Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑް

ޔުނައިޓެޑްގެ ފުރަތަމަ 11 އިން ޖާގަ ނުލިބުމަކީ ގައުމީ ޓީމުން ރަޝްފޯޑަށް ފުރުޞަތު ގެއްލެންޖެހޭ ސަބަބެއް ނޫން: މޮރީނިއޯ

6 މާރިޗު 2018 | އަންގާރަ 04:26

މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ފަހުން ރަޝްފޯޑް އަށް ޔުނައިޓެޑްގެ ފުރަތަމަ 11 އިން ޖާގަ ލިބިފައެއްނުވޭ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 6 މާރިޗު 2018 | އަންގާރަ 04:26
މެންޗެސްޓަރ ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އިރުޝާދު ދެނީ

މެންޗެސްޓަރ ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އިރުޝާދު ދެނީ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑަށް އެކްލަބުގެ ފުރަތަމަ 11 އިން ޖާގަ ނުލިބުމަކީ، ފީފާ ވޯލްޑް ކަޕްގައި އިނގިރޭސި ގައުމީ ޓީމުން ޖާގަ ގެއްލެންޖެހޭ ސަބަބެއް ނޫން ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އުމުރުން 20 އަހަރުގެ ޒުވާން ފޯވާޑް، މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ފަހުން އިނގިރޭސި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ކުޅުނު އެއްވެސް މެޗެއްގެ ފުރަތަމަ 11 ގައި ހިމެނިފައެއްނުވެއެވެ.

އެހެންނަމަވެސް މޮރީނިއޯ ބުނީ، ފުރަތަމަ 11 ގައި ހިމެނިގެން ދަނޑަށް ނިކުތަސް، ނުވަތަ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތަސް ރަޝްފޯޑް އަކީ ޔުނައިޓެޑަށް އަބަދުވެސް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ.

އަދި ގައުމީ ޓީމުގެ ކޯޗު ރަޝްފޯޑް އަށް އިތުބާރު ކުރާނަމަ، އޭނާ ގައުމީ ޓީމަށް ނަގާނެ ކަމަށާއި، ކްލަބުގައި ކުޅުމުގެ ފުރުޞަތު ނުލިބުނަސް އެކަމުގައި މައްސަލައެއް ނެތް ކަމަށް މޮރީނިއޯ ބުންޏެވެ.

2016 ވަނަ އަހަރުގެ މެއި މަހު ގައުމީ ޓީމަށް ކުޅެން ފެށި ރަޝްފޯޑް ވަނީ، އިނގިރޭސި ގައުމީ ޓީމަށް 15 މެޗު ކުޅެ، 2 ލަނޑު ޖަހައިދީފައެވެ.

ކްލަބުގެ ފުރަތަމަ 11 އިން އާއްމުކޮށް ޖާގަ ނުލިބުނު ނަމަވެސް، ރަޝްފޯޑް ވަނީ މިސީޒަނުގައި ޔުނައިޓެޑް ކުޅުނު ހުރިހާ މުބާރާތެއްގައި 38 މެޗު ކުޅެ, 10 ލަނޑު ޖަހައިދީފައެވެ.

ޔުނައިޓެޑްގެ ފުރަތަމަ 11 އިން ޖާގަ ނުލިބުމާއި ގުޅިގެން މިއަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ އިނގިރޭސި ޓީމުން ރަޝްފޯޑަށް ޖާގަ ގެއްލިދާނެ ކަމުގެ ބިރު ހީވި ނަމަވެސް، މޮރީނިއޯ ވަނީ އެކަމުގެ ކަންބޮޑުވުމެއް ނެތް ކަމަށް ބުނެފައެވެ.

އަދި ކްލަބުގައި އަބަދުވެސް ރަޝްފޯޑް އަށް ފުރުޞަތު އޮންނަކަން އޭނާ އަށް އިނގޭނެ ކަމަށާއި، ފުރަތަމަ 11 ގައި ނުހިމެނޭނަމަ، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނަމަވެސް ޔުނައިޓެޑްގެ ކޮންމެ މެޗެއްގައި ރަޝްފޯޑް އަށް ފުރުޞަތު ދީފައިވާކަން މޮރީނިއޯ ފާހަގަ ކުރިއެވެ.

މޮރީނިއޯ އިތުރަށް ބުނީ، ކްލަބުގައި ކުޅެން ފުރުޞަތު ނުލިބޭ ކިތަންމެ ކުޅުންތެރިޔަކަށް ގައުމީ ޓީމުން ފުރުޞަތު ލިބޭ ކަމަށާއި، ޔުނައިޓެޑްގައިވެސް އެފަދަ ކުޅުންތެރިން އެބަތިބި ކަމަށެވެ.

އެގޮތުން ޔުނައިޓެޑްގެ ބަދަލު ކީޕަރު ސާޖިއޯ ރޮމޭރޯ އަށް ކްލަބުން ފުރުޞަތު ނުލިބުނު ނަމަވެސް، އޭނާ އަކީ އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވަނަ ކީޕަރުކަން މޮރީނިއޯ ފާހަގަ ކުރިއެވެ.

އަދި ރަޝްފޯޑަށް އިނގިރޭސި ގައުމީ ޓީމުން ފުރުޞަތު ދިނުމާއި ނުދިނުން އޮތީ ގައުމީ ކޯޗު ގެރެތު ސައުތުގޭޓްގެ އަތްމަތީގައި ކަމަށާއި، ޔުނައިޓެޑަށް ކުޅުނަސް އަދި ނުކުޅުނަސް ރަޝްފޯޑަށް އިތުބާރު ކުރާނަމަ ގައުމީ ޓީމުން ފުރުޞަތު ދޭނެ ކަމަށް މޮރީނިއޯ ބުންޏެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް