Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ދީނީ ހަމަނުޖެހުންތައް

މުސްލިމުންގެ ކިބައިން ބުޑިސްޓުން މަޢާފަށް އެދެން ޖެހޭ: ހައުސް ލީޑަރު

7 މާރިޗު 2018 | ބުދަ 02:16

ހަމަނުޖެހުންތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފައި ވަނީ 10 ދުވަހަށް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 7 މާރިޗު 2018 | ބުދަ 02:16
ކެންޑީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ރޯކޮށްލާފައިވާ ތަނެއް

ކެންޑީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ރޯކޮށްލާފައިވާ ތަނެއް

ލަންކާގެ ކެންޑީ ޑިސްޓްރިކްޓްގައި މުސްލިމުންނާއި ބުޑިސްޓުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގެ މައްސަލައިގައި މުސްލިމުންގެ ކިބައިން ބުޑިސްޓުން މަޢާފަށް އެދެން ޖެހޭނެ ކަމަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ހައުސް ލީޑަރު ލަކްޝްމަން ކިރިއެއްލާ ވިދާޅުވެއްޖެއެވެ.

ކިރިއެއްލާ ވިދާޅުވީ ޤާނޫނު ހަދާ މަޖިލީހަށް ޤަރާރެއް ވައްދައި، މުސްލިމުންގެ ކިބައިން ބުޑިސްޓުން މަޢާފަށް އެދެން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ދިގާނާ އަދި ތެލްދެނިޔާގައި ހިނގި ހަމަނުޖެހުންތައް ހިނގީ ޖާސޫސީ އިދާރާތަކުގެ ނާޤާބިލްކަމުން ކަމަށެވެ. އަދި އެސަރަހައްދުގައި ހަމަނުޖެހުންތައް ހިންގައި، މުސްލިމުންނާއި ބުޑިސްޓުންގެ މެދުގައި ހަމަނުޖެހުން އުފެއްދީ އެސަރަހައްދާ މާދުރުން އައި ބައެއް ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެކަން ފުލުހުންނަށާއި، އާއްމުންނަށް އެނގޭނެ ކަމަށާއި، އެހެން ނަމަވެސް އެސަރަހައްދުގައި ހަމަނުޖެހުން ހިންގަން އުޅޭކަން ފުލުހުންގެ އިސްކޮށް ތިބި ފަރާތްތަކަސް ނޭނގުނީ ޖާސޫސީ އިދާރާތައް ފެއިލްވުމުން ކަމަށް ކިރިއެއްލާ ވިދާޅުވިއެވެ.

ކެންޑީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ރޯކޮށްލާފައިވާ ތަނެއް

ކެންޑީގައި ހިނގި ދީނީ ހަމަނުޖެހުންތަކާ ގުޅިގެން ލަންކާގައި 10 ދުވަހަށް ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް، ހަމަނުޖެހުން ހިނގަމުންދާ ސަރަހައްދުތަކުގައި ބުދަ ދުވަހުގެ ހެނދުނާ ހަމަޔަށް ވަނީ ކާފިއު އިއުލާންކޮށްފައެވެ. ކިރިއެއްލާ ވިދާޅުވީ މުސްލިމުންނާއި ބުޑިސްޓުންގެ ދީނީ ލީޑަރުން ވާހަކަ ދައްކައިގެން މިހާރު މައްސަލަ ހައްލުވެފައި ވާކަމަށާއި، ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ދިނުމަށް ދެ ދީނުގެ ވިޔަފާރިވެރިން ވެސް އެއްބަސްވެފައި ވާކަމަށެވެ.

ހަމަނުޖެހުންތަކުގެ ސަބަބުން ލިބުނު ގެއްލުންތައް ދިރާސާކުރަނީ

ހަމަނުޖެހުންތަކާ ގުޅިގެން ލަންކާގެ ކެބިނެޓްގެ އެންމެ ބާރު ގަދަ އެއް ވަޒީރު ކަމަށްވާ މެގަޕޮލިސް އެންޑް ވެސްޓަރން ޑިވެލޮޕްމަންޓް މިނިސްޓަރ ޗަމްޕިކަ ރަނަވަކަ ވިދާޅުވީ ހަމަނުޖެހުންތައް އިތުރުވެ، ގެދޮރާއި މުދަލަށް ގެއްލުންދޭ ހިސާބަށް ކަންތައް ދިޔައީ ޤާނޫނު ތަންފީޒުކުރުމަށް ކަމާ ގުޅުން ހުރި އިދާރާތައް ލަސްވުމުން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަވެސް ދީނީ ހަމަނުޖެހުންތައް ހިނގަން ފެށިކަމުގެ ޚަބަރުތައް ފެތުރި، ސޯޝަލް މީޑިއާގައި އެވާހަކަތައް އާއްމުވުން ފިޔަވަޅު އެޅި ނަމަ ކަންތައް ގޯސް ނުވީސް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ރަނަވަކަ ވިދާޅުވީ މުސްލިމުންނާ މެދު އެހެން ދީންތަކުގެ މެދުގައި ނަފްރަތާއި ބިރުވެރިކަން އުފެއްދުމަށް ކުރާ ކަންތައްތަކުގެ ސަބަބުން ސިންގަޅަ ބުޑިސްޓުން ވެސް މުސްލިމުން ދެކެ ބައެއް ފަހަރު ބިރު ގަންނަ ކަމަށާއި، އެކަން އެހެން ވެގެން ނުވާނެ ކަމަށެވެ. އަދި ހައްދު ފަހަނައަޅާފައިވާ މުސްލިމުންނަކީ މަދު ބައެއް ކަމަށާއި، އެހެންކަމުން ލަންކާ އެކަތި ގަނޑެއްގެ ގޮތުގައި އޮންނާނީ ހުރިހާ ދީންތަކެއް އެކުވެގެން މަސައްކަތްކުރުމުން ކަމަށް ރަނަވަކަ ވިދާޅުވިއެވެ.

ހަމަނުޖެހުންތަކާއި ގުޅިގެން ކެންޑީގައި ސްޕެޝަލް ޓާސްކް ފޯސް ވަނީ ޑިޕްލޯއި ކޮށްފައި

އާބާދީގައި 21 މިލިއަން މީހުން ދިރިއުޅޭ ލަންކާގައި ގިނައީ ބުޑިސްޓް ސިންގަޅައިންނެވެ. އެއީ އާބާދީގެ ގާތްގަނޑަކަށް 75 އިންސައްތައެވެ. ބައި މަދު މުސްލިމުންނަކީ އެޤައުމުގެ އާބާދީގެ ގާތްގަނޑަކަށް 10 އިންސައްތައެވެ. އަދި 13 އިންސައްތަ ހިންދޫއިން އުޅޭއިރު، 7 އިންސައްތަ އަކީ ނަޞާރާއިންނެވެ.

ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އިދިކޮޅު ފަރާތްތަކުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތްކަމުގެ މައްސަލަ ޤާނޫނު ހަދާ މަޖިލީހަށް އަންގާރަ ދުވަހު ވައްދަން ތާވަލުކުރުމަށް ފަހު އެކަން ވަނީ ފަސްކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

08 ސެޕްޓެމްބަރު 2017

މިދިޔަ ދެ ހަފްތާތެރޭ ބަންގްލަދޭޝްއަށް ހިޖުރަކުރި ރޮހިންޖާ މުސްލިމުންގެ އަދަދު 270000 އަށް އަރައިފި

08 ސެޕްޓެމްބަރު 2017
މިދިޔަ ދެ ހަފްތާތެރޭ ބަންގްލަދޭޝްއަށް ހިޖުރަކުރި ރޮހިންޖާ މުސްލިމުންގެ އަދަދު 270000 އަށް އަރައިފި
05 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ އަވަށްތަކުގައި ހުއްޓުމެއް ނެތި ހުޅުޖަހާތާ މި އަދަށް 12 ދުވަސް!

05 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ އަވަށްތަކުގައި ހުއްޓުމެއް ނެތި ހުޅުޖަހާތާ މި އަދަށް 12 ދުވަސް!
08 ޖޫން 2017

މިހާބޮޑު ދެކޮޅުވެރި ކަމެއް ދުޝްމަނުންގެ ކިބައިންވެސް ނުދެކެން: ގަތަރުގެ ޚާރިޖީ ވަޒީރު

08 ޖޫން 2017
މިހާބޮޑު ދެކޮޅުވެރި ކަމެއް ދުޝްމަނުންގެ ކިބައިންވެސް ނުދެކެން: ގަތަރުގެ ޚާރިޖީ ވަޒީރު
20 މެއި 2017

"ދޮންކޭލާ، ރަލާ، ގެދޮރުގެ ވިޔަފާރި ކޮންޓްރޯލް ކުރީ އަހަރުމެން، ކޮރަޕްޝަނަށް މަޢާފަށް އެދެން"

20 މެއި 2017
"ދޮންކޭލާ، ރަލާ، ގެދޮރުގެ ވިޔަފާރި ކޮންޓްރޯލް ކުރީ އަހަރުމެން، ކޮރަޕްޝަނަށް މަޢާފަށް އެދެން"
30 އެޕްރީލު 2017

އުތުރުކޮރެއާ ހުއްޓުވައިދިނުމަށް އެމެރިކާގެ ކިބައިން ޕިލިޕީންސްގެ ރައީސް ޑުޓާޓެ އެދިވަޑައިގެންފި

30 އެޕްރީލު 2017
އުތުރުކޮރެއާ ހުއްޓުވައިދިނުމަށް އެމެރިކާގެ ކިބައިން ޕިލިޕީންސްގެ ރައީސް ޑުޓާޓެ އެދިވަޑައިގެންފި
01 އެޕްރީލު 2017

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
17 މާރިޗު 2017

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން
06 މާރިޗު 2017

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
28 ފެބުރުއަރީ 2017

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް