Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިންޑިއާ ފުލުހުން

މިއީ ބޮލީވުޑް ފިލްމެއްގެ މަންޒަރެއް ނޫން، މިއީ އަސްލު ފުލުހެއްގެ ޙަރަކާތްތައް!

އޭނާ އަކީ މައިކަލް ޖެކްސަންގެ ފޭނެއް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 28 ޑިސެމްބަރު 2017 | ބުރާސްފަތި 21:29
ރަންޖީތު ސިންހް ޑާންސް ކުރަމުން ޓްރެފިކް ބަލަހައްޓަނީ

ރަންޖީތު ސިންހް ޑާންސް ކުރަމުން ޓްރެފިކް ބަލަހައްޓަނީ

އެންމެ ފުރަތަމަ ފެނުމުން ހީވާނީ މިއީ ބޮލީވުޑްގެ ފިލްމެއްގެ މަންޒަރެއްގެ ޝޫޓިންގއެއް ހެންނެވެ. އެހެން ނަމަވެސް ކެމެރާއެއް ފެންނަން ނެތުމުން މިވާ ގޮތް ބަލައިލަން މަޑުކުރާ މީހުންވެސް މަދެއް ނޫނެވެ.

މިއީ ޓްރެފިކް ބެލެހެއްޓުމުގައި ގެންގުޅޭ މޮޅެތި އުކުޅުތަކުގެ ސަބަބުން މަޝްހޫރުކަން ހޯދާފައިވާ އިންޑިއާގެ ޓްރެފިކް ފުލުހެއްކަމަށްވާ ރަންޖީތު ސިންހްއެވެ.

އުމުރުން 38 އަހަރުގެ ރަންޖީތު ސިންހްއަކީ 2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑޯރގެ ޓްރެފިކް ފުލުހެކެވެ. އޭނާ ޓްރެފިކް ބަލަހައްޓާއިރު ގެންގުޅޭ ޑާންސްގެ ފަރި ޙަރަކާތްތަކަކީ އެމަގުން ދުއްވާ ޑްރައިވަރުންގެ ލޮލުގައި އަޅައިނުގަނެ ނުދާނެ ކަމެކެވެ. އިންޑިއާގެ އިތުރުން މުޅި ދުނިޔޭގެ ސަމާލުކަން އޭނާއަށްވަނީ އެކަމަށް ލިބިފައެވެ. އޭނާގެ އެންމެ މަޝްހޫރު ހަރަކާތަކީ މައިކަލް ޖެކްސަންގެ 'މޫން ވޯކް'އެވެ.

ރަންޖީތު ސިންހް: އޭނާގެ ޓްރެފިކް ބެލެހެއްޓުމުގެ އުކުޅުތަކަށް ބައިނަލްއަޤްވާމީ ސަމާލުކަން ވަނީ ލިބިފައި

"އަހަންނަކީ މައިކަލް ޖެކްސަންގެ ވަރަށް ބޮޑު ފޭނެއް. މޫން ވޯކް ޖައްސައިގެން ޓްރެފިކް ހުއްޓުވާތާ މިހާރު ވެދާނެ 12 ވަރަކަށް އަހަރު. އެންމެ ފުރަތަމަ މީހުން ވަރަށް ހައިރާންވެގެން ބަލާ. އެކަމަކު އެކަމަށް މިހާރު ގިނަ ބައެއްގެ ސަމާލުކަންވަނީ ލިބިފައި،" އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި ރަންޖީތު ސިންހް ބުންޏެވެ.

އޭނާ ބުނީ ބޯ ދުމާއި، އެކި ޒާތްޒާތަށް ދުއްވާ ޑްރައިވަރުންގެ މެދުގައި ހުރެ، ޓްރެފިކް މެނޭޖްކުރުމަކީ ބުރަ މަސައްކަތެއްކަމަށާއި، އޭނާގެ ހަރަކާތްތަކުގެ ސަބަބުން މީހުން ހިތްހަމަޖެހޭކަމަށެވެ. ރަންޖީތް ސިންހްގެ ޙަރަކާތްތަކަށް ސޯޝަލް މީޑިއާގައިވެސް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ. އޭނާގެ ފޭސްބުކް ޕޭޖަށް 50 ހާހަށްވުރެ ގިނަ ލައިކްސް ލިބިފައިވެއެވެ.

ސިންހް ބުނާ ގޮތުގައި އޭނާ ޓްރެފިކް ބަލަހައްޓާ ސަރަހައްދުގައި އޭނާގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ޓްރެފިކް އެކްސިޑެންޓްތައް ވަނީ މަދުވެފައެވެ. ސިންހް ޓްރެފިކް ބަލަހައްޓަނީ ހައިކޯޓް ހުންނަ ސަރަހައްދުގެ، ހަތަރު އަނގޮޅިއެއްގައެވެ. އޭނާގެ ޙަރަކާތްތަކުގެ ސަބަބުން އެސަރަހައްދުގެ ޓްރެފިކް ޖޭމްވުމަށް އެއްވެސް ބަދަލެއް އާދޭތޯ އިންޑިއާގެ ޔުނިވަރސިޓީއަކުން ގެންދަނީ ދިރާސާއެއްވެސް ކުރަމުންނެވެ.

ރަންޖީތު ސިންހް ބުނާ ގޮތުގައި އޭނާ ވަނީ ފާއިތުވި އަހަރުތަކުގައި އެކްސިޑެންޓްތަކުގައި ޝާމިލްވި 40 އަށްވުރެ ގިނަ ޒުވާނުންގެ ހަށިގަނޑު މަގުމަތިން ނަގާފައެވެ. އަދި އޭނާ އެދެނީ ޒުވާނުން ސައިކަލާއި ކާރު ދުއްވާއިރު، މިހާރަށްވުރެ ބޮޑަށް ފަރުވާތެރިވެ، މަގުމަތީގެ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމެވެ.

އިތުރަށް ކިޔާލަން

17 މެއި 2017

"ހާފް ގާލްފްރެންޑް"އަކީ ހުރިހާ މަންޒަރެއް ޝޫޓް ކުރި އިންޑިއާގެ ފުރަތަމަ ފިލްމް

17 މެއި 2017
"ހާފް ގާލްފްރެންޑް"އަކީ ހުރިހާ މަންޒަރެއް ޝޫޓް ކުރި އިންޑިއާގެ ފުރަތަމަ ފިލްމް
28 އެޕްރީލު 2017

 މިއަހަރު ބޮލީވުޑްގައި ކުޅޭނެ ފިލްމުތަކާ ބެހޭ ގޮތުން މިދަނީ މަޝްވަރާ ކުރަމުން: ޕްރިޔަންކާ

28 އެޕްރީލު 2017
 މިއަހަރު ބޮލީވުޑްގައި ކުޅޭނެ ފިލްމުތަކާ ބެހޭ ގޮތުން މިދަނީ މަޝްވަރާ ކުރަމުން: ޕްރިޔަންކާ
20 އެޕްރީލު 2017

ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން

20 އެޕްރީލު 2017
ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން
03 އެޕްރީލު 2017

ނާމް ޝަބާނާ އެހާ ކާމިޔާބެއެް ނޫން

03 އެޕްރީލު 2017
ނާމް ޝަބާނާ  އެހާ ކާމިޔާބެއެް ނޫން
22 މާރިޗު 2017

ހަމައެކަނި އެކްޓަރެއްގެ ގޮތުގައި އެނގޭކަށް ބޭނުމެއް ނޫން: އާލިއާ

22 މާރިޗު 2017
ހަމައެކަނި އެކްޓަރެއްގެ ގޮތުގައި އެނގޭކަށް ބޭނުމެއް ނޫން: އާލިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު