Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިން ހައްޔަރުކުރުން

މުރުޝިދަށް އަނިޔާކޮށް އިންޒާރު ދީފައިވޭ، އެއީ ފުލުހުން ބަދުނާމުވެ، ގަދަރު ކުޑަވާނެ ކަމެއް: ރާއްޖެޓީވީ

4 މާރިޗު 2018 | އާދީއްތަ 07:59

އަނިޔާ ކުރުމަކީ މުއައްސަސާއަކަށް އޮތް ބާރެއް ނޫން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 4 މާރިޗު 2018 | އާދީއްތަ 07:59
މުރުޝިދު ބިންމައްޗަށް ވައްޓާލުމަށްފަހު ފުރަގަހަށް ބިޑިއަޅުވަނީ-

މުރުޝިދު ބިންމައްޗަށް ވައްޓާލުމަށްފަހު ފުރަގަހަށް ބިޑިއަޅުވަނީ-

ހޮނިހިރު ދުވަހުގެރޭ މާލޭގައި މުޒާހަރާއެއް ކަވަރު ކުރަމުންދަނިކޮށް، ރާއްޖެޓީވީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލްހަކީމް ބިންމައްޗަށް ވައްޓާލައި ބިޑި އަޅުވައިގެން ހައްޔަރުކޮށް ލާއިންސާނީ އަމަލުތައް ހިންގައި އޭނާއަށް ފުލުހުން އިންޒާރު ދީފައިވާ ކަމަށާއި އެ އަމަލަކީ އެ މުއައްސަސާ ބަދުނާމުވެ، ގަރަދު ކުޑަވާނެ ކަމެއް ކަމަށް ރާއްޖެޓީވީން ބުނެފިއެވެ.

މުޒާހަރާގެ ވާހަކަތަކާއި ކަން ހިނގަމުންދާ ގޮތް، ކެމެރާގެ ކުރިމަތީގައި ވަގުތުން ކިޔައިދެމުންދަނިކޮށް، މުރުޝިދު ހައްޔަރުކޮށް، އަނިޔާކޮށްފައިވާތީ އެކަން ކުށްވެރިކޮށް ރާއްޖެޓީވީން އާދީއްތަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ނުހައްގުން އެއްވެސް މީހަކަށް އަނިޔާ ކުރުމަކީ އެއްވެސް މުއައްސަސާއަކަށް އަދި އެއްވެސް ޔުނިފޯމަކަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާއިރު، ފުލުހުން ގެންދަނީ ނޫސްވެރިންނަށް ހުރަސްއަޅައި، ނޫސްވެރިންނަށް ޓާގެޓްކޮށް ޕެޕާ ސުޕްރޭ ޖަހަމުން ކަމަށް ރާއްޖެޓީވީން ބުންޏެވެ. އަދި ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް އެތައް ނޫސްވެރިނެއް ހައްޔަރުކޮށްފައިވާ ކަމަށާއި ހާއްސަކޮށް، ރާއްޖެޓީވީގެ ނޫސްވެރިންނަށް ހުރަސް އެޅުމާއި އަނިޔާކުރުން އިތުރުވެފައިވާކަމަށް ރާއްޖެޓީވީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީން ބުނީ ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި މުރުޝިދަށް ފުލުހުންގެ ފަރާތުން ދެ ފަހަރެއްގެ މަތިން އަނިޔާކޮށްފައިވާ ކަމަށާއި މީގެ ދެ ތިން ހަފްތާ ކުރިން ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަނަށްވެސް ފުލުހުންގެ ފަރާތުން ސީރިއަސް އަނިޔާތަކެއް ލިބި ރާއްޖޭން ބޭރުން ފަރުވާ ހޯދަން ޖެހުނު ކަމަށެވެ.

އެތައް ބައެއްގެ ލޯތަކުގެ ކުރިމަތީގައި ހޮނިހިރު ދުވަހުގެ ރޭ މުރުޝިދަށް އަނިޔާ ކުރީ ފުލުހުން އަންގަމުން ދިޔަ ކަންކަމަށް ފުރިހަމައަށް އަމަލު ކުރަމުންދަނިކޮށް ކަމަށާއި އެގޮތައް ކަންތައް ކުރަމުންދަނިކޮށް އޭނާ ބިންމައްޗަށް ވައްޓާލައި ފުރަގަހަށް ބިޑި އަޅުވައިގެން ގެންދަން އުޅުމުގެ ތެރޭގައި ހަށިގަނޑުގެ ތަންތަން މަށައިގެން ގޮސްފައިވާ ކަމަށް ރާއްޖެޓީވީން ބުންޏެވެ. އަދި ދެ އަތުގައި ހިފައި ބިންމަތީގައި ދަމާފައި ގެންދިއުމުގެ ސަބަބުން މުރުޝިދަށް ވަރަށް ބޮޑަށް ތަދު އިހުސާސު ކުރެވުނު ކަމަށާއި މި ގޮތުން ދަމާފައި ކެމަރާތަކަށް ގެއްލޭ ހިސާބަށް ގެންދިއުމަށްފަހު މުރުޝިދަށް އިންޒާރު ދިން ކަމަށްވެސް އެ ސްޓޭޝަނުން ބުންޏެވެ. އެގޮތުން "ޖަހަން ޖެހިއްޖިއްޔާ ޖަހާނެ" ކަމަށްވެސް އޭގެ ތެރެއިން ބައެއް ފުލުހުން ބުނެފައިވާ ކަމަށްވެސް ރާއްޖެޓީވީން ބުންޏެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގެ ބުނާ ގޮތުން މުޒާހަރާތައް ކަވަރު ކުރާ ނޫސްވެރިންނަށް ފުލުހުން ފުރުސަތު ދޭންޖެހޭނެއެވެ. އެ ގާނޫނުން އެ ބާރު ނޫސްވެރިންނަށް ދީފައިވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގެ 54 ވަނަ މާއްދާގެ (ނ) އިންނެވެ. އެ މާއްދާގައި ބުނަނީ އެއްވުމެއް ބާއްވާ ފަރާތްތަކުން ކުރާ ކަންކަމާއި އެ އެއްވުމަކާ ގުޅޭ ގޮތުން ފުލުހުން އަޅާ ފިޔަވަޅުތައް ގާތުން ބަލައި އެކަންކަން ރިޕޯޓު ކުރުމަށްޓަކާ އެތަނުގައި ހަރަކާތްތެރިވާ އެކްރެޑިޓް ކުރެވިފައިވާ ނޫސްވެރިންނަށް ފުރުސަތު ދޭންޖެހޭނެ ކަމަށާއި އެ މީހުންގެ މަސައްކަތަށް ފުލުހުން ވިޔަސް ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި
25 ފެބުރުއަރީ 2017

މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ
25 ފެބުރުއަރީ 2017

ވަޅި ހަރައި މަރާލާނެ ކަމަށް ބުނެ މެމްބަރު އިމްތިޔާޒަށް އިންޒާރުދީފި

25 ފެބުރުއަރީ 2017
ވަޅި ހަރައި މަރާލާނެ ކަމަށް ބުނެ މެމްބަރު އިމްތިޔާޒަށް އިންޒާރުދީފި
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް