Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ވަކިވަކި ފަރާތްތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އީޔޫއިން ދީފި

ނިންމުން ނިންމާފައިވަނީ ބަހުސްކުރުމަކާއި ނުލައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 26 ފެބުރުއަރީ 2018 | ހޯމަ 10:44
ޔޫރަޕިއަން ޕާލިމެންޓް

ޔޫރަޕިއަން ޕާލިމެންޓް

ރާއްޖޭގައި މިހާރުގެ ހިނގަމުންދާ ކަންކަމުގެ ހާލަތު ރަނގަޅު ނުކޮށްފިނަމަ، ވަކިވަކި ފަރާތްތަކާއި ދެކޮޅަށް އަމާޒުކުރެވިފައިވާ ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ވިލާތުގެ އިއްތިހާދުން ދީފިއެވެ.

ވިލާތުގެ އިއްތިހާދުގެ ކައުންސިލްގެ 3598 ވަނަ ބައްދަލުވުމުގައި ހޯމަ ދުވަހު އެ ކައުންސިލުން ވަނީ ރާއްޖެއާއި ގުޅޭގޮތުން 7 ނުކުތާއެއް ފާހަގަކޮށް އެއްބަސްވެފައެވެ.

މި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ؛

  1. ރާއްޖޭގެ ހަލަތު ދަށްވަމުންދާކަން ފާހަގަކޮށް، ރާއްޖޭގެ ހުރިހާ ފަރާތްތަކަށް، ޚާއްސަކޮށް ސަލާމަތީ ޚިދުމަތްތަކަށް، މަޑުމައިތިރިކަމާއިއެކު އަމަލުކުރުމަށް ގޮވާލުން
  2. ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމްތަކުގެ ސައްޚަކަމާއިމެދު ސުވާލުއުފައްދައި، ސުޕްރީމް ކޯޓުގެ ފުރިހަމަ ބެންޗުން 1 ފެބްރުއަރީ 2018 ގައި ޙުކުމެއް ނެރެފައިވާ ކަމާއި، އެ ޙުކުމުގައި ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ މަޤާމު ނުގެއްލޭކަމަށް ނިންމާފައިވާކަން
  3. ރާއްޖޭގެ ޤާނޫނުއަސާސީ އާއި އެއްގޮތަށް، އާދައިގެމަތިން މަސައްކަތްކުރުމުގެ މިނިވަންކަން ޤާނޫނު ހަދާ މަޖިލީހަށާއި، ޝަރުޢީ ދާއިރާއަށް ލިބިދޭންޖެހޭކަން
  4. ރާއްޖޭގައި މިހާރު އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ޤާނޫނުއަސާސީން ޔަޤީންކޮށްދީފައިވާ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ގޮވާލުން. ޤާނޫނުގެ ވެރިކަމަށާއި، އިންސާނީ ޙައްޤުތަކާއި، ބަސް ބުނުމާއި، އިންސާފުވެރި ޝަރީއަތް ހިމެނޭގޮތަށް އަސާސީ ޙައްޤުތަކަށް ދިވެހި މުއައްސަސާތަކުން އިޚްތިރާމް ކުރުމަށް ގޮވާލުން. ސިޠާސީ ބޭނުންތަކަށް ޟީހުން ހައްޔަރުކުރުން ކުށްވެރިކޮށް، އެފަދަ ފަރާތްތައް ދޫކޮށްލަން ގޮވާލުން. ސުޕްރީމް ކޯޓަށް ނުފޫޒުފޯރުވުން ކުށްވެރިކޮށް، ޝަރުޢީ ދާއިރާ އާއި ފަނޑިޔާރުންނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކުށްވެރިކުރުން.
  5. ރާއްޖެ މިހާރު އޮތް ހާލަތުގެ އަސަރު، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށާއި، ފަތުރުވެރިންވެސް ހިމެނޭގޮތަށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކުރާނެކަމާއިމެދު ކަންބޮޑުވާކަން
  6. ރާއްޖޭގައި މިހާރު ކަން ހިނގަމުންދަނީ، ބާރުތައް ވަކިވެފައިވާ ޑިމޮކްރަސީގެ އުސޫލުތަކާއި ޚިލާފަށް ކަމާއި، ރާއްޖޭގެ ހާލަތު ރަނގަޅު ނުވެއްޖެނަމަ ކައުންސިލުން ވަކިވަކި ފަރާތްތަކާއި ދެކޮޅަށް އަމާޒުކުރެވިފައިވާ ދަތިކުރުމުގެ ފިޔަވަޅު ޖެހިދާނެކަން
  7. އިތުބާރުހިފޭ، ދެފުށްފެންނަ އެންމެންނަށް ހުޅުވާލެވިފައިވާ ރިޔާސީ އިންތިޚާބަކަށް މަގުފަހިކުރުމަށް އިދިކޮޅު ސިޔާސީ ލީޑަރުންނާއި މަޝްވަރާ ކުރުމަށް ސަރުކާރަށް ގޮވާލައި، އެފަދަ މަޝްވަރާތަކެއްގެ މެދުވެރިއެއްގެ ރޯލު އަދާކުރުމަށް އދ އަށް އެހީވުމަށް ވިލާތުގެ އިއްތިހާދު ތައްޔާރަށް އޮތްކަން

ވިލާތުގެ އިއްތިހާދުގެ ކައުންސިލުން ރާއްޖެއާއި މެދު މިފަދަ ނިންމުމެއް ނިންމާފައިވާއިރު، މިއީ އެ ކައުންސިލުން ރާއްޖެއާއިމެދު މިފަދަ ނިންމުމެއް މިގޮތަށް ނިންމި ފުރަތަމަ ފަހަރެވެ.

ގުޅިފައިވާ ޕާޓީތަކުން ވިލާތުގެ އިއްތިހާދުގެ މި ނިންމުމަކީ ރާއްޖޭގެ މިވަގުތުގެ ހާލަތާއިމެދު އެ ޖަމިއްޔާގެ ކަންބޮޑުވުން އޮތް މިންވަރާއި، ރާއްޖޭގެ ހާލަތު ދަށަށް ގޮސްފައިވާ މިންވަރު ހާމަވާ ނިންމުމެއް ކަމަށް ބުނެފައިވާއިރު ސަރުކާރުން ވަނީ މިއީ ހަމައެކަނި ބަޔާނެއް ކަމަށާއި، މި ނިންމުމުގައިވާ ކަންކަމަށް އަމަލުކުރަން ޖެހޭނެ ކަމަށް ނުދެކޭ ކަމަށް ބުނެފައެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
17 ފެބުރުއަރީ 2017

އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

17 ފެބުރުއަރީ 2017
އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު