Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީޔޫ - ދިވެހިރާއްޖެ

އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

25 ފެބުރުއަރީ 2018 | އާދީއްތަ 21:16

ސަރުކާރުގެ އޮފިޝަލުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލައްވާފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 25 ފެބުރުއަރީ 2018 | އާދީއްތަ 21:16
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖޭގައި އިންސާނީ ހައްގުތަކަށް އަރައިގަންނަމުން އަންނަ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ޔޫރަޕިއަން ޔޫނިއަންއަށް ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަން ކުށްވެރިކުރުމުގެ ބަދަލުގައި އިންސާނީ ހައްގުތައް ނިގުޅައިގަންނަމުން އަންނަ މީހުންނާއި ދެކޮޅަށް ޔޫރަޕިއަން ޔޫނިއަންއިން ފިޔަވަޅު އެޅުމަށް ގޮވާލައްވާ ކަމަށެވެ. ރައީސް ނަޝީދުގެ މި ޓްވީޓުގައި އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ގާނޫނީ ވަކީލު ޖެރެޑް ގެންސާ މި މައްސަލައާ ގުޅިގެން އީޔޫއަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ހާއްސަ ކަރުދާހެއް އެޓޭޗް ކުރައްވާފައެވެ.

Advertisement - newsAdvertisement

"ޕާސަސް ސްޓެރެޖީސް" އިން ތައްޔާރުކޮށްފައިވާ މި ކަރުދާހަކީ 63 ސަފްހާގެ ކަރުދާހަކަށްވާއިރު މި ކަރުދާހުގައި ވަނީ ރާއްޖޭގައި އިންސާނީ ހައްގުތަކަށް އަރައިގަތުމަށް ކުރެވިފައިވާ ކަންކަން ވަރަށް ތަފްސީލު ގޮތެއްގައި ހިމަނާފައެވެ. އެގޮތުން ގަސްތުގައި މީހުން ގެއްލުވާލުމާއި ނުހައްގުން މީހުން ހައްޔަރުކުރުމާއި ހައްޔަރުކުރެވޭ ވަގުތާއި ހައްޔަރު ކުރުމަށްފަހު ހައްޔަރުކުރެވޭ ފަރާތްތަކަށް ތަފާތު އެކި އަނިޔާ ކުރެވޭ ކަމަށާއި އެފަދަ ފަރާތްތަކުގެ މައްޗަށް ސާބިތުނުކުރެވޭ ތުހުމަތުތަކެއް ކުރެވިފައިވާ ކަމަށެވެ.

ހަމައެހެންމެ އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮވާލުންތަކަށް ފުރަގަސްދީ ޑިއު ޕްރޮސެސްއަށް އަމަލުނުކޮށް މިނިވަން ޖުޑީޝިއަރީއެއް ނެތް ކަމަށް ގިނަ ބަޔަކު ބުނަމުންދާ އިރުވެސް ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް މި ކަރުދާހުގައިވެއެވެ. މީގެއިތުރުން ގާނޫނު އަސާސީއިން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމަށް ހުރަސް އަޅަމުންދާ ކަމަށް ވެސް މި ކަރުދާހުގައިވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ކުށްކުރާ މީހުންނަށް ހިމާޔަތްދެމުންދާ ކަމަށް ވެސް މި ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ގޭންގުތަކާއި ފުލުހުންގެ ފަރާތުން ނޫސްވެރިންނަށާއި އިދިކޮޅު ސިޔާސީ ފަރާތްތަކަށާއި އެކްޓިވިސްޓުންނާއި ދެކޮޅަށް ދެމުންދާ ހަމަލާތައް ތަހުގީގު ކުރެވިފައި ނުވާކަމަށް ވެސް މި ކަރުދާހުގައިވެއެވެ.

ރައީސް ޔާމީން ސަރުކާރާ ހިންގެވުމާ ހަވާލުވުމަށްފަހު ދައުލަތް ހިންގުމުގެ ހުރިހާ ބާރެއް މުށުތެރެއަށް ލައްވާފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ޖުޑީޝިއަރީއަށް ނުފޫޒު ފޯރުވައި ރައްޔިތުންގެ މަޖިލީހަށް ވެސް އަތްގަދަކޮށްފައިވާކަމަށް މި ކަރުދާހުގައިވެއެވެ. ހަމައެހެންމެ އެމަނިކުފާނުގެ ނިންމުންތަކާއި ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅުން ނުފޫޒާއި ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރައްވައިގެން އެ މަގާމުތަކުން ދުރުކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

ރައީސް ޔާމީން 2013 ވަނަ އަހަރު ވެރިކަމާއި ހަވާލުވެޑައިގެންނެވި ފަހުން އީޔޫއިން އެމަނިކުފާނުގެ މިފަދަ އަމަލުތައް ކުށްވެރިކުރި ނަމަވެސް އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައިނުވެއެވެ.

މި ކަރުދާހުގައި ވަނީ އީޔޫއިން އިންސާނީ ހައްގުތަށް ފޯރުކޮށްދިނުމުގައި އިހުމާލުވެފައިވާ ގައުމުތަކުގެ ތެރެއިން ބެލާރޫސް، ބުރުންޑީ އަދި ވެނެޒުއޭލާގެ އިތުރުން ޒިމްބާބުވޭއާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާކަން ފާހަގަކޮށް، ރާއްޖެ ވެސް މިއަދު އޮތީ އެފަދަ ހާލަތެއްގައި ކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ރާއްޖޭގެ ސަރުކާރުން ރައްޔިތުންނަށް ބިރު ދައްކަމުންދާ ކަމަށާއި އިންޓެލިޖެންސް އަދި ސަލާމަތީ ހިދުމަތްތައް މިފަދަ ކަންކަން ކުރުމުގައި ސަރުކާރުން ބޭނުންކުރަމުންދާ ކަމަށް ވެސް މި ކަރުދާހުގައިވެއެވެ. ހަމައެހެންމެ މިފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވެފައިވާ ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން މިވަގުތު ވަނީ ބިރުވެރިކަމެއްގެ ތެރޭގައިކަން ވެސް ފާހަގަކޮށްފައިވެއެވެ. ރާއްޖެއަކީ އާބާދީގެ ނިސްބަތުން އިސްލާމިކް ސްޓޭޓްއަށް ނިސްބަތްވާ މީހުން އެންމެ ގިނަ ގައުމު ކަމަށާއި މިކަމުގެ ސަބަބުން ސަރަހައްދީ ގައުމުތަކަށް ވެސް ނުރައްކާ އޮތްކަން ފާހަގަކޮށްފައިވެއެވެ.

ރައީސް ޔާމީނާއެ އެމަނިކުފާނުގެ ސަރުކާރާއި ދެކޮޅަށް އީޔޫއިން ފިޔަވަޅު އަޅަންޖެހޭ މައިގަނޑު ތިން ސަބަބެއް މި ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ރާއްޖެއަކީ އިސްލާމިކް ސްޓޭޓްއަށް ނިސްބަތްވާ ގިނަ ހަނގުރާމަވެރިންގެ ގައުމަކަށްވުމާއެކު މިއީ ދުނިޔޭގެ ސަލަމާތަށް ވެސް ހުރި ނުރައްކަލެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. ދެވަނަ ކަމަކަށް ފާހަގަކޮށްފައިވަނީ ރައީސް ޔާމީންގެ ފަލްސަފާއާއި އެމަނިކުފާނުގެ ސަރުކާރުގެ އޮފިޝަލުންނަކީ ރާއްޖޭގައި ޑިމޮކްރެސީގެ ރިވެތި އުސޫލުތައް ނައްތާލައި އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ބަޔަކަށްވުމެވެ. ހަމައެހެންމެ ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރާއްޖެ އޮންނަ ސަރަހައްދަކީ ވަރަށް މުހިންމު ސަރަހައްދަކަށް ވުމާއެކު ރާއްޖޭގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވުމަކީ އީޔޫއަށް ވެސް ހުރި ނުރައްކަލެއް ކަމަށެވެ.

އީޔޫއަކީ ބައިނަލްއަގްވާމީ ގޮތުން އިންސާނީ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރާ އިއްތިހާދައަކަށް ވުމާއެކު ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާއި ގުޅޭގޮތުން އެ އިއްތިހާދުގެ ކައުންސިލްގައި ގޮތެއް ނިންމުމަށް މި ކަރުދާހުގައި ވަނީ އެދިފައެވެ. ހަމައެހެންމެ ރައީސް ޔާމީގެ ސަރުކާރުގެ އޮފިޝަލުންނާއި އެ އޮފިޝަލުންގެ އަރިސް ބޭފުޅުންނާއި ދެކޮޅަށް ވަގުތުން ވަގުތަށް ފިޔަވަޅު އަޅައިދިނުމަށް ވެސް ވަނީ އެދިފައެވެ.

މިފަދަ ކަރުދާހެއް އީޔޫއަށް ހުށަހެޅިފައިވާއިރު ހޯމަ ދުވަހު އޮންނަ އީޔޫ ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖެއާ މެދު ގޮތެއް ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. ހަމައެހެންމެ ރާއްޖެއާ މެދު ގޮތެއް ނިންމާނީ އެއްވެސް ބަހުސްކުރުމަކާއި ނުލައިކަން ވެސް ވަނީ ކަށަވަރުވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް