Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހޫގޯ ސްވަޔަރ

ހޫގޯ ސްވަޔަރ އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވައިފި

ސްވަޔަރ ވަނީ އދ އަށާއި އަދި ކުރިއަށް އޮންނަ ކޮމަންވެލްތުގެ އެންމެ އިސްވެރިންގެ ބައްދަލުވުމަށް ރާއްޖޭގެ މައްސަލަ ހުށަހަޅަން އިނގިރޭސި ސަރުކާރަށް ކުރެވުނު ކޮންމެ ކަމެއް ކުރުމަށް ގޮވާލައްވައިފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 7 މާރިޗު 2018 | ބުދަ 14:27
އީސްޓް ޑެވަން، އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ތަމްސީލު ކުރައްވާ ހޫގޯ ސްވަޔަރ

އީސްޓް ޑެވަން، އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ތަމްސީލު ކުރައްވާ ހޫގޯ ސްވަޔަރ

ރާއްޖޭގެ ހަލަބޮލުވެފައިވާ ސިޔާސީ މަސްރަހާއި ގުޅޭގޮތުން އަންގާރަ ދުވަހު އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ހައުސް އޮފް ކޮމަންސް ގައި ކުރެވުނު ބަހުސް ގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަށް، ރާއްޖޭގެ މައްސަލަ ހައުސް އޮފް ކޮމަންސްއަށް ހުށަހެޅުއްވި ހޫގޯ ސްވަޔަރ ޝުކުރު އަދާކުރައްވައިފިއެވެ.

ރާއްޖޭގެ މައްސަލަ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅުއްވި ހޫގޯ ސްވަޔަރ އަކީ އެގައުމުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީސްގެ މިނިސްޓަރ އޮފް ސްޓޭޓް ކަން ކުރައްވާފައިވާ ބޭފުޅެކެވެ.

Advertisement - newsAdvertisement

އީސްޓް ޑެވަން، އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ތަމްސީލު ކުރައްވާ ހޫގޯ ސްވަޔަރ ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ހައުސް އޮފް ކޮމަންސް ގައި ރާއްޖެ އާއި ބެހޭގޮތުން ކުރެވުނު ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށާއި އަދި އިނގިރޭސި ސަރުކާރުގެ ފަރާތުން މައްސަލައަށް ޖަވާބުދާރީވެވަޑައިގެންނެވި، ފޮރިން އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް، މާކް ފީލްޑް އަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

ހޫގޯ ސްވަޔަރ އިތުރަށް ޓްވީޓުގައި ވިދާޅުވީ ރާއްޖޭގެ މައްސަލަ އދ އަށް ހުށަހެޅުއްވުމުގައި އިނގިރޭސިވިލާތުގެ ސަރުކާރަށް ކުރެވުނު ކޮންމެ ކަމެއް ކުރަން ޖެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮންނަ ކޮމަންވެލްތުގެ އެންމެ އިސްވެރިންގެ ބައްދަލުވުމަށް ވެސް ރާއްޖޭގެ މައްސަލަ ހުށަހަޅަން އިނގިރޭސި ސަރުކާރަށް ކުރެވުނު ކަމެއް ކުރަން ޖެހޭނެ ކަމަށް ސްވަޔަރ ވިދާޅުވިއެވެ.

ރާއްޖޭގެ މިވަގުތުގެ ހާލަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އަންގާރަ ދުވަހުގެ ރޭ ސްވަޔަރ ވަނީ އިނގިރޭސި ސަރުކާރަށް ހަތް ކަމެއް ހުށަހަޅުއްވާފައެވެ.

ސްވަޔަރ ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ؛

  • ސިޔާސީ ހައްޔަރީން މިނިވަން ކުރުމާއި، ބަންދުގައި ތިބި ފަރާތްތަކަށް ޤާނޫނީ އެހީ ލިބިގަތުމުގެ ފުރުޞަތު ދިނުމަށް ދިވެހި ސަރުކާރަށް ގޮވާލުން
  • ކޯފީ އަނާން ފަދަ ބޭފުޅަކު އިސްކޮށް ހުންނަވައިގެން އދ. ގެ ވަފުދެއް ރާއްޖެއަށް ޒިޔާތްކޮށް، ރާއްޖޭގެ ހާލަތު ގާތުން ބެލުން
  • މި އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ހެދުމުގެ ގޮތުން، އެ އިންތިޚާބަކީ ބައިނަލްއަޤުވަމީ ފަރާތެއްގެ ބެލުމުގެދަށުން ކުރިއަށްގެންދާ އިންތިޚާބަކަށް ހެދުމަށް ރާއްޖެއަށް އިނގިރޭސިވިލާތުން ގޮވާލުން
  • ޖުޑީޝަރީ ރިފޯމް ކުރުމަށް އިނގިރޭސިވިލާތުން އެހީވެދިނުން
  • ވިސްނުން އެއްގޮތް އެހެން ޤައުމުތަކާ ގުޅިގެން ރާއްޖޭގައި ދީނީ ގޮތުން ހައްދު ފަހަނައަޅައިދިނުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް އެހީވުން
  • ރައީސް ޔާމީންގެ އަރިސް ފަރާތްތަކާ ގުޅުން އޮންނަ ރިސޯޓްތަކުގެ ލިސްޓެއް ހޯދައި، އެ ލިސްޓް އާންމުކޮށް، އެތަންތަން ބޮއިކޮޓް ކުރުމަށް، ކޮމަންވެލްތުގެ ހެޑްސް އޮފް ގަވަރމަންޓްސް ބައްދަލުވުމަށް ހުށަހެޅުން
  • 1 ފެބްރުއަރީ ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކޮށްފި ނަމަ، ސަރުކާރުގެ އިސް ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި، އެކަމަށް އަމަލުކުރާނެ ޕްލޭނެއް އިނގިރޭސިވިލާތުން އެކުލަވާލުން

ސްވަޔަރގެ މި ހުށަހެޅުންތަކާ ގުޅިގެން، އިނގިރޭސި ސަރުކާރުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އިނގިރޭސި ސަރުކާރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އޭޝިއާ އެންޑް ޕެސިފިކް، މާކް ފީލްޑް ވަނީ ސްވަޔަރގެ ހުށަހެޅުއްވުންތައް އިނގެރޭސި ސަރުކާރުން ބަލައިގަންނަ ކަމަށާއި، އެކަންކަމަށް އަމަލުކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުންގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މާކް ފީލްޑް ވަނީ ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ރައީސް ޔާމީންގެ ސަރުކާރުން މިހާރު ކަން ކުރަމުން ގެންދަވާ ގޮތް ކުށްވެރި ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް

އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު