Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް 2018

ވްލަޝިޗޭވްގެ ހެޓްރިކާއެެކު ޓީސީ ޕްލޭއޮފްއަށް

31 ޖެނުއަރީ 2018 | ބުދަ 09:40

މި މެޗުނަް ޓީސީ މޮޅުވީ 3-1 އިން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 31 ޖެނުއަރީ 2018 | ބުދަ 09:40
ޓީސީގެ ކުޅުންތެރިން ވްލަޝިޗޭވް (މ) އާއެކު އުފާ ފާޅުކުރަނީ

ޓީސީގެ ކުޅުންތެރިން ވްލަޝިޗޭވް (މ) އާއެކު އުފާ ފާޅުކުރަނީ

އަންޓޮލީ ވްލްޝިޗޭވްގެ ހެޓްރިކާއެކު އަމިއްލަ ގައުމުގައި ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބް ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބްއިން އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުން ޖާގަ ހޯދައިފިއެވެ.

ގަލޮޅު ދަނޑުގައި ޓީސީ ކުޅުނު ދެވަނަ ލެގުގެ މި މެޗުން އެ ޓީމު މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗާއި ކުރިމަތިލިއިރު ބަންގްލަދޭޝްގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ވެސް 1-0 އިން ކާމިޔާބުކުރީ ޓީސީއެވެ. އެހެންކަމުން އެ ޓީމަށް އޭއެފްސީ ކަޕްގެ ޕްލޭއޮފްގެ ޖާގައެއް ލިބެނީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކާއެކުއެވެ. މި މެޗު ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަންއިރު އޭގެތެރޭގައި ގިނައީ ސައިފް ސްޕޯޓިންއަށް ސަޕޯޓު ކުރުމަށް ދަނޑަށް ވަން ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

ފުރަތަމަ ހާފު ފެށިގެން ޓީސީއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ސައިފްގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކޮށްފައެވެ. ސައިފްގެ ފަރާތުން ރަނގަޅު ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުގެ ގޯލު މެޗުގެ 22 ވަނަ މިނެޓުގައި ޓީސީއަށް ހުޅުވައިދިނީ ފުރަތަމަ ލެގުގައި ވެސް އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިން ކިރްގިސްތާނުގެ މިޑްފީލްޑަރު އަންޓޮލީ ވްލްޝިޗޭވްއެވެ. މި ލަނޑަށް ފަހު ސައިފްއިން އެ ޓީމުގެ ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާއަކަށް ވެެގެންދިޔައީ މެޗުގެ 32 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު ކިންގްސްލީ ޗިގޯޒީ އެ ޓީމަށް ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނުމެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ފޯރިގަދަ ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ސައިފްގެ ކޯޗު އެ ޓީމަށް ގެނައި ބަދަލުތަކާއެކު އެ ޓީމުން ވަނީ ޓީސީގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެހެން ނަމަވެސް އެ ޓީމުގެ އެންމެ ކުރިޔަށް ކުޅޭ ޗާލީ ޝެރިންގްހަމްއަށް މި ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. ޓީސީގެ ބެންޗުން މެޗުގެ ފަހުވަގުތުކޮޅުގެ ތެރޭގައި ގެނައި ބަދަލުތަކާއެކު އެ ޓީމުން އަލުން އަނބުރާ މެޗުގެ ކޮންޓްރޯލް ނެގިއެވެ. އެގޮތުން މެޗުގެ 83 ވަނަ މިނެޓުގައި އެ ޓީމުގެ ފޯވާޑް އަހުމަދު އާރިފް (އާރީ) އަށް ސައިފްގެ އޭރިއާ ތެރެއިން ފައުލްކުރުމާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީ ވްލަޝިޗޭވް ކާމިޔާބުކޮށް އެ ޓީމަށް ލީޑު ނަގައިދިނެވެ. މި މެޗުން ތިން ޕޮއިންޓް ޓީސީއަށް ކަށަވަރު ވެގެންދިޔައީ މެޗުގެ 88 ވަނަ މިނެޓުގައި ވްލަޝިޗޭވް ޖަހައިދިން ލަނޑާއެކުއެވެ.

މި މެޗުން މޮޅުވުމާއެކު ޓީސީއަށް ޕްލޭއޮފްގެ ޖާގައެއް ކަށަވަރުވެފައިވާއިރު އެ ޓީމު ޕްލޭއޮފްގައި ނުކުންނަން ޖެހޭނީ އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށެވެ. އެ ޓީމު ޕްލޭއޮފްގެ ޖާގައެއް ކަށަވަރު ކުރީ 3-0 ގެ އެގްރިގޭޓް ނަތީޖާއަކުން ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓެޑް ބަލިކޮށްގެންނެވެ. ޕްލޭއޮފްގެ ފުރަތަމަ ލެގު މާޗް މަހުގެ 13 ވަނަ ދުވަހު މާލޭގައި ކުޅޭއިރު ދެވަނަ ލެގު އިންޑިއާގައި ކުޅުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 30 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
18 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް

18 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް
15 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގައި ވާދަކުރުމަށް ޓީސީ ބަންގްލަދޭޝް އަށް ފުރައިފި

15 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގައި ވާދަކުރުމަށް ޓީސީ ބަންގްލަދޭޝް އަށް ފުރައިފި
14 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި
31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް