Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުއްތަމަ ފަނޑިޔާރު

ހެކިތައް ހުރި ކަމަށް ބުނާ އިރު އެކަމާ ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރާ ސުވާލެއް އަދި ނުކުރޭ: ވަކީލު

14 ފެބުރުއަރީ 2018 | ބުދަ 12:46

ހޭބިއަސްކޯޕަސްގެ މައްސަލައެއް ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 14 ފެބުރުއަރީ 2018 | ބުދަ 12:46
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ޓީމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިސާން އާއި މާރިޔާ މައުލޫމާތު ދެއްވަނީ: ފޮޓޯ-ރާއްޖެއެމްވީ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ޓީމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިސާން އާއި މާރިޔާ މައުލޫމާތު ދެއްވަނީ: ފޮޓޯ-ރާއްޖެއެމްވީ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ތުހްމަތުކުރާ މައްސަލާގައި ގިނަ ހެކިތަކެއް އެބަހުރި ކަމަށް ފުލުހުން މީޑިޔާ މެދުވެރިކޮށް ބުނަމުން ދިޔަ ނަމަވެސް އެއިން އެއްވެސް ކަމަކާ ގުޅޭ ގޮތުން ފުލުހުންގެ ތަހްގީގުގައި މިހާތަނަށް ސުވާލެއް ކޮށްފައިނުވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ޓީމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިސާން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހްމަތުތަކަށް އެމަނިކުފާނު އިންކާރު ކުރައްވާ ކަމަށެވެ. ހިސާން ވިދާޅުވީ ތުހްމަތުކުރެވޭ މައްސަލަތަކާ ހަވާލާދޭ ގާނޫނީ މާއްދާތައް އުއްތަމަ ފަނޑިޔާރަށް ފުލުހުން އިއްވުމުން އެއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްގެން ކޮށްފައިވާ ތުހްމަތުތަކެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް އުއްތަމަ ފަނޑިޔާރުގެ ދެއްވި ޖަވާބާ ގުޅިގެން އެ ތުހްމަތުތަކަކީ އަސާސެއް ނެތް ތުހްމަތުތަކެއް ކަމަށް އެއްވެސް ތާކުން ކަނޑައަޅާފައިނުވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ. އަދި ކުށެއްގެ ތުހްމަތު ކުރެވުމުން އެ ކުށަކަށް އިންކާރު ކުރުމަކީ ކޮންމެ މީހަކަށް ވެސް ލިބިފައިވާ ހައްގެއް ކަމަށްވާއިރު އެ ހައްގު ވެސް އުއްތަމަ ފަނޑިޔާރަށް ލިބިގެން ނުވަނީތޯ ހިސާން ސުވާލު އުފެއްދެވިއެވެ.

"ހަނު ހުރުމުގެ ހައްގު ބޭނުން ކުރުމާއި ނުކުރުމާ ހިސާބަށް ވެސް ދާނީ އެމަނިކުފާނުގެ މައްޗަށް ތުހްމަތު ކުރެވޭ މައްސަލައިގައި ސުވާލެއް ކުރުމުން. އަދި ތަހްގީގަށް އެއްބާރުލުން ދިނުމާއި ނުދިނުން ބިނާވާނީ ސުވާލެއް ކުރުމުން، އަދި އެ ވިދާޅުވާ ތުހްމަތުތަކާ ގުޅޭ ގޮތުން ސުވާލެއް ނުކުރޭ،" ހިސާން ވިދާޅުވިއެވެ.

އަދި ތަހްގީގަށް އެއްބާރުލުން ދިނުން ފުލުހުން މާނަކުރަނީ ކިހިނެތްކަން ސާފުނުވާ ކަމަށް ވެސް ހިސާން ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެނަކަށް ނުވިސްނޭ ފުލުހުން އެބުނާ އެއްބާރުލުން ދިނުމަކީ ކޮބައި ކަމެއް. އެއްބާރުލުން ދިނުމަކީ އެ ބޭފުޅުން އެ ކުރާ ތުހްމަތެއް ކުރީމަ އިއުތިރާފުގެ ބަޔާނެއް ދިނުންތޯ. އެ ބޭފުޅުން ގެންނަވާ ކޮންމެ އެއްޗެއްގައި ސޮއި ކުރުންތޯ،" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ފުލުހުންގެ ބަންދަށް ގެނެވޭ މީހާގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރުކުރަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ މާއްދާ ސަސްޕެންޑް ކުރީ ވެސް އުއްތަމަ ފަނޑިޔާރު ހައްޔަރުކުރުމަށް ފަހު ކަމަށްވާއިރު އެމަނިކުފާނު ކޯޓަށް ހާޒިރުކުރަން ޖެހޭނެ ކަމަށެވެ. އަދި އެމަނިކުފާނު އެ ހުންނެވީ ގައިރު ގާނޫނީ ބަންދެއްގައިކަން ފާހަގަ ކުރައްވައި، ހިސާން ވިދާޅުވީ ހޭބިއަސްކޯޕަސްގެ މައްސަލައެއް ކްރިމިނަލް ކޯޓަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

ހަމަ އެހެންމެ އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމާފައި ވަނީ ފަނޑިޔާރުންގެ ގާނޫނީ ޖުޑިޝަލް ސާވީސްގެ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެ ނިންމުމާ ގުޅިގެން ޖުޑިޝަލް ސާވީސް ކޮމިޝަން ޖަވާބުދާރީކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް