Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ތިން ވަނަ ބޮޑު ބައްޔާ އެކު ވެސް ކޮންޓޭ ވަކި ނުކުރަން ޗެލްސީ އިން ނިންމައިފި

7 ފެބުރުއަރީ 2018 | ބުދަ 05:50

ޖެހިޖެހިގެން 2 މެޗުން 3 ލަނޑުގެ ތަފާތަކުން އެންމެ ފަހުން ޗެލްސީ ބަލިވީ 1995 ވަނަ އަހަރު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 7 ފެބުރުއަރީ 2018 | ބުދަ 05:50
ޗެލްސީގެ ކޯޗު ކޮންޓޭ

ޗެލްސީގެ ކޯޗު ކޮންޓޭ

ތަފާތު ބޮޑުކޮށް 4 – 1 އިން ވަޓްފޮޑް އަތުން ޕްރިމިއަރ ލީގުގައި ޗެލްސީ ބަލިވި ނަމަވެސް ޗެލްސީގެ ކޯޗު އެންޓޯނިއާ ކޮންޓޭގެ މަޤާމު ނުގެއްލޭނެ ކަމަށް ޗެލްސީ އިން ބުނެފިއެވެ.

މިއީ 3 ލަނޑުގެ ނަތީޖާއަކުން ޗެލްސީ ޖެހިޖެހިގެން ބަލިވި 3 ވަނަ މެޗެވެ. ހޯމަ ދުވަހުގެ ރޭ ވޮޓްފޮޑްގެ ދަނޑުގައި ކުޅުނު މެޗްގައި ޗެލްސީގެ ހަމައެކަނި ލަނޑު ޖަހައިދިނީ 1 – 0 ގެ ނަތީޖާ އިން ލީޑުގައި ވޮޓްފޮޑް އޮވެ، މެޗް ނިމެންދަނިކޮށް، އެޑެން ހަޒާޑްއެވެ. އޭގެ ކުރިން ފުރަތަމަ ހާފްގައި ވޮޓްފޮޑްގެ ޓްރޯއީ ޑީނޭ ވަނީ ފުރަތަމަ ހާފް ނިމެން މަދު މިނެޓް ކޮޅަކަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއެއްގައި މެޗުގެ އެހާ ހިސާބަށް ޖެހި ހަމައެކަނި ލަނޑު ޖަހާފައެވެ.

ހަޒާޑުގެ ލަނޑުން ނަތީޖާ ހަމަހަމަވިތާ ދެ މިނެޓް ނުވެ ވޮޓް ފޮޑުން ލީޑް ނެގިއެވެ. އަދި މެޗްގެ އެންމެ ފަހު މިނެޓްކޮޅުގެ ތެރޭގައި އިތުރު ދެ ލަނޑު ޖަހައި، ތިން ލަނޑުގެ ތަފާތަކުން ޗެލްސީ ބަލިކުރިއެވެ. މިއީ 1995 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުން ޖެހިޖެހިގެން ދެ މެޗުން ތިން ލަނޑުގެ ތަފާތަކުން ޗެލްސީ ބަލިވި ފުރަތަމަ ސީޒަނެވެ.

ތަފާތު ބޮޑު ނަތީޖާތަކުން ޗެލްސީ ބަލިވި ނަމަވެސް ކޮންޓޭ ވަކިނުކުރަން ޗެލްސީ އިން ނިންމީ އެޓީމު އަދިވެސް އޮތީ ޕްރިމިއަރ ލީގުގެ ހަތަރު ވަަނައިގައި ކަމަށް ވާތީ އާއި، އެފްއޭ ކަޕްގައި ވެސް ކުޅެމުންދާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބަލިވުމުގެ ސިލްސިލާއަކަށްފަހު ކޮންޓޭ މިހާރު ވަނީ އެޓީމުގެ ކުޅުންތެރިންނަށް 3 ދުވަހުގެ ޗުއްޓީއެއް ދީފައެވެ.

ޗެލްސީގެ ކެޕްޓަން ގެރީ ކެހިލް ބުނީ ޗެލްސީގެ ކުޅުންތެރިން އަލުން ލޯގަނޑުން އަމިއްލަ ނަފްސު ބަލަން ޖެހިއްޖެ ކަމަށެވެ. އަދި ކޮންޓޭ ވަކިކުރުމަށް ޓީމުން ނިންމި ނަމަވެސް، އެކަމުގެ ޒިންމާ ނަގަންޖެހޭނީ ޗެލްސީގެ ކުޅުންތެރިންކަމަށް ކެހިލް ބުންޏެވެ. ކެހިލް ވަނީ އޭނާގެ ފުރިހަމަ ތާޢީދާއި އިތުބާރު ކޮންޓޭއަށް އޮތް ކަމަށް ވެސް ބުނެފައެވެ. މީގެ އިތުރުން ކެހިލް ބުނީ ހޯމަ ދުވަހު ވޮޓްފޮޑް އާއި ދެކޮޅަށް ނިކުތް އިރު އެޓީމު އޮތީ އެންމެ ބަލިކަށިކޮށް ކަމަށެވެ.

ތިން ދުވަހުގެ ޗުއްޓީއަށް ކުޅުންތެރިންނަށް ދިން އިރު، މިއީ ޗެލްސީއަށް ބިޒީ މަހަކަށް ވާނެއެވެ. އެގޮތުން އަންނަ ހޯމަ ދުވަހު ޕްރިމިއަރ ލީގުގައި ވެސްޓް ބްރޮމްއާ ދެކޮޅަށް ނުކުންނައިރު، ފެބްރުއަރީ 16 ވަނަ ދުވަހު އެފްއޭ ކަޕްގައި ހަލް ސިޓީއާ ދެކޮޅަށް ކުޅޭނެއެވެ. އަދި ޗެމްޕިއަންސް ލީގުގައި ބާސާ އަދި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭއިރު، ޕްރިމިއަރ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ވެސް ޗެލްސީ ކުޅެން ޖެހެއެވެ.

ޕްރިމިއަރ ލީގުގައި 69 ޕޮއިންޓާ އެކު އެއްވަނައިގައި އޮތީ މެންޗެސްޓަރ ސިޓީއެވެ. އަދި 56 ޕޮއިންޓާ އެކު ދެވަނައިގައި މެންޗެސްޓަރ ޔުނައިޓެޑް އޮތް އިރު، ލިވަރޕޫލް ތިން ވަނައިގައި އޮތީ 51 ޕޮއިންޓާ އެކުގައެވެ. އަދި އެއްވަނައިގައި އޮތް މެންސިޓީ އާއި 19 ޕޮއިންޓްގެ ތަފާތަކާ އެކު 50 ޕޮއިންޓް ހޯދައިގެން ޗެލްސީ އޮތީ ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމްއަށް މަދުވަނީ ޗެލްސީއަށް ވުރެ އެންމެ ޕޮއިންޓެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް