Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓް

ސުޕްރީމް ކޯޓު އަމުރަށް 13 ގަޑިއިރު، ތަމްފީޒު ކުރަން ސަރުކާރުން ޖަދަލު ކުރަނީ

2 ފެބުރުއަރީ 2018 | ހުކުރު 07:04

އަމުރާ ހިލާފުވުމުން ޖިނާއީ ދައުވާ ކުރެވޭނެ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 2 ފެބުރުއަރީ 2018 | ހުކުރު 07:04
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ އެކު ބަންޑާރަނައިބު މުހައްމަދު އަނިލް

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ އެކު ބަންޑާރަނައިބު މުހައްމަދު އަނިލް

ޝަރުއީ ކޯޓުތަކުގެ ބަދަލުވެރި ފަރާތް، އަދި އަދުލު އިންސާފު ގާއިމު ކުރުމުގެ އެންމެ މަތީ ފަރާތް ކަމަށްވާ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް 13 ގަޑިއިރު ވެގެންދިޔައިރު ވެސް، އެ ކޯޓު އަމުރު ތަންފީޒު ކުރަން ސަރުކާރުން ޖަދަލު ކުރަން ފަށައިފިއެވެ.

ހައްޔަކޮށް، ހުކުމް ތަންފީޒު ކުރަމުންދާ ކުށްވެރިން މިނިވަން ކުރުމަށާއި މަޖިލީހުގެ ގޮނޑީގެ މައްސަލާގައި އުފެދިފައިވާ ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށް ސުޕްރީމް ކޯޓުން އަމުރު ކުރީ ބުރާސްފަތި ދުވަހުގެ ރޭ 10:30 އެހާކަންހާއިރުއެވެ. އަމުރަށް 13 ގަޑިއިރު ވެގެންދިޔައިރު ވެސް އެ އަމުރު ތަންފީޒު ކުރާނެ ކަމަށް ނުބުނެ، ސަރުކާރުން ދަނީ ހުއްޖަތު ދައްކަމުންނެވެ.

Advertisement - newsAdvertisement

ބަންޑާރަނައިބު މުހައްމަދު އަނިލް ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވެފައި ވަނީ އަމުރުގައި ހިމެނޭ ގިނަ ކަންތަކަކީ ދައުލަތުގެ ބަންޑާރަނައިބަށް ރައްދުވާ ކަންކަންތައް ކަމަށާއި ނަމަވެސް މިހާތަނަށް އެ އަމުރާ ބެހޭ ސައްހަ ކަމެއް ނޭނގެ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މަޝްވަރާކުރެއްވުމަށް ކުރެއްވި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށް އޭރު ވިދާޅުވެފައި ވެއެވެ. އެ ނިއުސް ކޮންފަރެންސަށް ފަހު ސުޕްރީމް ކޯޓުން ވަނީ އެއީ ސައްޚަ އަމުރެއްކަން ސާބިތުކޮށްދިނުމުގެ ގޮތުން ފަސް ފަނޑިޔާރުންގެ ސޮއިކުރައްވާފައިވާ އަމުރު އަލުން ވެބްސައިޓަށް އަޕްލޯޑްކޮށްފައެވެ.

ސުޕްރީމް ކޯޓުން އަމުރު ކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހުން ބުނެފައި ވަނީ ސުޕްރީމް ކޯޓު އަމުރު ތަންފީޒު ކުރާނެ ކަމަށެވެ. ނަމަވެސް ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން އެގޮތަށް ޓްވީޓްކޮށްފައި ވަނިކޮށް، ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު ވަނީ މަގާމުން ވަކިކުރައްވާފައެވެ.

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން ދެކޮޅު ހަދަމުންދާތީ، ގުޅިފައިވާ ޕާޓީތަކުން ބުނަމުންދަނީ އަމުރާ ދެކޮޅު ހަދާ ސަރުކާރުގެ އިސް ބޭފުޅުންނާ މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަކީ ސިފައިންނާއި ފުލުހުންގެ މައްޗަށް ވާޖިބެއް ކަމަށް ވެސް ގުޅިފައިވާ ޕާޓީތަކުން ވަނީ ބުނެފައެވެ. އަދި މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމާ މެދު މަޝްވަރާކޮށްފައި ނުވާ ކަމަށާއި އެންމެ މަތީ ކޯޓުން ހުކުމް ކުރުމުން އެއަށް މަޝްވަރާކުރުމެއް ނޯންނާނެ ކަމަށެވެ. އޮންނާނީ ތަންފީޒުކުރުން ކަމަށް ވެސް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ކުރުމަށް ބާރު އަޅާފައި ވަނީ ދިވެހި ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހާއި ސިފައިންނާއި ފުލުހުންނާއި ކަމާބެހޭ އެންމެހާ މުއައްސަސާތަކުގެ މައްޗަށެވެ. އަމުރުގައި ބުނެފައިވާ ގޮތުން އެ އަމުރު ތަންފީޒު ކުރުމަށް ހުރަސް އަޅައި، ނުވަތަ ފަރުވާ ކުޑަކޮށްފި ނަމަ، ޖިނާއީ ތަހުގީގު ހިންގައި ފިޔަވަޅު އަޅަންޖެހޭނެއެވެ.

"މި އަމުރާ ހިލާފަށް އެއްވެސް މިންވަރަކަށް އަމަރުކޮށްފި ނަމަ ނުވަތަ ހުރަސް އަޅައިފި ނަމަ، ނުވަތަ ފަރުވާކުޑަކޮށްފި ނަމަ އެފަދަ ކޮންމެ މައްސަލައެއް ވަކިން ބަލައި ތަހުގީގުކޮށް ޝަރީއަތަށް ހުށަހެޅުމަށް ދިވެހިރާއްޖޭގެ ޕްރޮސެކިއުޓާ ޖެނަރަލްގެ މައްޗަށް އަންގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން އަމުރުކޮށްފީމެވެ،" ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް