Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރީދޫ - ނިއު ރޭޑިއަންޓް

އުރީދޫގެ ބްރޭންޑް އެމްބެސަޑަރަކަށް ނިއު ރޭޑިއަންޓް

29 ޖެނުއަރީ 2018 | ހޯމަ 14:38

ނިއު ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ އެ ކްލަބްއިން ހޯދާފައިވާ ކާމިޔާބީގެ ސަބަބުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 29 ޖެނުއަރީ 2018 | ހޯމަ 14:38
އުރީދޫގެ ސީއީއޯ އަދި ނިއުގެ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިލައިގެން

އުރީދޫގެ ސީއީއޯ އަދި ނިއުގެ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިލައިގެން

އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ހަމަޖައްސައިފިއެވެ.

އުރީދޫގެ ފަރާތުން މި އެއްބަސްވުމުގައި އެ ކުންފުނީގެ ސީއީއޯ ނަޖީބު ޚާން ސޮއިކުރެއްވިއިރު ނިއުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކްލަބްގެ ޗެއާމަން ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދުއެވެ. މި އެއްބަސްވުމުގެ ދަށުން އުރީދޫ އާއި ނިއުގެ އެކަޑަމީ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޑަކުދިންނާއި ޒުވާނުންނަށް ހާއްސަ ކޯޗިން ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. ހަމައެހެންމެ ރަހުމަތްތެރިކަމުގެ މެޗުތަކެއް ވެސް މި އެއްބަސްވުމުގެ ތެރެއިން ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ވިދާޅުވީ ނިއު ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސަން ނިންމީ އެ ކްލަބްގެ ފަރާތުން ހޯދާފައިވާ އަދި ހޯދަމުން އަންނަ ކާމިޔާބުތަކާއި ގުޅިގެން ކަމަށާއި މި އެއްބަސްވުން މެދުވެރިކޮށް އެ ކްލަބް އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ހަމައެހެންމެ ނަޖީބު ޚާން ވިދާޅުވީ މި އެއްބަސްވުން މެދުވެރިކޮށް ރާއްޖޭގައި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް އާ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.

ނިއުގެ ޗެއާމަން ކާނަލް ރިޓަޔާޑް ޒިޔާދު ވިދާޅުވީ އުރީދޫގެ އެމްބެސެޑަރެއްގެ ހައިސިއްޔަތުން އެ ކުންފުނީގެ ތަފާތު އެކި ހަރަކާތްތަކުގައި އެ ކްލަބްއިން ބައިވެރިވާނެ ކަމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ހަރަކާތްތައް މި އެއްބަސްވުމުގެ ދަށުން ކުރިޔަށް ގެންދާނެ ކަމަށެވެ. ހަމައެހެންމެ އުރީދޫ އިން މި އެއްބަސްވުމުގެ ދަށުން އެ ކްލަބްއަށް މާލީ ބޮޑު އެހީތެރިކަމެއް ދެއްވަން ނިންމާފައިވާ ކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އުރީދޫއިން ވަނީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ކުންފުނިން ވަނީ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރު ކަމަށްވާ ބާސެލޯނާގެ ތަރި ލިއޮނެލް މެސީއާ އެކު ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ. ހަމައެހެންމެ ޕީއެސްޖީއާ ގުޅިގެން ރާއްޖޭގައި ކުޑަކުދިންގެ ފުޓްބޯޅަ ކޯޗިން ކޭމްޕެއް އުރީދޫ އިން ބާއްވާފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ލީގު ކަމަށްވާ ޕްރިމިއާ ލީގު ވެސް 2015 ވަނަ އަހަރުން ފެށިގެން ސްޕޮންސަރ ކުރަމުން އަންނަނީ އުރީދޫ އިންނެވެ.

ނިއު ރޭޑިއަންޓްގެ އިތުރުން އުރީދޫގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ފްރާންސްގެ ގަދަ ބާރު ޕީއެސްޖީ ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
14 ޖެނުއަރީ 2017

ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

14 ޖެނުއަރީ 2017
ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް