Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސް މައުމޫން

ފާރިސްގެ ހުށަހެޅުންތަކަށް ބެލުމެއް ނެތި ޝަރީއަތް ކުރިއަށް ގެންދަން ނިންމައިފި

31 ޖެނުއަރީ 2018 | ބުދަ 11:56

މިނިވަން ފޮރެންސިކް ތަހުލީލަށް ފުރުސަތު ދީފި ނަމަ ހަމަހަމަކަން ގެއްލިދާނެ: ކޯޓު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 31 ޖެނުއަރީ 2018 | ބުދަ 11:56
ފާރިސް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ފާރިސް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދައުވާ ބާތިލުކޮށްދިނުމަށް އެދި އޭނާގެ ފަރާތުން ހުށަހެޅި އިޖުރާއީ މައްސަލަތަކަށް ރިޔާއަތް ކުރުމެއް ނެތި، އޭނާގެ މައްޗަށް ހުށަހަޅާފައިވާ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މިނިވަން ތިން ވަނަ ފަރާތެއް މެދުވެރިކޮށް ފޮރެންސިކް އެނަލިސިސްއެއް ހެދުމުގެ ފުރުސަތަކަށް ފާރިސް އެދިފައި ވަނިކޮށް، އޭނާއަށް އެ ފުރުސަތު ނުދޭން ވެސް ކްރިމިނަލް ކޯޓުން ބުދަ ދުވަހު ވަނީ ނިންމާފައެވެ. ފާރިސަށް އެ ފުރުސަތު ނުދޭން ނިންމީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ނިންމެވި އިޖުރާއީ ނުކުތާއެއްގަ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ބައްދަލަވާ އެ މައްސަލާގައި ބުދަ ދުވަހު ކަނޑައަޅާފައި ވަނީ މިނިވަން ތިން ވަނަ ފަރާތެއް މެދުވެރިކޮށް، ތަހުލީލު ކުރުމުގެ ފުރުސަތު ދެވެން ނެތީ މައިގަނޑު ތިން ސަބަބަކާ ހުރެ ކަމަށެވެ.

Advertisement - newsAdvertisement

ފާރިސްގެ އަމިއްލަ ހަރަދުގައި ބޭރުފަރާތެއް މެދުވެރިކޮށް، އެފަދަ ތަހުލީލެއް ކުރަން ފުރުސަތު ދީފިނަމަ، ހަމަހަމަކަން ގެއްލިދާނެ ކަމަށާއި ތަހުލީލު ހެދުމުގައި ގިނަ ދުވަސް ހޭދަވެދާނެތީ އެކަމަކީ އަދުލު އިންސާފު ގާއިމު ކުރުމަށް އޮތް ހުރަކަކަށް ވެދާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި ވިދާޅުވީ ފޮރެންސިކް ތަހުލީލެއް ތިން ވަނަ ފަރާތެއް މެދުވެރިކޮށް، ހެދުމަށްޓަކައި ފުލުހުންގެ ވަސީލަތްތައް ފޯރުކޮށްދިނުމަކީ ކުރެވޭނެ ކަމަކަށް ވެސް ނުވާނެ ކަމަށެވެ.

ފާރިސްގެ އަމިއްލަ ހަރަދުގައި ފޮރެންސިކް އެނަލިސިސްއެއް ހަދަން ހުށަހެޅީ އޭނާގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި މޯބައިލް ފޯނުތަކުގެ މެސެޖުތަކަކާއި ސީސީޓީވީ ފޫޓޭޖުތަކަކާއި މީހުންނާ ކޮށްފައިވާ މުއާމަލާތް ހިމެނޭ ހެކިތައް ކަށަވަރުކުރުމަށެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވި ފާރިސްގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ބުނެފައި ވަނީ މިނިވަން ފޮރެންސިކް އެނަލިސިސްއެއް ހެދުމަށް ދައުލަތުގެ އިއުތިރާޒެއް ނެތް ކަމަށެވެ. ނަމަވެސް ބުދަ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ އެ ނިންމުން މުރާޖާ ކުރުމަށްފަހު، އެފަދަ ފުރުސަތެއް ދިނުމަށް ދައުލަތުން ދެކޮޅު ހަދާ ކަމަށެވެ.

"ފާރިސްގެ އަމިއްލަ ހަރަދުގައި އެފަދަ ތަހުލީލެއް ކުރަން ފުރުސަތު ދިނަސް، ކޮންމެ މީހަކަށް އެފަދަ ތަހުލީލެއް ކުރުމުގެ ހަރަދެއް ނުކުރެވޭނެ. އެހެންކަމުން ހަމަހަމަކަމާއެކު އެކަން ކުރުމުގެ ފުރުސަތު ނުދެވިދާނެ،" ދައުލަތުގެ ވަކީލާ ޝަރީއަތުގައި ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ފާރިސަށް އެފަދަ ފުރުސަތެއް ދީފިނަމަ، އެންމެންނަށް ވެސް އެ ފުރުސަތު ދޭންޖެހޭނެ ކަމަށާއި އޭގެ ސަބަބުން ހަމަހަމަކަން ގެއްލިދާނެ ކަމަށެވެ. މިނިވަން ތިން ވަނަ ފަރާތަކަށް ފުރުސަތު ދިނުމަކީ ފުލުހުންގެ ތަހުގީގަކާމެދު ސުވާލު އުފައްދައި، އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅޭނެ ކަމަކަށް ވެދާނެ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށްޓަކައި، މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައި ފާރިސަށް އުފުލާފައިވާ ދައުވާ ބާތިލްކޮށްދިނުމަށް އެދި، އޭނާގެ ފަރާތުން ހުށަހެޅި އެއްވެސް ނުކުތާއަކަށް ޝަރީއަތުން ބުދަ ދުވަހު ރިޔާއަތްކޮށްފައެއް ނުވެއެވެ. ޝަރީއަތުން ކަނޑައަޅާފައި ވަނީ ދައުވާ ބާތިލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި މައުޟޫއީ ގޮތުން ދައުވާ ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ފާރިސްގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް، ސިއްރުން، ހެކި ބަސް ނެގުމަށް ދައުލަތުން އެދިފައިވާތީ އެކަމަށް ފުރުސަތު ދިނުމަށް ވެސް ޝަރީއަތުން މިއަދު ވަނީ ކަނޑައަޅާފައެވެ.

ބުދަ ދުވަހު ބޭއްވި ފާރިސްގެ ޝަރީއަތް، ހަތަރު ގަޑިއިރަށް ދިގު ދެމިގެންދިޔައެވެ. ހެނދުނު 10:00 ފަށަން އޮތް ޝަރީއަތް ދޮޅު ގަޑިއެއްހާއިރު ވަންދެން، މަޑުކުރުމަށްފަހު ޝަރީއަތް ފެށީ 11:40ކަންހާއިރުއެވެ. ނަމަވެސް އޭގެ ގަޑިއެއްހާއިރު ފަހުން ޝަރީއަތް މެދުކަނޑާލުމަށްފަހު، އަލުން ފެށި ޝަރީއަތް ނިންމާލީ މެންދުރުފަހު 2:00 ޖެހިފަހުންނެވެ.

ޝަރީއަތް ނިންމަވާލައްވަމުން ގާޒީ އަލީ އާދަމް ވިދާޅުވީ އެ މައްސަލާގައި ޝަރީއަތް ދެން އޮންނާނީ އަންނަ އާދީއްތަ ދުވަހު ކަމަށެވެ. ދެން އޮންނަ ޝަރީއަތަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ދިނުމަށް ފާރިސާއި ދައުލަތުން އެދުމުން ވެސް ޝަރީއަތް ފަސްކުރަން ގާޒީ ވަނީ ދެކޮޅު ހައްދަވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް