނަ މިނެޓުގައި ބަސެލް އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަވެގެންދިޔައީ މުހައްމަދު އެލްޔޫނިސީ ޖަހައިދިން ލަނޑުންނެވެ. ދެ ޓީމަށް ވެސް ވަނީ ނަތީޖާ އަނބުރާލުމަށް މި ހާފުގައި ރަނގަޅު ފުރުސަތު ލިބިފައެއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ބަސެލްގެ ކީޕަރު ވަނީ ދެވަނަ ހާފުގައި ވެސް މޮޅު ސޭވްތަކެއް ކޮށްފައެވެ. ކައުންޓާގައި ބަސެލް އިން ނުރައްކާކުރި އިރު އެ ޓީމުން ވަނީ މެޗުގެ 71 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. އެލްޔޫނުސީގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ޖަހައިދިނީ މިޝެލް ލެންގްއެވެ. ސިޓީ އިން ވަނީ މި ލަނޑާއެކު ކުރިޔަށް ޖެހި ބަސެލްގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް އެ ޓީމަށް ނަތީޖާ ހަމަހަމަކުރެވޭނެ ގޮތެއް ހޯދިފައެއް ނުވެއެވެ.

މި މެޗުގައި ސިޓީގެ ފުރަތަމަ އެގާރައިގައި ހިމެނުނު ޒުވާން މީޑްފީލްޑަރު ފިލް ފޯޑެން ވެގެން ގޮސްފައި ވަނީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި ކުޅުނު އިނގިރޭސިވިލާތަށް ނިސްބަތްވާ އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. ހަމައެހެންމެ މި މެޗު ވެގެން ގޮސްފައި ވަނީ 36 މެޗުގެ ފަހުން އަމިއްލަ ދަނޑުގައި ސިޓީ ބަލިވި ފުރަތަމަ މެޗަށެވެ.

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ދެވަނަ ފަހަރަށް ކުއާޓާ ފައިނަލްގެ ޖާގައެއް ލިބުމަކީ އުފާކުރަން ޖެހޭ ކަމެއް ކަމަށާއި ފުރަތަމަ ހާފުގައި ފެނިގެންދިޔައީ ރަނގަޅު ކުޅުމެއް ކަމަށެވެ. އޭނާ ބުނީ ހަތަރު ލަނޑުގެ ލީޑަކާ އެކު ދެވަނަ ލެގާއި ކުރިމަތިލީ ދެވަނަ ލެގުން ބަލިވުމުގެ އުއްމީދުގައި ނޫން ކަމަށެވެ. އޭނާ ބުނީ ކުއާޓާގައި ކުޅުން ރަނގަޅު ނުކޮށްފި ނަމަ މުބާރާތުން ވަކިވާން ޖެހުމަކީ ވެސް ވެދާނެ ކަމެއް ކަމަށެވެ.

ބަސެލްގެ ކޯޗު ރަފައެލް ވިކީ ބުނީ މިއީ ވަރަށް ހާއްސަ މޮޅެއް ކަމަށާއި އެހެން ނަމަވެސް ކުއާޓާއަށް ދަތުރުނުކުރެވުމުން ހިތްހަމަނުޖެހޭ ކަމަށެވެ. އޭނާ ބުނީ ކުޅުނު މެޗާއި މެދު ފަހުރުވެރިވާ ކަމަށާއި ހަތަރު ލަނޑުގެ އެގްރިގޭޓެއް ބަދަލުކުރުމަކީ އެއްވެސް ޓީމަކަށް ކުރަން ފަސޭހަ ކަމަކަށް ވާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ކުއާޓާ ފައިނަލުގެ ގުރު ނެގުން އޮންނަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. މިހާތަނަށް ސިޓީގެ އިތުރުން ކުއާޓާއިން ޖާގަ ހޯދާފައިވަނީ ޔުވެންޓަސް އާއި ރެއާލް މެޑްރިޑްގެ އިތުރުން ލިވަޕޫލްއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު