Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ރާއްޖެޓީވީ ޕޯލް: އަސްކަރީ އެހީއާއެކު އިންޑިއާގެ މަންދޫބެއް ރާއްޖެ ގެންނަން ދިވެހިން ދެކޮޅު!

11 ފެބުރުއަރީ 2018 | އާދީއްތަ 03:19

ވޯޓުގައި 9،800 އަށް ވުރެ ގިނަ މީހުން ބައިވެރިވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 11 ފެބުރުއަރީ 2018 | އާދީއްތަ 03:19
ގުޅިފައިވާ ޕާޓީތަކުގެ މަގުމަތީ ހަރަކާތުގެ ތެރެއިން--

ގުޅިފައިވާ ޕާޓީތަކުގެ މަގުމަތީ ހަރަކާތުގެ ތެރެއިން--

ހައްޔަރުކޮށްފައިވާ ސިޔާސީ ކުށްވެރިންނާއި ފަނޑިޔާރުން މިނިވަން ކުރުމަށް އިންޑިއާގެ އަސްކަރީ އެހީއާއެކު އެ ގައުމުގެ މަންދޫބެއް, ރާއްޖެ ފޮނުވަން ގިނަ ބަޔަކު ދެކޮޅުކަން "ރާއްޖެޓީވީ"އިން ނެގި ވޯޓުން އެނގިއްޖެ އެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ރާއްޖެޓީވީން ޓްވީޓާގައި ނެގި ޕޯލުގައި 9،800 އަށް ވުރެ ގިނަ މީހުން ވޯޓު ދީފައިވާއިރު، 70 ޕަސެންޓް މީހުން ބުނެފައި ވަނީ އިންޑިއާގެ އަސްކަރީ އެހީއާއެކު އެ ގައުމުގެ މަންދޫބެއް, ރާއްޖެ ފޮނުވަން ދެކޮޅު ހަދާ ކަމަށެވެ. ނަމަވެސް 28 ޕަސެންޓް މީހުން ވޯޓު ދީފައި ވަނީ އިންޑިއާގެ މަންދޫބެއް ރާއްޖެ ފޮނުވަން ތާއީދު ކުރާ ކަމަށެވެ. އެ ޕޯލުގައި ވަކި ކޮޅަކަށް ނުޖެހި ދެ ޕަސެންޓް މީހުން ވޯޓު ދީފައިވެއެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީން އެ ޕޯލު ހުޅުވާލީ ރައީސް ނަޝީދު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ނަޝީދު ޓްވީޓު ކުރައްވާފައި ވަނީ ހައްޔަރުކޮށްފައިވާ ފަނޑިޔާރުންނާއި ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށް މިލިޓަރީ އެހީއާއެކު އިންޑިއާގެ މަންދޫބެއް ރާއްޖެ އަންނަން ޖެހޭ ކަމަށާއި މި ހާލަތުގައި އިންޑިއާ އެކަމަށް ހާޒިރުވާންޖެހޭ ކަމަށެވެ.

ނަޝީދުގެ އެ ވާހަކަފުޅުތަކާ ގުޅިގެން، ކަންބޮޑުވުންފާޅުކޮށް ސަރުކާރު ހިންގާ ޕާޓީން ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ނަަމަވެސް ގުޅިފައިވާ ޕާޓީތަކުން ބުނެފައި ވަނީ ސަރުކާރުން އުޅެނީ ނަޝީދު ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅުވާލައިގެން ކަމަށާއި ނަޝީދު އިޝާރާތް ކުރެއްވީ ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް މަޝްވަރާ ކުރުމަށް މަންދޫބެއް ފޮނުވުމަށް ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުނޫޒުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނި ވަކީލު އަލީ ހުސައިން ވިދާޅުވީ ރާއްޖެއަށް ބޭރުގެ ލަޝްކަރެއް އަރައި ހަތިޔާރުގެ ބޭނުން ކުރަންޖެހޭ ފަދަ ހާލަތަކަށް ގައުމު ދިޔަ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރަން ދިވެހި ގައުމަށް، ބޭރުގެ ބަޔަކު ނުވަތަ ބޭރުގެ ލަޝްކަރެއް އަރައި ހަތިޔާރުގެ ބޭނުން ކުރަން ޖެހޭ ފަދަ ހާލަތަަކަށް ގައުމު ދިޔަ ކަމަކަށް، އަޅުގަނޑުމެން އެގޮތަކަށް ގަބޫލެއް ނުކުރަން،" އަލީ ހުސައިން ވިދާޅުވެފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް