Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދިވެހި ފިލްމް އިންޑަސްޓްރީ

މިއަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ތިން ފިލްމެއްގެ ޓްރެއިލާ ދައްކާލައިފި

28 ފެބުރުއަރީ 2019 | ބުރާސްފަތި 19:30

މި ތިން ފިލްމަކީވެސް ފިލްމީ ތަރި ޔޫސުފް ޝަފީއު ޑައިރެކްޓް ކޮށްފައިވާ ތިން ފިލްމް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 28 ފެބުރުއަރީ 2019 | ބުރާސްފަތި 19:30
ިތިން ފިލްމެއްގެ ޓްރެއިލާ ލޯންޗް ކުރުން

ިތިން ފިލްމެއްގެ ޓްރެއިލާ ލޯންޗް ކުރުން

މިއަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ތިން ފިލްމެއްގެ ޓްރެއިލާ ދައްކާލައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޚާއްސަ ހަފްލާއެއްގައި ޓްރެއިލާ ދައްކާލާފައިވާ ތިން ފިލްމަކީ '40 ޕްލަސް'، 'ނަފްރަތުވުމުން' އަދި 'ދައުވަތު' އެވެ.

މި 3 ފިލްމުގެ ޓްރެއިލަރ ލޯންޗް ކޮށްދީފައިވަނީ ފިލްމީ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ އެކްޓްރެސް، ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ނިއުމާ މުހައްމަދުއެވެ.

މި ތިން ފިލްމުވެސް ޑައިރެކްޓް ކޮށްފައިވަނީ ފިލްމީ ތަރި ޔޫސުފް ޝަފީއުއެވެ.

މި ފިލްމުތަކުގެ ތެރެއިން '40 ޕްލަސް' އަދި 'ނަފްރަތުވުމުން' ޕްރޮޑިއުސް ކޮށްފައިވަނީ އިސްމާއިލް ޝަފީގްގެ "ޝައި ޕްރޮޑަކްޝަންސް' އިންނެވެ. 'ދައުވަތު' ޕްރޮޑިއުސް ކޮށްފައިވަނީ ވީމިޑިއާއިންނެވެ. މި ތިން ފިލްމްގެވެސް މީޑިއާ ޕާޓްނަރަކީ ވީމީޑިއާއެވެ.

ކޮމެޑީ ފިލްމު، ނޯޓީ ފޯޓީގެ ސީކުއެލް، 40 ޕްލަސް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ ފަސް ވަނަ ދުވަހުއެވެ.

ގިނަ އަދަދެއްގެ ފަންނާނުން ހިމަނައިގެން އުފައްދާފައިވާ އެ ފިލްމުގެ މައި ރޯލުތަކުން ފެނިގެންދާނީ އަލީ ސީޒަން، މުޙައްމަދު މަނިކު، ޔޫސުފް ޝަފީއު (ޔޫއްޕެ)، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަޙުމަދު އީސާ، މައިޝާ އަޙުމަދު ސައީދު، ޝީލާ ނަޖީބް، މުޙައްމަދު ފައިޞަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ)، އަދި ފާޠިމަތު އާޒިފާ (އަޒޫ)އެވެ. މީގެ އިތުރުން އެ ފިލްމުން ދާއިރާއަށް މުޅިން އަލަށް ގިނަ ފަންނާނުންތަކެއް ތައާރުފު ކުރާނެއެވެ.

ލޯބީގެ ވާހަކައަކަށް ތައްޔަރު ކުރާ ފިލްމް "ނަފްރަތުވުމުން" މިއަހަރުގެ އެޕްރީލް މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު ބިރުވެރި ފިލްމް "ދައުވަތު" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުއެވެ.

މި ދެފިލްމްގައިވެސް ލީޑް ރޯލުން މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ ފެނިގެންދާނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް

02 ފެބުރުއަރީ 2017
ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް
25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
24 ޖެނުއަރީ 2017

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
17 ޖެނުއަރީ 2017

ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

17 ޖެނުއަރީ 2017
ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟
17 ޖެނުއަރީ 2017

ޓްރިޕަލް އެކްސް ފްރެންޗައިސްގެ ތިން ވަނަ ފިލްމަށް އިންޑިޔާގައި ތިން ދުވަސް ތެރޭ 17.5 ކްރޯޑް ރުޕީސް

17 ޖެނުއަރީ 2017
ޓްރިޕަލް އެކްސް ފްރެންޗައިސްގެ ތިން ވަނަ ފިލްމަށް އިންޑިޔާގައި ތިން ދުވަސް ތެރޭ 17.5 ކްރޯޑް ރުޕީސް
16 ޖެނުއަރީ 2017

ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ

16 ޖެނުއަރީ 2017
ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ
11 ޖެނުއަރީ 2017

ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި

11 ޖެނުއަރީ 2017
ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި
10 ޖެނުއަރީ 2017

ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި

10 ޖެނުއަރީ 2017
ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި
10 ޖެނުއަރީ 2017

ހަތް އެވޯޑާއެކު އެއްވަނަ ލާ ލާ ލޭންޑަށް، ޓީވީން ދަ ނައިޓް މެނޭޖަރއަށް ތިން އެވޯޑް

10 ޖެނުއަރީ 2017
 ހަތް އެވޯޑާއެކު އެއްވަނަ ލާ ލާ ލޭންޑަށް، ޓީވީން ދަ ނައިޓް މެނޭޖަރއަށް ތިން އެވޯޑް
07 ޖެނުއަރީ 2017

ޖެކީ ޗެންގެ "ކުންގް ފޫ ޔޯގާ" މިމަހު 28 ގައި ރިލީޒްކުރަނީ!

07 ޖެނުއަރީ 2017
ޖެކީ ޗެންގެ "ކުންގް ފޫ ޔޯގާ" މިމަހު 28 ގައި ރިލީޒްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް