Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުއްލިހާލަތު އިއުލާންކުރުން

ނެތް ވެރިކަމެއްގެ ސައްހަކަން ހޯއްދަވާ ބާރުގެ ބޭނުން ކުރެއްވުމަށް ކުއްލި ހާލަތު އިއުލާން ކުރެއްވީ: ރައީސް ނަޝީދު

މިރޭ އެ ކުރެއްވީ މާބޮޑު ކުށެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 ފެބުރުއަރީ 2018 | ހޯމަ 16:46
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަން ވެއްޓިފައި އޮތުމުން، ނެތް ވެރިކަމެއްގެ ސައްހަކަން ހޯއްދަވާ، ބާރުގެ ބޭނުން ކުރެއްވުމަށް ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކުރައްވާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަނީ އެންމެހާ ދިވެހި ރައްޔިތުން އަނދަވަޅަކަށް ވައްޓާލުމަށް ކަމަށާއި ރައްޔިތުންނަށް ބިކަ ހާލު ދިމާވާނެ އެންމެހާ ގޮތްތަކަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށެވެ.

Advertisement - newsAdvertisement

"ވެރިކަން ހަގީގަތުގައި ވެއްޓިފައި އޮތީތީވެ އެ ނެތް ވެރިކަމެއްގެ ސައްހަކަން ހޯދުމަށް ބާރުގެ ބޭނުން ކުރުމަށް އެގޮތަށް އަމަލުފުޅު ކުރެއްވީ. ރައީސް ޔާމީން އަބަދުވެސް ގާނޫނީ މާއްދާތައް ކިޔުއްވަމުން އެމަނިކުފާނު ކުރައްވާ ޢައިރު ގާނޫނީ ހުރިހާ ކަމެއްވެސް ކުރައްވަމުން ގެންދަވާ. މިރޭ އެ ކުރެއްވީ އަދި މާބޮޑު ކުށެއް. އަޅުގަނޑަށް ފެންނަ ގޮތުގައި ރައީސް ޔާމީންގެ ވެރިކަން ދިފާއު ކުރުމަށް އެމަނިކުފާނުގެ އަމިއްލަފުޅު އެދުންފުޅަށް ކުރެއްވި ކަމެއް މިއީ. މިއީ ދިވެހި ރާއްޖޭގެ ދިވެހި ގައުމުގެ ސަލާމާތާ ރައްކާތެރިކަމަށް ކުރެއްވި ކަމެއް ނޫން " ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ގާނޫނު އަސާސީގެ މާއްދާތައް ބޭނުންފުޅު ކުރައްވަނީ ސިޔާސީ ބޭނުންތަކަށް ނަންގަވާ ހަތިޔާރެއްގެ ގޮތުގައި ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތަކީ ވެރިއެއްގެ ވެރިކަން ދެމެހެއްޓުމަށްޓަކައި އޮންނަ ގާނޫނީ މާއްދާއެއް އަދި ފަރުވާއެއްވެސް ނޫން ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކުރުމަކީ ގައުމުތަކުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެ ހާލަތަށް ރާއްޖެ ދިޔުމުން އެ ގައުމުތަކާއި ރާއްޖެއާ އޮންނަ ގުޅުން ހީނަރުވެގެންދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެންނަށް ގޭގައި ތިބެވެން އޮތް ވަގުތެއް ނޫން. އަޅުގަނޑުމެން މިވަގުތު ހިތްވަރާއެކީގައި މުޅިން އައު އަޒުމަކާއެކީ މަގުމައްޗަށް ނިކުތުން ވަރަށް މުހިންމު. ރައީސް ޔާމީންގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުން ވަރަށް މުހިންމު" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތަކީ ވެރިއެއްގެ ވެރިކަން ދެމެހެއްޓުމަށް އޮންނަ މާއްދާއެއް ނޫން ކަމަށްވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު