Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ކޮޕާ ޑެލްރޭ

ސްޕެނިޝް ކޮޕާ ޑެލްރޭ: ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ބާސާ ފައިނަލްއަށް

9 ފެބުރުއަރީ 2018 | ހުކުރު 10:21

ބާސާ ފައިނަލަށް ދަތުރުކުރީ 3-0 ގެ އެގްރިގޭޓް ނަތީޖާއަކުން ވެލެންސިއާ ބަލިކޮށްގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 9 ފެބުރުއަރީ 2018 | ހުކުރު 10:21
ބާސާގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަން

ބާސާގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަން

ސްޕެނިޝް ކޮޕާ ޑެލްރޭގެ ފައިނަލްއިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ބާސެލޯނާ ޖާގަ ހޯދައިފިއެވެ.

ބާސާ ފައިނަލްއަށް ދަތުރުކުރީ ރަށުން ބޭރުގައި ކުޅުނު ދެވަނަ ލެގުގައި 2-0 އިން ވެލެންސިއާ ބަލިކޮށްގެންނެވެ. މި ދެ ޓީމު ބާސާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-0 އިން ވެސް ކާމިޔާބުކުރީ ބާސާއެވެ. އެހެންކަމުން އެ ޓީމު ފައިނަލްއަށް ދަތުރުކުރީ 3-0 ގެ އެގްރިގޭޓް ނަތީޖާއަކުން ބާސާގެ މައްޗަށް ކުރިހޯދައިގެންނެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ވެލެންސިއާގެ ރޮޑްރިގޯ ބޮލުން ފޮނުވާލި ހަމަލާއެއް ބާސާގެ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު މެސީ ފޮނުވާލި ހިލޭ ޖެހުމެއް ވެލެންސިއާގެ ކީޕަރު ވަނީ ހުށިޔާރުކަމާ އެކު ދިފާއުކޮށްފައެވެ. ހަމައެހެންމެ މި ހާފުގެ 27 ވަނަ މިނެޓުގައި ވެސް ރޮޑްރިގޯ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ބާސާގެ ކީޕަރު ޖެސްޕަރ ސިލިސެން ވަނީ ވަނީ ދިފާއުކޮށްފައެވެ.

ދެ ޓީމު އެއްވަރުވެ އޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފު ފެށިގެން ހަތަރު މިނެޓު ނުވަނީސް ބާސާ އިން ވަނީ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗުގެ 49 ވަނަ މިނެޓުގައި އެ ޓީމަށް ވެލެންސިއާގެ ގޯލު ހުޅުވާލަދިނީ ބެންޗުން ކުޅެން އެރި ފިލިޕޭ ކުޓީނިއޯއެވެ. ލުއިސް ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ މި ލަނޑު ޖެހިއިރު މި ލަނޑު ވެގެންގޮސްފައި ވަނީ ބާސާއާ ގުޅުނު ފަހުން އެ ޓީމަށް ކުޓީނިއޯ ޖަހައިދިން ފުރަތަމަ ލަނޑަށެވެ.

މި ލަނޑަށް ފަހު ވެލެންސިއާ އިން ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއިރު އެ ޓީމުގެ ފޯވާޑުން ކަމަށްވާ ސައިމޮން ޒާޒާ އާއި ރޮޑްރިގޯ އަދި ހޯސޭ ލުއިސް ގާޔާއަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މި ކުޅުންތެރިންނަށް މި ފުރުސަތުތަކުގެ ބޭނުން ހިފިފައި ނުވާއިރު ބާސާ އިން ވަނީ 82 ވަނަ މިނެޓުގައި ދެވަނަ ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑު ސުއަރޭޒްގެ އެހީތެރިކަމާ އެކު އެ ޓީމަށް ޖަހައިދިނީ އިވާން ރަކިޓިޗްއެވެ.

ފައިނަލުގައި ބާސާ ނުކުންނަން ޖެހޭނީ 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ލެގާނޭސްގެ މައްޗަށް ކުރި ހޯދި ސެވިއްޔާއާ ދެކޮޅަށެވެ. މި ދެ ޓީމު ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނެ ތާރީހެއް އަދި ކަނޑައެޅިފައެއް ނުވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް