Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލީސް

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތަށް 30 ދުވަސް އިތުރު ކުރުމަށް މަޖިލީހަށް ހުށަހަޅުއްވައިފި

19 ފެބުރުއަރީ 2018 | ހޯމަ 15:03

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ފެބްރުއަރީ 05 ގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 19 ފެބުރުއަރީ 2018 | ހޯމަ 15:03
ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތަށް އިތުރު 30 ދުވަސް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ކަމަށް ބުނެ، ހާއްސަ ޖަލްސާއެއް ހޯމަ ދުވަހު ބާއްވާ މި ޖަލްސާގައި ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަޖިލީހަށް ހުށަހަޅުއްވާފައިވާ ސިޓީ އިއްވާ ދެއްވާފައިއެވެ.

Advertisement - newsAdvertisement

މާދަމާ އަށް ހަމަވާ 15 ދުވަހުގެ މުއްދަތަށް 30 ދުވަސް އިތުރުކުރުމަށް ރައީސް ޔަމީން ހުށަހެޅުއްވި ހުށަހެޅުއްވުމާ އެކު ފާސްވެއްޖެނަމަ ކުއްލި ހާލަތު ޖުލްމަ 45 ދުވަަަހަށް ދެމިގެންދާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެންބަރުން ނުވައްދައި ޖަލްސާ ކުރިއަށް ގެންދާތީ އިދިކޮޅު ފަރާތްތަކުން ވަނީ ޖަލްސާ ބޮއިކޮޓްކޮށްފައެވެ. ޖަލްސާގައި ތިއްބެވީ ސަރުކާރަށް ތާއިދުކުރާ 39 މެންބަރުންނެވެ.

ރައީސް ޔާމީން މަޖިލީހަށް ފޮނުއްވާފައިވާ ސިޓީގައި މައިގަނޑު ގޮތެއްގައި ވިދާޅުވެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިއިރު އޮތް ހާލަތު އަދިވެސް އެބައޮތް ކަމަށާއި އެހެންކަމުން މިހާރު އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތަށް އިތުރު 30 ދުވަހުގެ މުއްދަތު އިތުރު ކުރުމަށް މަޖިލީހަށް ހުށަހަޅުއްވާ ކަމަށެވެ.

ގާނޫނުއަސާސީގެ ބޭނުން ކެނޑިގެންދާނެ ކަމަށް ގަބޫލު ކުރެވިގެން ކަމަށް ވިދާޅުވެ، މުޅި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު 15 ދުވަހަށް ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާފައި ވަނީ މި ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރެއެވެ.

ދައުލަތުގެ މީޑިއާ މެދުވެރިކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރެވެ.

ރައީސް ޔާމީން މަޖިލީހަށް ފޮނުއްވި މިމައްސަލަ ހޯމަ ދުވަހުގެ ޖަލްސާގައި އެ މައްސަލައަށް ބަހުސް ކުރުމަށް ފަހު، އެމައްސަލަ މިވަނީ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮނުވާފައެވެ.

ގައުމީ ސަލާމަތުގެ ކޮމެޓީއަށް އެމައްސަލަ ދިރާސާ ކުރުމަށް ފޮނުވުމަށް ފާސްކޮށްފައި ވަނީ 38 މެމްބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު މެމްބަރު ވަނީ މަޖިލީހުގެ މިޖަލްސާ ބޮއިކޮޓް ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައި ގާނޫނުއަސާސީގެ 20 މާއްދާއަކުން ރައްޔިތުންނަށް ކަށަވަރުކޮށް ދޭ ހައްގުތަކާއި މުއައްސަސާތަކަށް ލިބިގެންވާ ބާރުތައް ވަނީ ހިފަހައްޓާފައެވެ. ހިފަހައްޓާފައިވާ ހައްގުތަކުގެ ތެރޭގައި ޒާތީ ދިރިއުޅުމުގެ ހައްގާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާއި އެއްވެ އުޅުމުގެ ހައްގާއި ސުޕްރީމް ކޯޓުގެ ބާރުތައް ހިފެހެއްޓުން ހިމެނެއެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށްފަހު ވަނީ ސުޕްރީމް ކޯޓުގެ ބާރުތައް އެކޯޓަށް ދޫކޮށްލާފައެވެ.

ކުއްލި ނުރައްކަލުގެ ގަރާރުން ހިފެހެއްޓި މާއްދާތައް:

މާއްދާ 24: ޒާތީ ދިރިއުޅުން މާއްދާ 29: މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަން މާއްދާ 31: ހަޅުތާލުކުރުމުގެ ހައްގު މާއްދާ 32: އެއްވެއުޅުމުގެ މިނިވަންކަން މާއްދާ 43: އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައްއެޅުން މާއްދާ 44: ޝަހްސީ ޒިންމާ މާއްދާ 45: ގާނޫނާ ހިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުން މާއްދާ 46: ހައްޔަރުކުރުމާއި، ބަންދުކުރުމުގެ ބާރު މާއްދާ 47: ހިފެހެއްޓުމާއި ފާސްކުރުމާއި މުދާ އަތުލުން މާއްދާ 49: ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުން މާއްދާ 50: އަވަހަށް މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުން މާއްދާ 56: އިސްތިއުނާފުކުރުމުގެ ހައްގު މާއްދާ 58: ބަދަލު ލިބިދިނުން މާއްދާ 65: ހައްލުހޯދުމަށްޓަކައި ދައުވާކުރުމުގެ ހައްގު މާއްދާ 99: ރައްޔިތުން މަޖިލީހަށް މީހުން ހާޒިރުކުރުން މާއްދާ 100: ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުން މާއްދާ 101: ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓް މާއްދާ 113: ސުޕްރީމްކޯޓުގެ ނިންމުން މާއްދާ 228: ޕްރޮސިކިއުޓާ ޖެނެރަލް މަގާމުން ވަކިކުރުން 145ވަނަ މާއްދާގެ (ނ): ގާނޫނުއަސާސީ އާއި ގާނޫނު މާނަކުރުމުގައި، އަދި ޝަރީޢަތުން ބަލާ އެނޫން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން

މިއީ ރައީސް ޔާމީންގެ ވެރިކަމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ދެ ވަނަ ފަހަރެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ އެކު 48 ގަޑިއިރުގެ ތެރޭގައި އެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. ނަމަވެސް އެ މުއްދަތުގައި މަޖިލީހަށް ހުށަހެޅުމެއް ނެތި ރައީސް ޔާމީން މިވަނީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތު އިތުރު ކުރުމަށް މަޖިލީހަށް ހުށަހަޅުއްވާފައެވެ.

ގާނޫނުއަސާސީގެ 257 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާ ވަގުތަކީ މަޖިލީހުގެ ދައުރެއް ހިނގަމުންނުދާ ވަގުތެއް ނަމަ ބަންދު ދުވަސްތައް ވެސް ހިމަނައިގެން 14 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އެއްކޮށް އެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވެ، ހެކި ހުށަހެޅުމަށް އަމީން ފައިސަލަށް 15 ދުވަސް!

21 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވެ، ހެކި ހުށަހެޅުމަށް އަމީން ފައިސަލަށް 15 ދުވަސް!
21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް