Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒައިދުގެ މައްސަލަ

ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ

މައްސަލަ ބަލަނީ ޕްރޮފެޝަނަލް ސްޓެންޑަޑް އިން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2017 | ބުރާސްފަތި 14:25
ޒައިދުލް އަމީން، ރައީސް މައުމޫނާއެކު

ޒައިދުލް އަމީން، ރައީސް މައުމޫނާއެކު

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް ބަޔާން ދިނުމަށް، ފުލުހުންގެ ބަންދުގައި ހުރި، މާލޭސިޓީ ކައުންސިލް މެންބަރު ޒައިދުލް އަމީނަށް މަޖުބޫރުކުރަމުންދާ ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

އިތުރު ބަޔަކާ ބައިވެރި ވެގެން، ވީޑިއޯއެއް ބޭނުން ކޮށްގެން އެކިއެކި މީސްމީހުން ބްލެކްމެއިލް ކުރުމަށް ރާވާ، އެ ވީޑިއޯތައް މީޑިއާއަށް ދީގެން މާލީ ގޮތުންނާއި ސިޔާސީ ގޮތުން މަންފާތަކެއް ލިބިގަތުމަށް މަސައްކަތް ކުރަމުން ދާކަމަށް ތުހުމަތުކޮށް ޒައިދު ހައްޔަރުކުރީ މިދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

މިހާތަނަށް ޒައިދުގެ ބަންދުގެ މުއްދަތު ހަތަރު ފަހަރެއްގެ މަތިން އިތުރުކޮށްފައިވާއިރު، ބުދަ ދުވަހު ޒައިދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހައްޔަރުގައި ބަހައްޓައިގެން ބަޔާން ނެގިއިރު، ހައްޔަރުކޮށްގެން އުޅެނީ ކޮންފަރާތްތަކެއް ބްލެކްމެއިލް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ކަމެއް ފުލުހުން ބުނެދީފައިނުވާ ކަމަށެވެ.

ޒައިދު ވިދާޅުވީ ފުލުހުން މަސައްކަތް ކޮށްފައިވަނީ ސަރުކާރާ ދެކޮޅަށް ރައީސް މައުމޫން ރޭވުންތަކެއް ރާވަމުންދާ ކަމުގައި ބުނެ، ރައީސް މައުމޫނާ ދެކޮޅަށް ބަޔާނެއް ހޯދުމަށް ކަމަށެވެ. އަދި ޕީޕީއެމްގެ އޮފީހުން ގެއްލުނު ކަމަށް ބުނާ ހާޑް ޑިސްކާއި ފުލުހުން ބޭނުންވެގެން އުޅޭ ވީޑިއޯއަކާ ގުޅޭ ގޮތުން ސުވާލުކޮށް، އެތަކެތި ރައީސް މައުމޫން އަތްޕުޅުގައިވާ ކަމަށް ބަޔާނެއް ދިނުމަށް ފުލުހުން އެދުނު ކަމަށް ޒައިދު ވިދާޅުވެފައިވެ އެވެ.

ޒައިދުގެ ބަޔާނުގައި ވަނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން ތަހުގީގުގައި، ޒައިދުގެ ވަކީލު މަހުފޫޒް ސައީދަކީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ވަކީލެއް ކަމަށާއި ވަކީލު ބަދަލުކުރުމަށް އަންގާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، ރައީސް މައުމޫނުގެ އެއްވެސް ބާރެއް މިހާރު ނެތްކަމަށާއި ރައީސް މައުމޫނަށް ތާއީދުކުރުން ހުއްޓާލައި، ސަރުކާރާއި ގުޅުމަށް ނަވާޒް އެދިވަޑައިގެންނެވި ކަމަށް ޒައިދު ވަނީ ތުހުމަތު ކުރައްވާފަ އެވެ. އަދި ސަރުކާރުން ބޭނުންވާ ކޮންމެ ވަޒީފާއެއް ވިޔަސް ހަމަޖައްސައި ދެވިދާނެ ކަމަށް ނަވާޒް ވިދާޅުވެފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ރައީސް މައުމޫން ހައްޔަރުކުރުމަށްޓަކައި ބަޔާން ކޮންމެހެން ވެސް ބޭނުންވާކަމަށާއި، އެކަމުގައި އެއްބާރުލުން ނުދީފިނަމަ "ޝުމްބާ ގޮންގް" ޖަލުގައި ޝަރީޢަތެއް ނެތި އޮންނަހެން އޮންނަން ޖެހޭނީ ޖަލުގައި ކަމަށް އެތައް ފަހަރަކު ނަވާޒް ވިދާޅުވި ކަމަށް ވެސް ޒައިދުގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ފުލުހުންގެ މުއައްސަސާގެ މައްޗަށް ކޮށްފައިވާ ބޮޑެތި ތުހުމަތުތަކާ ގުޅިގެން ފުލުހުން ކުރި ޓްވީޓެއްގައި ވަނީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން މައްސަލަ ބަލަމުންދާ ކަމަށެވެ.

ޒައިދުގެ މައްސަލައިން ނަވާޒް ދުރުކުރިކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު