Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހައުސް އޮފް ކާޑްސް

ހައުސް އޮފް ކާޑްސްގެ ޝޫޓިން އަލުން ފަށައިފި

1 ފެބުރުއަރީ 2018 | ބުރާސްފަތި 07:27

ސްޕޭސީގެ މައްޗަށް ވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލާފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 1 ފެބުރުއަރީ 2018 | ބުރާސްފަތި 07:27
ހައުސް އޮފް ކާޑްސްގެ ލީޑު ރޯލުން ފެނިގެން ދިޔަ ކެވިން ސްޕޭސީ (ވ) މިހާރު ވަނީ އެ ސީރީޒް އިން ވަކިކޮށްފައި

ހައުސް އޮފް ކާޑްސްގެ ލީޑު ރޯލުން ފެނިގެން ދިޔަ ކެވިން ސްޕޭސީ (ވ) މިހާރު ވަނީ އެ ސީރީޒް އިން ވަކިކޮށްފައި

"ހައުސް އޮފް ކާޑްސް" ގެ ޝޫޓިން އަލުން ފަށައިފިއެވެ.

މި ސީރީޒްގެ ޝޫޓިން އަލުން ފަށާފައި ވަނީ ކުރިން އެސީރީޒް އިން ފެނިގެން ދިޔަ ކެވިން ސްޕޭސީ ވަކިކޮށް ޑައާން ލޭން އާއި ގްރެކް ކިނިއާ އިތުރުކުރުމަށް ފަހުގައެވެ. އެހެން ކަމުން "ހައުސް އޮފް ކާޑްސް" ގެ ސީޒަން 6 އިން ކެވިން ސްޕޭސީ ނުފެންނާނެއެވެ.

"ހައުސް އޮފް ކާޑްސް" ދެއްކުން ނެޓްފްލިކްސް އިން މެދުކަނޑާލީ އެ ސީރީޒްގެ ފްރޭންކީ އަންޑަވުޑްގެ ކެރެކްޓާ އިން ފެނިގެންދާ ކެވިން ސްޕޭސީ އަށް 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު އުފުލާފައިވާތީއެވެ.

ސްޕޭސީގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ސްޓާ ޓްރެކްގެ ތަރިއެއް ކަމަށްވާ އެންތަނީ ރެޕް އާއި އޭނާގެ އުމުރުން 14 އަހަރުގައި ބެހެން އުޅުނު ކަމަށް ބުނެ ކޮށްފައިވާ ދައުވާއެވެ.

ސްޕޭސީއަށް ކޮށްފައިވާ ދައުވާގައި އޭނާ ބުނެފައި ވަނީ އެފަދަ ކަމެއް ހިނގި ކަމެއް އޭނާ މިހާރު ހަނދާނެއް ނެތް ކަމަށާއި އެފަދަ ކަމެއް ހިނގާފައިވާ ނަމަ އެންތަނީގެ ކިބަ އިން މައާފަށް އެދޭ ކަމަށެވެ.

އެމެރިކާގެ ކޮންގްރެސް މެމްބަރެއްގެ ދިރިއުޅުން ދައްކުވައިދޭ އަދި ސިޔާސީ މައިދާނެއްގައި ހިނގާ އެތައް ކަމެއް ދައްކުވައިދޭ "ހައުސް އޮފް ކާޑްސް" އަށް ވަނީ އެމީ އެވޯޑްސް އަދި ގޯލްޑަން ގްލޯބްސް ލިބިފައެވެ. މިއީ ވާހަކަ ލިޔުންތެރިޔާ މައިކަލް ޑޮބްސްގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސީރީޒްއެކެވެ. މި ސީރީޒްގެ ފަސްވަނަ އެޕިސޯޑް މެއި މަހުގައި ވަނީ ރިލީޒްކޮށްފައެވެ. އެމެރިކާގެ ކޮންގްރެސް މެމްބަރެއްގެ ދިރިއުޅުން ދައްކުވައިދޭ އަދި ސިޔާސީ މައިދާނެއްގައި ހިނގާ އެތައް ކަމެއް ދައްކުވައިދޭ "ހައުސް އޮފް ކާޑްސް" ނިންމާލާނީ މިއަހަރު ނެރޭ 6 ވަނަ ސީޒަނާ އެކީގައެވެ. މި ސީޒަނުގައި 13 އެޕިސޯޑް ދައްކާނެ ކަމަށް ނެޓްފްލިކްސް އިން ވަނީ ބުނެފައެވެ.

މިއީ ވާހަކަ ލިޔުންތެރިޔާ މައިކަލް ޑޮބްސްގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސީރީޒްއެކެވެ. މި ސީރީޒް ދައްކަން ފަށާފައި ވަނީ 2013 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

"ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

24 ފެބުރުއަރީ 2017
 "ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ
20 ފެބުރުއަރީ 2017

"އިއްތިފާގު"ގެ ރީމޭކިންގެ ޝޫޓިން ފަށައިފި

20 ފެބުރުއަރީ 2017
"އިއްތިފާގު"ގެ ރީމޭކިންގެ ޝޫޓިން ފަށައިފި
19 ފެބުރުއަރީ 2017

ސީޒަން ޑައިރެކްޓު ކުރާ ސިންހަޅަ ފިލްމްމުގެ ޝޫޓިންތައް ނިންމާލާއިފި

19 ފެބުރުއަރީ 2017
ސީޒަން ޑައިރެކްޓު ކުރާ ސިންހަޅަ ފިލްމްމުގެ ޝޫޓިންތައް ނިންމާލާއިފި
08 ފެބުރުއަރީ 2017

"ހައްދު" ގެ ޝޫޓިން އަންނަ މާރޗްމަހު ފަށަނީ

08 ފެބުރުއަރީ 2017
"ހައްދު" ގެ ޝޫޓިން އަންނަ މާރޗްމަހު ފަށަނީ
08 ފެބުރުއަރީ 2017

"ޓިއުބްލައިޓް" ގެ ޝޫޓިން ނިންމާލައިފި

08 ފެބުރުއަރީ 2017
"ޓިއުބްލައިޓް" ގެ ޝޫޓިން ނިންމާލައިފި
29 ޖެނުއަރީ 2017

ބަންސާލީއަށް ދިން ހަމަލާއަށް ފަހު "ޕަދްމަވަތީ" ޝޫޓިން މެދުކަނޑާލައިފި

29 ޖެނުއަރީ 2017
ބަންސާލީއަށް ދިން ހަމަލާއަށް ފަހު "ޕަދްމަވަތީ" ޝޫޓިން މެދުކަނޑާލައިފި
14 ޖެނުއަރީ 2017

އަހަރެންގެ ދިރިއުޅުމަށް ދުވަހަކު ވެސް ކާޖަލް ދެން އަލުން އަނބުރާ ނާންނާނެ: ކަރަން ޖޯހަރު

14 ޖެނުއަރީ 2017
އަހަރެންގެ ދިރިއުޅުމަށް ދުވަހަކު ވެސް ކާޖަލް ދެން އަލުން އަނބުރާ ނާންނާނެ: ކަރަން ޖޯހަރު
12 ޖެނުއަރީ 2017

ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް

12 ޖެނުއަރީ 2017
ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް
08 ޖެނުއަރީ 2017

ދަރިފުޅު އަބްރާމްއަށް ޝާހުރުކް ޓްރީހައުސްއެއް ހަދިޔާކޮށްފި

08 ޖެނުއަރީ 2017
ދަރިފުޅު އަބްރާމްއަށް ޝާހުރުކް ޓްރީހައުސްއެއް ހަދިޔާކޮށްފި
07 ޖެނުއަރީ 2017

ދީޕިކާގެ ހޮލީވުޑް ޑެބިއުޓް "ޓްރިޕަލް އެކްސް: ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" މުމްބާއީގައި ކުލަގަދަކޮށް ޕްރިމިއާރ ކުރުމަށް ތައްޔާރީތައް ވަނީ!

07 ޖެނުއަރީ 2017
ދީޕިކާގެ ހޮލީވުޑް ޑެބިއުޓް "ޓްރިޕަލް އެކްސް: ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" މުމްބާއީގައި ކުލަގަދަކޮށް ޕްރިމިއާރ ކުރުމަށް ތައްޔާރީތައް ވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް