Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ސަރުކާރުގެ ދަޢުވަތަށް މިތިބީ އައިސް، ސަރުކާރުގެ ވެރިން ބައްދަލެއް ނުކުރެއްވި: އީޔޫ ވަފުދު

8 ފެބުރުއަރީ 2018 | ބުރާސްފަތި 10:22

ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން އެއްޗެއް ބުނާކަށް ބޭނުމެއް ނުވި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 8 ފެބުރުއަރީ 2018 | ބުރާސްފަތި 10:22
ރާއްޖެއަށް ޒިޔާރަތްކުރި ވިލާތުގެ އިއްތިހާދުގެ ވަފުދު

ރާއްޖެއަށް ޒިޔާރަތްކުރި ވިލާތުގެ އިއްތިހާދުގެ ވަފުދު

ދިވެހިރާއްޖޭގެ ތަރައްޤީގެ ބައިވެރިންނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ރާއްޖެ އައިސް ޤައުމުގެ ހާލަތު އަމިއްލައަށް ބަލާލުމަށް ސަރުކާރުން ދެއްވި ދައުވަތު ޤަބޫލުކޮށް، ރާއްޖެ އައުމުން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުލްޤައްޔޫމާއި، ސަރުކާރުގެ އިސް އެއްވެސް ބޭފުޅެއް ވެސް ބައްދަލުކުރައްވަން ފުރުޞަތު ނުދެއްވި ކަމަށް، ވިލާތުގެ އިއްތިހާދުގެ ވަފުދުން ބުނެފިއެވެ.

ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ވިލާތުގެ އިއްތިހާދުގެ ވަފުދު ބުރާސްފަތި ދުވަހު އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ފަހު ނުކުމެވަޑައިގަތް ވަގުތު މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވި، ވިލާތުގެ އިއްތިހާދުގެ އެމްބެސެޑަރ، ޓުންގ ލައި މާގް ވިދާޅުވީ، ވިލާތުގެ އިއްތިހާދުން ރާއްޖެ އައީ، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރަން ޖެހުނު ސަބަބު އިތުރަށް ބަލައި، އެކަމުގައި ސަރުކާރުގެ ވިސްނުން ހުރި ގޮތް ބެލުމަށް ކަމަށެވެ. ނަމަވެސް އެ ވަފުދުން، ރައީސް ޔާމީން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ އިސް ފަރާތްތަކާއި ބައްދަލުކުރުމަށް އެދުނު އެދުމަށް އެއްވެސް ވަރަކަށް އިޖާބަދީފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement
"ފުރަތަމަ ކަމަކަށް، އަހަރުމެން މިތިބީ ވަރަށް ހިތްހަމަ ނުޖެހިފަ. އަހަރުމެން ރާއްޖެއަށް އައީ ހެޔޮ ހިތުން، ސަރުކާރާއި އެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް. ހިތާމަޔާއެކު ދަންނަވަން ޖެހެނީ، އަޅުގަނޑުމެންނާ އެއްވެސް ފަރާތަކުން ބައްދަލެއް ނުކުރި. ސަރުކާރުން ކުއްލި ހާލަތާ ގުޅިގެން ދެއްކެވި ބައެއް ވާހަކަތަކާއި ގުޅޭގޮތުން އަޅުގަނޑުމެން ސީދާ ސަރުކާރުގެ ފަރާތުން ސާފުކޮށް، އެނގެން ބޭނުންވާ ބައެއް އިތުރު ކަންކަން އެބަހުރި. އެ ފުރުޞަތު ނުލިބުމުން މިތިބީ ކުޑަކޮށް ހިތްހަމަނުޖެހިފަ" އެމްބެސެޑަރ ޓުންގ ލައި ވިދާޅުވިއެވެ.

ވިލާތުގެ އިއްތިހާދުގެ ވަފުދު ރާއްޖެއަށް ޒިޔާރަތްކުރީ އެކުވެރިންގެ ގޮތުގައިކަން ފާހަގަކުރައްވައި، ވަގުދުގައި ހިމެނިވަޑައިގަންނަވާ، އިނގިރޭސިވިލާތުގެ އެމްބެސެޑަރު ޖޭމްސް ޑޯރިސް ވިދާޅުވީ، އަސާސީ ޙައްޤުތަކެއް ހިފެހެއްޓިދާނެ ނާދިރު ދަނޑިވަޅުތަކެއް އައިސްދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، ނަމަވެސް ރާއްޖޭގައި އޮތް ހާލަތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ވަފުދުގައި ހިމެނިވަޑައިގަންނަވާ ޖަރުމަނުގެ އެމްބެސެޑަރު ޔޯން ރޯޑް ވިދާޅުވީ، ބައިނަލްއަޤުވާމީ އެކި ފާރަތްތަކުން ނެރުނު ބަޔާންތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ސުޕްރީމް ކޯޓަށް އިޚުތިރާމް ކުރުމަށް ގޮވާލާފައިވާއިރު، އެ ކަންކަމާ އަޅައިނުލައި، ވަފުދުން ބައްދަލުކުރަން އެދުމުން އެކަމާ ވެސް އަޅައިނުލުމުން ހިތާމަކުރައްވާ ކަމަށެވެ. އެމްބެސެޑަރު ޔޯން ވިދާޅުވީ، ވޭތުވެދިޔަ އަހަރެއްހާ ދުވަސްތެރޭގައި ހަތަރު ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެން ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެން ކަމަށާއި، ނަމަވެސް އެ ފުރުޞަތު ލިބިފައި ނުވާ ކަމަށެވެ. އެމްބެސެޑަރު ވިދާޅުވީ އެއީ ކުރިއަށް ދެވޭނެ މަގު ނޫން ކަމަށެވެ.

މިހާރު ރާއްޖޭގައި ހިނގަމުން މިދާ ކަންކަމުގެ ސަބަބުން ރާއްޖެއާ ދެކޮޅަށް ނުވަތަ ދިވެހި ސަރުކާރުގެ އިސް ފަރާތްތަކާއި ދެކޮޅަށް ވިލާތުގެ އިއްތިހާދުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފާނެތޯ ރާއްޖެޓީވީ އިން ސުވާލުކުރުމުން، ވަފުދުގައި އިސްކޮށް ހުންނެވި އެމްބެސެޑަރ ޓުންގ ލައި ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން މިވަގުތު ވަކި އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ.

ދަތުކުރުމުގެ ފިޔަވަޅު ނޭޅި ނަމަވެސް، މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތުން، ރާއްޖެއަށް އިޤުތިޞަދީ ގޮތުން ގެއްލުންތަކެއް ވަމުންދާކަން ފާހަގަކުރައްވައި ޖަރުމަނުގެ އެމްބެސެޑަރު ވިދާޅުވީ، އެކަން އެގޮތަށް ހިންގަން ބޭނުން ނުވާ ކަމަށެވެ.

ވިލާތުގެ އިއްތިހާދުގެ ވަފުދާއި ބައްދަލުކުރަން ސަރުކާރުން ދެކޮޅު ހެދި ނަމަވެސް، އެ ވަފުދުން ވަނީ ރާއްޖޭގެ ސިޔާސީ ބައެއް ޕާޓީތަކާއި، އަދިވެސް އެހެން ބައެއް ފަރާތްތަކާއި ބައްދަލުކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް