Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަކީލުންގެ ސަސްޕެންޝަން

ލޯއޭޝިއާގެ ވަފުދު ރާއްޖެ އެތެރެވިޔަނުދީ ފޮނުވާލައިފި

ވަފުދު ރާއްޖެ އައީ އާދީއްތަ ދުވަހުގެރޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 26 ފެބުރުއަރީ 2018 | ހޯމަ 07:42
ރާއްޖޭގައި މަސައްކަތްކުރާ ބައެއް ޤާނޫނީ ވަކީލުން

ރާއްޖޭގައި މަސައްކަތްކުރާ ބައެއް ޤާނޫނީ ވަކީލުން

ރާއްޖޭގައި މަސައްކަތްކުރާ ވަކީލުންނާއި ބައްދަލުކޮށް، އެފަރާތްތަކަށް ހުރި ދަތިތައް ދެނެގަތުމަށް ރާއްޖެއަށް ޒިޔާރަތްކުރި ލޯއޭޝިއާގެ ވަފުދު ރާއްޖެއަށް އެތެރެވިޔަނުދީ އަނބުރާ ފޮނުވާލައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ލޯއޭޝިއާގެ އެންމެ އިސް ފަރާތްތައްވެސް ހިމެނޭ ގޮތަށް، އެ ޖަމުޢިއްޔާގެ ވަފުދެއް ރާއްޖެ އައިސްފައިވަނީ އާދީއްތަ ދުވަހުގެ ރެއެވެ. އަދި އެ ވަފުދު ރާއްޖެއަށް އެތެރެވިޔަނުދީ ހިފެހެއްޓުމަށް ފަހު އަނބުރާ ފޮނުވާލާފައި ވަނީ ހޯމަ ދުވަހުގެ ހެނދުނުއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބައެއް އިސް ވަކީލުންނާއި ބައްދަލު ކުރުމަށް އެޕޮއިންޓްމަންޓް ވެސް ހައްދައިގެން އާދީއްތަ ދުވަހުގެރޭ ރާއްޖެއަށް ޒިޔާރަތްކުރި ވަފުދުގައި ހިމެނެނީ އަށް ބޭފުޅުންނެވެ. އެއީ،

ލޯއޭޝިއާގެ ރައީސް ކްރިސްޓޮފާ ލިއޮން އާއި، ލޯއޭޝިއާގެ ކުރީގެ ރައީސް ޕްރަޝާންތު ކުމާރާއި ލޯއޭޝިއާގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު އުޕުލް ޖަޔަސޫރިޔާ އަދި ލޯއޭޝިއާގެ ކަންޓްރީ ކައުންސެލަރު އަދި ސިންގަޕޫރުގެ ބާ އެސޯސިއޭޝަންގެ ރައީސް ގްރެޖޯރީ ވިޖެޔަންދުރަންއެވެ. މީގެ އިތުރުން މެލޭޝިއާގެ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު މުހައްމަދު އަރީފާއި، ދަ ލޯ ސޮސައިޓީ އޮފް ނިއު ސައުތު ވޭލްސް ރައީސް ޑަގް ހަމްފްރީސް އާއި ޖަޕާނުގެ ބާ އެސޯސިއޭޝަންގެ މެންބަރު ޔަސުޝީ ހިގާޝިޒަވާގެ އިތުރުން ނިއު ސައުތު ވޭލްސްގެ ލޯ ސޮސައިޓީގެ މެންބަރު އަދި ލޯ އޭޝިއާގެ ސޮލިސިޓަ ކޭޓް ހިއުސަންއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ބޭފުޅުން ރާއްޖެއަށް އެތެރެވިޔަ ނުދިނުމުން އެ ވަފުދުން ދިވެހި ވަކީލުންނާއި ބައްދަލުކުރުމަށް ހެއްދި އެޕޮއިންޓްމަންޓްތައް ވެސް ވަނީ ކެންސަލް ކޮށްފައެވެ.

ލޯއޭޝިއާއިން ރާއްޖެއަށް ކުރި ދަތުރުގެ މައިގަނޑު މަޤުޞަދަކީ، ވަކީލުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާއި ގުޅިގެން ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑް ކުރި މައްސަލައާއި، ވަކީލުންނަށް ދިމާވެފައިވާ އެހެނިހެން ދަތިތަކާއި ގުޅޭގޮތުން އެ ޖަމުޢިއްޔާގެ ސަމާލުކަމަށް ދިވެހި ވަކީލުން ގެނެސްފައިވާ މައްސަލައާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމެވެ.

މިކަމާއި ގުޅިގެން އިމިގްރޭޝަންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ލޯއޭޝިއާއަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ ވަކީލުންނާއި، ފަނޑިޔާރުންނާއި، ޤާނޫނީ ދާއިރާގެ އެހެން ފަރާތްތަކާއި، އެ ދާއިރާގެ ޖަމުޢިއްޔާތައް ހިމެނޭގޮތަށް، އެފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކޮށް، އެފަރާތްތަކުގެ ކަންބޮޑުވުންތައް، ކަމާއިބެހޭ ފަރާތްތަކާއި ހަމައަށް ގެންގޮސްދިނުމަށް އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ.

ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޙައްޤުގައި މަސައްކަތްކުރާ ޖަމުޢިއްޔާއެއްގެ ވަފުދެއް ރާއްޖެއަށް އެތެރެވިޔަނުދީ އަނބުރާ ފޮނުވާލާފައިވާ މި ވަގުތަކީ، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް، ސަލާމަތީ ޚިދުމަތްތަކުން ގަދަކަމުން ސުޕްރީމް ކޯޓަށް ވަދެ، އުއްތަމަ ފަނޑިޔާރާއި، އެ ކޯޓުގެ އިތުރު ފަނޑިޔާރަކު ހައްޔަރުކޮށްފައިވާ ދަނޑިވަޅެކެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު