Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެލެކްސިސް ސަންޗޭަޒް

ޔުނައިޓެޑާ ގުޅުނީ ހުރިހާ މުބާރާތެއް ކާމިޔާބުކުރަން: ސަންޗޭޒް

10 ފެބުރުއަރީ 2018 | ހޮނިހިރު 08:11

ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވީ މި ނިމުނު ފިނި މޫސުމުގެ ޓްރާންސްފާ މާކެޓްގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 10 ފެބުރުއަރީ 2018 | ހޮނިހިރު 08:11
ސަންޗޭޒް ޔުނައިޓެޑްގެ ޖާރޒީގައި

ސަންޗޭޒް ޔުނައިޓެޑްގެ ޖާރޒީގައި

މެންޗެސްޓާ ޔުނައިޓެޑާ ގުޅުނީ ހުރިހާ މުބާރާތެއް ކާމިޔާބުކުރަން ކަމަށް ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް ބުނެފިއެވެ.

ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި މެންޗެސްޓާ ސިޓީއަށް ބަދަލުވާން ސަންޗޭޒް ނިންމި ނަމަވެސް ސިޓީ އިން ހުށަހެޅި މުސާރަ ކުޑަވުމުގެ ސަބަބުން އެފަހަރު އޭނާ އާސެނަލްގައި މަޑުކުރިއެވެ. އެހެން ނަމަވެސް މި ނިމުނު ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި އޭނާ ވަނީ އާސެނަލް ދޫކޮށް މެންޗެސްޓާގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ޔުނައިޓެޑަށް ބަދަލުވެފައެވެ.

ޔުނައިޓެޑަށް ބަދަލުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސަންޗޭޒް ބުނީ މެންޗެސްޓާ ޔުނައިޓެޑަކީ އިނގިރޭސިވިލާތުގެ އެންމެ ބޮޑު ޓީމު ކަމަށާއި އެކަމާއި ދެބަސްވެވެން ނެތް ކަމަށެވެ. ސަންޗޭޒް ބުނީ އޭނާގެ ކެރިއަރުގައި ވަރަށް ބޮޑު ޓީމުތަކަށް ކުޅުމުގެ ފުރުސަތު ލިބުނު ކަމަށާއި އޭގެ ތެރޭގައި އާސެނަލް ވެސް ހިމެނޭ ކަމަށެވެ. އޭނާ ބުނީ ޔުނައިޓެޑްގެ ލޯގޯ އިން ވެސް އެ ޓީމަކީ ހުރިހާ މުބާރާތެއް ކާމިޔާބުކުރަން ޖެހޭ ޓީމެއް ކަން އެނގިގެންދާ ކަމަށެވެ.

ސަންޗޭޒް ބުނީ އާސެނަލް ދޫކޮށްލީ ކުޅުންތެރިއެއްގެ ގޮތުގައި ހާސިލްކުރަން ޖެހޭ ކަންކަން ހާސިލްކުރަން ކަމަށާއި އާ ކްލަބެއް ތަޖުރިބާ ކުރުމުގެ އުއްމީދުގައި ކަމަށެވެ. އޭނާ ބުނީ ޔުނައިޓެޑާ އެކު ހުރިހާ ތަށްޓެއް ކާމިޔާބުކުރަން ބޭނުންވާ ކަމަށާއި ޔުނައިޓެޑްއަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ބޮޑު ޓީމެއް ކަމަށެވެ. އޭނާ ބުނީ ތަށި ހޯދަން ބޭނުންނުވާ ނަމަ އޭނާ ގުޅޭނީ އެހެން ޓީމަކާ ކަމަށެވެ.

ޔުނައިޓެޑްގެ މަޝްހޫރު ހަތް ނަމްބަރު ޖާޒީ ބޭނުންކުރަމުން އަންނަ ސަންޗޭޒް އަންނަނީ އެ ޓީމަށް ބަދަލުވުމަށް ފަހު މޮޅު ކުޅުމެއް ދައްކަމުންނެވެ. މިދިޔަ ހަފްތާގައި ހަޑާސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ޔުނައިޓެޑަށް ފުރަތަމަ ލަނޑު ޖަހައިދީފައެވެ.

ސްޕެއިންގެ ބާސެލޯނާ އިން 2014 ވަނަ އަހަރު 30 މިލިއަން ޕައުންޑްގެ ފީއަކަށް އާސެނަލް އަށް ބަދަލުވުމަށް ފަހު އެ ޓީމުގައި ސަންޗޭޒް މޮޅު ކުޅުމެއް ދެއްކިއެވެ. މިދިޔަ ސީޒަނުގައި ވެސް 30 ލަނޑާއެކު އާސެނަލްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔަކީ ސަންޗޭޒްއެވެ. ކުރިޔަށް އޮތް އަހަރުތަކުގައި ޔުނައިޓެޑަށް ކާމިޔާބު ހޯދައިދިނުމުގައި ސަންޗޭޒް މުހިންމު ރޯލެއް އަދާކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

07 މާރިޗު 2017

މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް

07 މާރިޗު 2017
މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް
12 ފެބުރުއަރީ 2017

މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ

12 ފެބުރުއަރީ 2017
މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ
05 ފެބުރުއަރީ 2017

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
10 ޖެނުއަރީ 2017

އެމްއެންޑީއެފްގެ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތެއް ބާއްވައިފި

10 ޖެނުއަރީ 2017
އެމްއެންޑީއެފްގެ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތެއް ބާއްވައިފި
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި

04 ޖެނުއަރީ 2017
ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް