Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސޯނަމް ކަޕޫރު

ނޭވާލާނެ ވަގުތެއް ލިބޭއިރަށް ފިލްމެއްގެ ޑައިރެޝަން ފަށާނަން: ސޯނަމް

ސޯނަމް އެންމެ އަވަހަށް ފެނިގެންދާނީ "ޕެޑްމޭން" އިން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 24 ޖެނުއަރީ 2018 | ބުދަ 06:07
ސޯނަމް ކަޕޫރު

ސޯނަމް ކަޕޫރު

ސޯނަމް ކަޕޫރަށް މިއަހަރަކީ ވެސް ވަރަށް ބުރަ އަހަރެކެވެ. އޭނާގެ ހަތަރު ފިލްމެއް މިއަހަރު ރިލީޒްވެގެންދާއިރު އޭނާ އަންނީ އެ ފިލްމުތަކުގެ މަސައްކަތްތައް ކުރަމުންނެވެ.

ސޯނަމް ބުނީ ފިލްމު ޑައިރެކްޓްކުރުން އެއީ އޭނާ ވަރަށް ކުރާހިތްވާ ކަމެއް ކަމަށާއި އަދި އެކަން ނުކުރެވި އޮތީ އޭނާ ބިޒީކަމުން ކަމަށެވެ. އަދި އޭނާއަށް ނޭވާލާނެ ވަގުތެއް ލިބޭއިރަށް ފިލްމު ޑައިރެކްޓް ކުރުމައިގެން އުޅެންވީ ކަމަށް ސޯނަމް ބުންޏެވެ.

ސޯނަމް ބުނީ އޭނާ ޑައިރެކްޝަނައިގެން އުޅެން، އެއްވެސް ފިލްމެއްގެ މަސައްކަތް ނުކޮށް އަހަރެއްހާ ދުވަސް ބޭނުންވާނެ ކަމަށެވެ.

"ފިލްމު ޑައިރެކްޓް ކުރަން ވަރަށް ބޭނުން. އެހެން ނަމަވެސް މިހާރު މިކުޅޭ ފިލްމުތަކަކީ ވަރަށް ކުޅޭ ހިތުން ކުޅޭ ފިލްމުތަކެއް ވީމަ އަދި އިހަށް ޑައިރެކްޝަނާއި ދުރުގައި މިއުޅެނީ. ޑައިރެކްޓް ކުރަން ބޭނުން ނަމަ އަހަރެއްހާ ދުވަސް ބޭނުންވާނެ އެކަމަށް ރެޑީ ވާން،" ސޯނަމް ބުންޏެވެ.

ސޯނަމް ބުނީ އެކްޓުކުރުމަކީ ވެސް އޭނާ ކުރާހިތްވާ ކަމެއް ކަމަށެވެ. "ޕެޑްމޭން"، "ވީރޭ ދިވެޑިން" އަދި "ދަތު ބަޔޯޕިކް" މިއަހަރު ރިލީޒްވާނެއެވެ. ސޯނަމް ދަނީ އަންނަ ފެބްރުއަރީމަހުގެ 9 ވަނަ ދުވަހު ރިލީޒްކުރާ "ޕެޑްމޭން" ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ސޯނަމް ބުނީ މިއަހަރަކީ ވަރަށް ބުރަ އަހަރެއް ކަމަށާއި ފިލްމު ކުޅުމަށް ވުރެ އިތުރަށް އެހެން ޕްލޭނެއް ނެތް ކަމަށެވެ.

ސޯނަމް އަށް ވަނީ 64 ވަނަ ނެޝަނަލް ފިލްމު އެވޯޑުން އެންމެ މޮޅު އެކްޓްރެސް ކަމުގެ އެވޯޑް ލިބިފައެވެ. އެ އެވޯޑް އޭނާއަށް ލިބުނީ 2016 ވަނަ އަހަރު އޭނާ ކުޅުނު ފިލްމު "ނީރާޖް" އިންނެވެ.

އިތުރަށް ކިޔާލަން

06 ޖެނުއަރީ 2020

ސަލްމާން އާއި ކަބީރްހާން އިތުރު ފިލްމެއްގެ މަސައްކަތް ކުރަނީ؟

06 ޖެނުއަރީ 2020
ސަލްމާން އާއި ކަބީރްހާން އިތުރު ފިލްމެއްގެ މަސައްކަތް ކުރަނީ؟
09 ސެޕްޓެމްބަރު 2019

ސާހޯ އަކީ ފްރެންޗް ފިލްމެއްގެ ކޮޕީއެއް ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2019
ސާހޯ އަކީ ފްރެންޗް ފިލްމެއްގެ ކޮޕީއެއް ކަމަށް ބުނެފި
28 ފެބުރުއަރީ 2019

މިއަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ތިން ފިލްމެއްގެ ޓްރެއިލާ ދައްކާލައިފި

28 ފެބުރުއަރީ 2019
މިއަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ތިން ފިލްމެއްގެ ޓްރެއިލާ ދައްކާލައިފި
26 ޖެނުއަރީ 2019

ތަމަޅަ ފިލްމެއްގެ 'ނަސީބު އިތުރުކުރުމަށް' 10،000 ލީޓަރުގެ ކިރު ވަގަށް ނަގައިފި

26 ޖެނުއަރީ 2019
ތަމަޅަ ފިލްމެއްގެ 'ނަސީބު އިތުރުކުރުމަށް' 10،000 ލީޓަރުގެ ކިރު ވަގަށް ނަގައިފި
23 އެޕްރީލު 2018

ކަރީނާއާއި ސިދާތު އެކީގައި ފިލްމެއްގެ ލީޑު ރޯލުން

23 އެޕްރީލު 2018
ކަރީނާއާއި ސިދާތު އެކީގައި ފިލްމެއްގެ ލީޑު ރޯލުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު